ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 22:39
މަރަދޫގައި ހިނގި އެކްސިޑެންޓްގައި މަރުވި މީހާ
މަރަދޫގައި ހިނގި އެކްސިޑެންޓްގައި މަރުވި މީހާ
ފޭސްބުކް
މަރަދޫ އެކްސިޑެންޓް
އައްޑޫ ސިޓީ މަރަދޫގައި އެކްސިޑެންޓެއް ހިނގާ ފިރިހެނަކު މަރުވެއްޖެ
 
ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ 21:03 ގައި
 
މަރުވީ 56 އަހަރުގެ ފިރިހެނެއް
 
އެކްސިޑެންޓް ހިނގީ ސައިކަލް ކަހާލައިގެން

 

އައްޑޫ ސިޓީ މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 56 އަހަރުގެ ފިރިހެނެއް މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފޝަލް ވިދާޚުވީ  ފުލުހުންނަށް މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ 09:03 ހާއިރު ކަމަށެވެ. އެގްސިޑެންޓްގައި 56 އަހަރުގެ ފިރިހެނަކު މަރުވެފައިވަނީ އޭނާއަށް ލިބުނު ޒަހަމްތަކަށް އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް  ކަމަށް ފުލުހުން ބުނެ އެވެ. އެހާދިސާ ހިނގީ ސައިކަލު ދުއްވާފައި ދަނިކޮށް ސައިކަލު ކަހާލައިގެން ވެއްޓިގެންނެވެ.  ސައިކަލާއެކު އޭނާ ވެއްޓި އޭނާގެ ބޯ ޖެހި، ބޮލުން ގިނަ އަދަދެއްގެ ލޭވެސް ވަނީ އޭނާ ވެއްޓުނު  ސަރަހައްދަށް އެޅިފަ އެވެ.

އައްޑޫ ލައިވު އޮންލައިންގައި ވާގޮތުން މިހާދިސާގައި މަރުވެފައިވަނީ މަރަދޫ ވަލިގޭ، އަލީ ހަނީފު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް