Advertisement
ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 16:03
ވީއައިއޭ ގެ އައު ޓާރމިނަލް ގެ ޕެސެންޖަރ ފްލޯ މެނޭޖްމަންޓް ގެ އެފިޝަންސީ ވަޒަން ކުރުމަށް ބޭއްވި ޓްރަޔަލް ގެ މަންޒަރެއް
ވީއައިއޭ ގެ އައު ޓާރމިނަލް ގެ ޕެސެންޖަރ ފްލޯ މެނޭޖްމަންޓް ގެ އެފިޝަންސީ ވަޒަން ކުރުމަށް ބޭއްވި ޓްރަޔަލް ގެ މަންޒަރެއް
އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އަމީރު މުއިއްޒު އަށް "ދޮގު ހެދިޔަސް ތީ ބޮޑުވަރު" - ވެރިކަން ބަދަލުވި އިރު ޓާރމިނަލްގެ 71 އިންސައްތަ ވަނީ ނިމިފައި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގެ 71 އިންސައްތަ މަސައްކަތް ވެރިކަން ބަދަލުވުމުގެ ކުރިން ވަނީ ނިމިފައި
ރައީސް މުއިއްޒު ވިދާޅުވީ އެއަރޕޯޓުގެ ޓާރމިނަލުގެ މަޝްރޫއުގެ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތްކަމަށް
"މަނިކުފާނު އައިސް އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ." ކަމަށް އަމީރު ވިދާޅުވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގެ އައު ޓާރމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ހެއްދެވީ "ކަނޑައެޅިގެން ދޮގެއް" ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެކްސް ގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި، ކުރީ ސަރުކާރުގެ ތެރޭގައި އެ މަޝްރޫއުގެ ކަންކަން ގާތުން ބެއްލެވި، އަމީރު މިހެން ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލުގެ ގިނަ މަސައްކަތްތައް ހުރީ ހަވާލުނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

"ރައްޔިތުންނާ އެކު" ނަމުގައި މުއިއްޒު ޕްރޮމޯޓް ކުރުމަށް ހަފްތާއެކު އެއްފަހަރު ގެނެސްދޭ ޕޮޑްކާސްޓް ގެ އެންމެ ފަހު އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، ޓާމިނަލް މަޝްރޫއުގެ ސްކޯޕު އޮތީ ސިމެންތި ފިނިޝިން އެއްގައި އެތަން ނިންމުން ކަމަށާއި، ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށެވެ.

މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ކުރީގެ މިނިސްޓަރ އަމީރު ވިދާޅުވީ ވެރިކަން 2023 ނޮވެމްބަރު 17 ގަ ބަދުލު ވި އިރު ބެގެޖް ހެންޑްލިންގ ފިޔަވާ އެހެން ހުރިހާ މަސައްކަތެއްގެ ބޮޑު ބައި ވަނީ ނިމިފައި ކަމަށެވެ. ބެގެޖް ހެންޑްލިންގެ މަސައްކަތް ވެސް ކުރީ ސަރުކާރުން އޮތީ ބަޔަކާ ހަވާލު ކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި، މުހިންމު ހުރިހާ މަސައްކަތެއްގެ 71 އިން ސައްތަ ވެރިކަން ބަދަލުވި އިރު ވަނީ ނިމިފައެވެ.

  • ކޮންކްރީޓް %100 ނިމިފައި
  • ސްޓީލް ސްޓްރަކްޗަރ %97 ނިމިފައި
  • ބްލޮކް ވޯލް %60 ނިމިފައި
  • ފަސާޑް %89 ނިމިފައި
  • ރޫފް %100 ނިމިފައި
  • އެމް.އީ.ޕީ %45 ނިމިފައި
  • އައި.ސީ.ޓީ އަދި އީ.އެލް.ވީ %32 ނިމިފައި
  • އެޗް.ވީ.ޓީ.އެސް %90 ނިމިފައި
  • އޭ.ވީ.ޑީ.ޖީ.އެސް %97 ނިމިފައި
  • ޕީ.ބީ.ބީ %99 ނިމިފައި

"މަނިކުފާނު އައިސް އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ." އަމީރު ވިދާޅުވިއެވެ.

އަންނަ މިނިވަން ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭ ގެ އައު ޓާރމިނަލްގެ މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށް ދެއްކުމަށް ބޮޑު ކެމްޕޭނެއް ހިންގަމުންދާކަން ފާހަގަ ކުރެވޭ އިރު، އަމީރު ވިދާޅުވީ، ކުރީ ސަރުކާރުން "ހުރިހާ 'ކްރިޓިކަލް' މަސައްކަތްތައް ހުންނާނީ އެވޯޑް ކޮށްފައި،" ކަމަށެވެ.

އަމީރު ކުރެއްވި ޕޯސްޓުގައި ވަނީ ޕްރޮޖެކްޓް ޓައިމްލައިން 2023 ވަނަ އަހަރު ނިމުނުއިރުވެސް ހުރި ގޮތް ދައްކުވައިދޭ ޑޮކިއުމެންޓެއް ވެސް އެޓޭޗް ކުރައްވާފައެވެ.

"އޭރު މަނިކުފާނު އޮކްޓޯބަރު 2024 ގަ ހުޅުވާނަމޭ ވިދާޅުވި އިރުވެސް އަޅުގަނޑުމެން ބުނިން ނުހުޅުވޭނެ ކަމަށް. ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށް މިހާރުވެސް ތި ނިމިގެން ދަނީ. ދެން މަނިކުފާނު އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހުނީ ކޮންކަމެއް! ދޮގު ހެދިޔަސް ތީ ބޮޑުވަރު." އަމީރު ވިދާޅުވިއެވެ.

ކަންކަމުގެ ހަގީގަތް އޮޅުވާލަމުން އަންނަ ސަރުކާރެއްގެ ގޮތުގައި އާންމުންގެ ގިނަ ބަޔަކު މި ސަރުކާރު ސިފަ ކުރަމުން ގެންދާއިރު ރައީސް މުއިއްޒު ވިދާޅުވީ، މި ވެރިކަން ފެށުނު އިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 އިންސައްތަ ކަމަށެވެ.

- ކޮމެންޓް