Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް ސްޓޫޑެންޓް ކާޑު

ބީއެމްއެލް ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ހާއްސަ ޑިސްކައުންޓެއް!

14 ޖުލައި 2025 | ހޯމަ 13:37

ކުދިންނަށް މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ބީއެމްއެލް ސްޓޫޑެންޓް ކާޑަށް %10 ގެ ޑިސްކައުންޓެއް ލިބޭނެ. މިއީ ކުދިންގެ ކުދިކުދި ޚަރަދުތައް މިކާޑު މެދުވެރިކޮށް ކުރުމުން ބަޖެޓް ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެ ކަމުގެ ފުރުޞަތެކެވެ.

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 14 ޖުލައި 2025 | ހޯމަ 13:37
ބީއެމްއެލްގެ މައި އިމާރާތް

ބީއެމްއެލްގެ މައި އިމާރާތް

ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ގޮތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކޮށްފިއެވެ.

މި ހާއްސަ ޑިސްކައުންޓާއެކު ދަރިވަރުންނަށް ޚަރަދުކުރުމުގައި އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް އިން އިއުލާން ކޮށްފައި ވަނީ ޑިސްކައުންޓް ލިބޭ ތަންތަނުގެ މައުލޫމާތު އެބެންކުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އިތުރަށް ބުނީ، ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ މުހިންމު މަޤުޞަދުގައި ކަމަށެވެ.

މިގޮތުން ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދި ކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބީއެމްއެލް ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ޑިސްކައުންޓް ދެނީ

ބީއެމްއެލް ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ޑިސްކައުންޓް ދެނީ

އަދި ވަކި ޒިންމާދާރުކަމާއިއެކު ޚަރަދުކުޑަކުރަން ވެސް ކުދިންނަށް ދަސްވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ފާހަގަކޮށްފައެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ދެ ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ކާޑު ލިބޭނީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަ ޑިޒައިނަކާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަ ޑިޒައިނެއްގައެވެ.

މީގެ އިތުރުން ބީއެމްއެލް ފާހަގަކުރީ ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވެސް ވަނީ ހަމަ ޖެހިފައި ކަމަށް، އަދި އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށެވެ. މިއީ ދަރިވަރުންނަށް މާލީ އިތުރު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ބެންކުން ފާހަގަ ކޮށްފައިވެއެވެ.

މި ކާޑަކީ ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކާޑެއް ކަމަށްވާތީ، ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހި ވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެ ބެންކުން މައުލޫމާތު ދެއެވެ.

އަދި ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ފާހަގަ ކޮށްފައެވެ.

އެއްވެސް ފީއެއް ނުނަގާ ގޮތަށް ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ ކަމަށް ފާހަގަ ކޮށް، ބީއެމްއެލުން އިތުރަށް ބުނެފައިވަނީ ރާއްޖެއިން ބޭރަށް ކުރާ މުއާމަލާތްތަކަށް 100 އެމެރިކާ ޑޮލަރު ކަނޑައެޅިފައިވާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން މަހަކު 1,200 އެމެރިކާ ޑޮލަރުގެ ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅޭނެ ކަމަށެވެ.

ބީއެމްއެލުން އިއުލާން ކުރި ގޮތުގައި، ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް