Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ޓެކްސްގެ މައްސަލަ

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރުމަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ޖުލައިން ފެށިގެން ގްރީން ޓެކްސް ނަގާފައިވާނަމަ، އެ ޓެކްސް ދައުލަތަށް ދައްކަންޖެހޭނެކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 11:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން ގްރީން ޓެކްސް ނެގުން މަޑުޖެހިފައިވާތީ، އެކަން ހައްލުކުރުމަށް އަލުން އެގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މި ބިލު ފޮނުވުމާއެކު މެންބަރުން ވަނީ ގްރީން ޓެކްސް ނެގުމުގައި ހުރި ހުރަސްތަކާގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މި ބިލަށް އިސްލާހެއް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ.

Advertisement - newsAdvertisement

މެންބަރު ނަސީމް ވިދާޅުވީ، 2 ޖުލައި 2022ން ފެށިގެން މިހާރު މިއޮތް އިސްލާހު ފާސްވަންދެން ގްރީންޓެކްސް ނެގުމުގައި ގާނޫނީ ހުސްކަމެއް އަންނަކަމަށެވެ. އަދި މީރާއިން އަންގާފައިއޮތީ، ގާނޫނުގައި ނެތްކަމުގައި ވިޔަސް އެ ނަގައިފިއްޔާ އެ އަނބުރާ ދައްކަން ޖެހޭނެކަމަށެވެ. އަދި ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ފަހުކޮޅަށް ސްޓޭކޮށްފައި ތިބި ފަތުރުވެރިންވެސް އެބަތިބިކަމަށާއި، އޭގެ މާނައަކީ ޖުލައި 1އާ ހަމައަށް ޓެކްސް ނަގަން ލާޒިމްވެފައި، 2ން ފެށިގެން ނުނެގޭކަމަށެވެ.

މެންބަރު އިސްލާހު ހުށަހެޅުއްވިނަމަވެސް އެ އިސްލާހު ގަވާއިދަށް ނުފެތޭތީ އެ އިސްލާހު ބަލައިގެންފައެއްނުވެއެވެ.

ޓުއަރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް މަޖިލީހުގެ މުޅި ކޮމިޓީގައި ވޯޓަށް އެހުމުން، މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތްގޮތަށް ފާސްކުރަން 36 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މި ބިލު ހުށަހަޅާފައިވަނީ ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ގްރީންޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، އެ ގާނޫނުގެ ދަށުން 1 ޖެނުއަރީ 2023ން ފެށިގެން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް ނަގަން ފަށަންދެން، 3 ޖުލައި 2022ގެ ކުރިން އެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށްޓަކައި މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ގާނޫނުގެ 35 ވަނަ މާއްދާގެ (ކ)ށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެކަމަށެވެ.

35 ވަނަ މާއްދާގެ (އ)ށް ގެނައި އިސްލާހަކީ 1 ޖެނުއަރީ 2023ން ފެށިގެން ގްރީން ޓެކްސް ނަގަން އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއީން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ވ)ގެ ފަހަތަށް 4 އަކުރު އިތުރުކުރުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. 35 ވަނަ މާއްދާގެ (މ)ގެ ގޮތުގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

މި މާއްދާގެ (ފ)ގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަަމަށެވެ.

35 ވަނަ މާއްދާގެ (ދ)ގައި ބުނެފައިވަނީ، ގްރީން ޓެކްސް އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއްކަމަށެވެ.

35 ވަނަ މާއްދާއަށް އިތުރުކުރަން ބިލުގައި ހުށަހަޅާފައިވާ ފަހު އަކުރު (ތ)ގައި ބުނެފައިވަނީ، 3 ޖުލައި 2022ން ފެށިގެން ޓުއަރިޒަމާބެހޭ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ވާނެކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ 36 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 36 ވަނަ މާއްދާގެ (ނ)ގެ ގޮތުގައި އިތުރުކުރުމަށް ބުނެފައިވާ އަކުރުގައި ވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަަށް އަނބުރާނުދައްކާހާހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތައް ދައްކަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގްރީން ޓެކްސްމިނިސްޓްރީ އޮފް ޓުއަރިޒަމްޓުއަރިޒަމާބެހޭ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު