Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔުކްރެއިންގެ މައްސަލަ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޔުކްރެއިންގެ މައްސަލައިގައި ޔޫއެންގައި ދިވެހިރާއްޖެއިން ޔުކްރެއިން ކޮޅަށް ވޯޓު ދިނުމުން ފަޚުރުވެރިވާ ކަމަށް ނަޝީދު ވިދާޅުވި

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2025 | ހުކުރު 12:16
ރާއްޖެ އަށް ރަޝިއާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ލިވާން ޖުގޭރިއަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެ އަށް ރަޝިއާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ލިވާން ޖުގޭރިއަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޔޫއެންގައި ޔުކްރެއިންގެ މައްސަލައިގައި ދިވެހިރާއްޖެއިން ވޯޓު ދިން ގޮތާ ބެހޭ ގޮތުން ކުރީގެ ރައީސް ނަޝީދު އާ ރާއްޖެ އަށް ރަޝިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވާން ޖުގޭރިއަން އާ ދެމެދު ބަހުގެ ހަމަލާތަކެއް ހިނގައިފިއެވެ.ފެބްރުއަރީ 24 ވަނަ ދުވަހު ބޭއްވުނު އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގައި "އެޑްވާންސިންގ އަ ކޮމްޕްރިހެންސިވް، ޖަސްޓް، އެންޑް ލާސްޓިންގ ޕީސް އިން ޔުކްރެއިން" ނަމުގައި ހުށަހެޅި ގަރާރަށް ދިވެހިރާއްޖެއިން ޔުކްރެއިން ކޮޅަށް ވޯޓު ދިނުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ވަނީ މުއިއްޒުގެ ސަރުކާރަށް މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާ ގައި ޕޯސްޓެއް ކުރައްވާފައެވެ.

އެކްސް ގައި ނަޝީދު ކުރެއްވި ޕޯސްޓުގައި ހޯމަ ދުވަހު އޮތް ވޯޓުގައި ރާއްޖެއިން ޔުކްރެއިން ކޮޅަށް ވޯޓު ދިނުމުން އެކަމާ ފަޚުރުވެރިވާ ކަމަށް ވިދާޅުވިއެވެ. އެއާއެކު އެމެރިކާ އިން ރަޝިއާ އާއި އުތުރު ކޮރެއާ ކޮޅަށް ޖެހިފައިވާ މަންޒަރު ފެނުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ރާއްޖެއިން ޔޫރަޕްގެ ގައުމުތަކުން ވޯޓު ލީ ގޮޮތައް ވޯޓުލުމަށް ހިތްވަރު ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ފާޅުކުރެއްވި ޚިޔާލުފުޅުތަކާމެދު ރަޝިއާގެ ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.ރައީސް ނަޝީދުގެ ޕޯސްޓާ ގުޅިގެން ރަޝިއާ ސަފީރު ވިދާޅުވީ، 24 ފެބްރުއަރީ ގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިން ގޮތާ މެދު ފަޚުރުވެރިވާ ކަމަށް ނަޝީދު ވިދާޅުވެ ކުރެއްވި ޕޯސްޓު ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ. އަދި ނަޝީދު ފަދަ ތަޖުރިބާކާރު ސިޔާސީ ލީޑަރަކަށް ޔުކްރެއިން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރެވެމުންދާ ގޮތައް އައި ބަދަލު ފެނިވަޑައިނުގަތުމުން ސުވާލު އުފެދޭ ކަމުގައި ވިދާޅުވިއެވެ. އެމެރިކާއިން މި މައްސަލައިގައި މިހާރު ގެންގުޅެނީ މާ ބުއްދިވެރި އަދި ހަގީގަތާ އެއްގޮތް ސިޔާސަތެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އެހެން ނަމަވެސް ނަޝީދު އިޚްތިޔާރު ކުރެއްވީ، ޔޫރަޕުން ގެންގުޅެމުންދާ ހަރުކަށި އަދި އަސްކަރީ ވިސްނުން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ނަޝީދަށް ހަނދާން ކޮށްދޭން، ރާއްޖޭގެ ރީތި ރަށްތަކުގައި ވަގުތު ހޭދަކުރުމުގެ ތެރެއިން ރާއްޖޭގެ ބަޖެޓަށް ހިއްސާ ވަނީ ރަޝިއާ ފަތުުވެރިންކަން، (ޔުކްރެއިން މީހުންނެއްނޫން) ރާއްޖެއަށް ދޭ މި އެހީތެރިކަމަށް ނަޝީދު ޝުކުރުވެރިވުމަށް ވަރަށް އިހްތިރާމް އާ އެކު އެދެން؛" ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ހިތްހަމަނުޖެހުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ނަގާފައިވާ މި ސްޓޭންޑަކީ ރަޝިއާއާ ދެކޮޅަށް ނަގާފައިވާ ސްޓޭންޑެއް ނޫން ކަމަށެވެ. ރަޝިއާ އިން ބޭނުންވާ ފަދައިން ރާއްޖެއިން ވެސް ސުލްހަ ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވާތީ ބަދަލުވަމުންދާ ޖިއޯ ޕޮލިޓިކްސްގައި ރާއްޖެއިން ތާށިވާން ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެ އިން މި މައްސަލައިގައި ނެގި ފޮސިޝަން އަކީ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އަބަދުވެސް ނަގާ ސްޓޭންޑް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ފާހަގަ ކުރެވޭ މިންވަރަކަށް ރަޝިއާ ގެ ފަތުރުވެރިން އަންނަ ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް ރަޝިއާ އިން ދޭ ހިއްސާ ގެ އަގު ވަޒަން ކުރައްވާ ކަމަށްވެސް ނަޝީދު އެކްސް ގައި، ސަފީރަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ މުބާރިކްބާދީ ސަފީރަށާއި ރައީސް ޕުޓިން އަށް ފޮނުއްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާ ބައްދަލު ކުރައްވާ، ރާއްޖެއިން ރަޝިއާ-ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިން އަށް ތާއީދު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ޔުކްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޔުކްރެއިންގެ މައްސަލަމުހައްމަދު ނަޝީދުރަޝިއާގެ އެމްބެސެޑަރުޓޫރިޒަމް ސެކްޓަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

02 އޮކްޓޯބަރު 2025
ކޮރަޕްޝަނާއި ނާޖާއިޒް ފައިދާއާއި ދެކޮޅަށް ނަޝީދު ކޮންފަރެންސެއް ބާއްވަނީ

ކޮރަޕްޝަނާއި ނާޖާއިޒް ފައިދާއާއި ދެކޮޅަށް ނަޝީދު ކޮންފަރެންސެއް ބާއްވަނީ

29 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު