Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ޓެކްސް

ގްރީން ޓެކްސްގެ މައްސަލަ: ގާނޫނީ ގޮންޖެހުމުގެ ތެރެއިން 150 ނުވަތަ 200 މިލިއަން ރުފިޔާ ގެއްލިދާނެ – އަމީރު

ގްރީން ޓެކްސްއިން ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެކަމަށް ގަބޫލުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2022 | ހުކުރު 08:44
ގްރީން ޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން

ގްރީން ޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން

ގްރީން ޓެކްސް ނެގުމާއި ގުޅޭގޮތުން ދާދިފަހުން ތަސްދީގުކުރެއްވި ބިލުގެ ސަބަބުން ދައުލަތަށް 150 ނުވަތަ 200 މިލިއަން ރުފިޔާ ގެއްލިގެން ހިނގައިދާނެކަމަށް ލަފާކުރެއްވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޓުއަރިޒަމާއި ބެހޭ ގާނޫނު މަޖިލީހުން ފާސްވެގެން އައި އިރު، މާނަކުރުމުގައި ތަފާތު ބޭފުޅުން މާނަކުރައްވަނީ އެކިގޮތްގޮތަށް ކަމަށެވެ. ގްރީން ޓެކްސްއިން ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ގާނޫނުން އެކަން ފާހަގަވި ހިސާބުން، ވީހާވެސް އަވަހަށް މަޖިލީހަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން ވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން ގްރީން ޓެކްސް ނެގުން މަޑުޖެހިފައިވާތީ އެކަން ހައްލުކުރުމަށް އަލުން އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. ބިލު ހުށަހަޅާ ބޭނުމަކީ ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ގްރީންޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، އެ ގާނޫނުގެ ދަށުން 1 ޖެނުއަރީ 2023 އިން ފެށިގެން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް ނަގަން ފަށަންދެން، 3 ޖުލައި 2022 ގެ ކުރިން އެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށްޓަކައި، މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ގާނޫނުގެ 35 ވަނަ މާއްދާފެ (ކ) އަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި އެ ނޫންވެސް އަފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެއެވެ.

35 ވަނަ މާއްދާގެ (އ) އަށް ގެނައި އިސްލާހަކީ 1 ޖެނުއަރީ 2023ން ފެށިގެން ގްރީން ޓެކްސް ނަގަން އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއީން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި، 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް 4 އަކުރު އިތުރުކުރުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. 35 ވަނަ މާއްދާގެ (މ) ގެ ގޮތުގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާއި ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

މި މާއްދާގެ (ފ) ގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާއި ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަަމަށެވެ.

35 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވަނީ ގްރީން ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.

35 ވަނަ މާއްދާއަށް އިތުރުކުރަން ބިލުގައި ހުށަހަޅާފައިވާ ފަހު އަކުރު (ތ) ގައި ބުނެފައިވަނީ 3 ޖުލައި 2022ން ފެށިގެން ޓުއަރިޒަމާ ބެހޭ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ވާނެކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 36 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އިތުރުކުރުމަށް ބުނެފައިވާ އަކުރުގައި ވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްޗެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތައް ދައްކަންވާނެ ކަމަށެވެ.

ގްރީން ޓެކްސްޓޫރިޒަމް މިނިސްޓްރީޓުއަރިޒަމާބެހޭ ގާނޫނުފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު