Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

"ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ހާލަތު އަނެއްކާ ވެސް ބައްދަލުކުރީތޯ؟"

12 ޖުލައި 2025 | ހޮނިހިރު 05:09

ޔާމީން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް އުފުލުނީ އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލްކަމުން ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 12 ޖުލައި 2025 | ހޮނިހިރު 05:09
ޑޮލަރުގެ އަގު އުފުލުމުން އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީން ވަނީ ފާޅުކުރައްވާފައި

ޑޮލަރުގެ އަގު އުފުލުމުން އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީން ވަނީ ފާޅުކުރައްވާފައި

"ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވި ވާހަކަ، ފާހަގަކުރައްވައި، އަނެއްކާ ވެސް އެ ހާލަތު ބައްދަލުކުރީތޯ އައްސަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސުވާލު އުފައްދަވައިފި އެވެ.

ޔާމީން އެފަދައިން ވިދާޅުވީ ޑޮލަރުގެ އަގު އުފުލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

ޔާމީން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް އުފުލުނީ އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލްކަމުން ކަމަށެވެ.

ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ލިބޭލެއް މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް އުފުލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން އިގްތިޞާދަށާއި، ކޮންޒިއުމާ މާކެޓު ކަމަށްވާ، އާންމު ފަރުދުންގެ މުދަލާއި ޚިދުމަތް ގަތުމަށް ކުރާ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އެޕޯސްޓުގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރާއެކު މިއަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު 20ރ. އަށް ބޮޑުވުމަކީ މުނައްވަރުގެ ނާގާބިލުކަމާއި ބޭރު ފައިސާއާ ގުޅޭގޮތުން އެމްއެމްއޭއިން އެކުލަވައިލައިފައިވާ ސިޔާސަތުތަކުން މާ ބޮޑު ހެޔޮ އަސަރެއް ނުކުރާކަން ހާމަވާ ކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީގެ އިތުރުން، ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވައިލި ގަވައިދާ އެކު ބޭންކްތަކަށް މާރުކުރާ ޑޮލަރު އިތުރުވި ނަމަވެސް އާންމުންނަށް އެ ގަންނަން ނުލިބޭނެ ކަމަށް މީގެ ކުރިން ޔާމީން ވަނީ ވިދާޅުވެފައެވެ.

ޑޮލަރެއްގެ އަގު 20ރ. އަށް އަރާފައިވާއިރު މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަލީ އާރިފްޑޮލަރުގެ އަގު އުފުލުންއެމްއެމްއޭ ގަވަރުނަރު އަހްމަދު މުނައްވަރުރާއްޖޭގެ ބޭރުގެ ދަރަނި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން

22 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން
16 ޖުލައި 2025

ދަރަނި ބޮޑުވީ ޖީއެމްއާރު އެއްބަސްވުން އުވާލުމުން. ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން: ފައްޔާޒް

16 ޖުލައި 2025
ދަރަނި ބޮޑުވީ ޖީއެމްއާރު އެއްބަސްވުން އުވާލުމުން. ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން: ފައްޔާޒް
16 މެއި 2025

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ
16 މެއި 2025

މަޤާމުން ވަކިކުރިޔަސް މަހާޒް އާއި އަޒްމިރަލްދާގެ ނަޒާހަތްތެރިކަމެއް ނުގެއްލޭ، އަގު އެރީ މައްޗަށް : ޔާމީން

16 މެއި 2025
މަޤާމުން ވަކިކުރިޔަސް މަހާޒް އާއި އަޒްމިރަލްދާގެ ނަޒާހަތްތެރިކަމެއް ނުގެއްލޭ، އަގު އެރީ މައްޗަށް : ޔާމީން
18 ނޮވެމްބަރު 2018

އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ

18 ނޮވެމްބަރު 2018
އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
12 އޯގަސްޓު 2018

އެންމެ އާދައިގެ ސިއްޙީ ޚިދުމަތްވެސް މަކުނުދޫއަށް ވަނީ މިސަރުކާރުން ފޯރުކޮށް ނުދީ: އަނާރާ

12 އޯގަސްޓު 2018
އެންމެ އާދައިގެ ސިއްޙީ ޚިދުމަތްވެސް މަކުނުދޫއަށް ވަނީ މިސަރުކާރުން ފޯރުކޮށް ނުދީ: އަނާރާ
27 ޖެނުއަރީ 2018

ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ އާދައިގެ ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2018
ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ އާދައިގެ ގުޅުމެއް ނޫން: މިޝްރާ
17 އޮކްޓޯބަރު 2017

އާދައިގެމަތިން ޕީޕީއެމް ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން!

17 އޮކްޓޯބަރު 2017
އާދައިގެމަތިން ޕީޕީއެމް ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން!
26 އޯގަސްޓު 2017

ދަންވަރު ފަނޑިޔާރުންނާ ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް: ސުއޫދު

26 އޯގަސްޓު 2017
ދަންވަރު ފަނޑިޔާރުންނާ ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް: ސުއޫދު
01 އޯގަސްޓު 2017

އިމްރާނަށް މިހާރު އިނާޔަތްތައް ލިބޭނެ، އަދިވެސް އޮންނެވީ އާދައިގެ ގޮޅިއެއްގައި: ކަރެކްޝަން

01 އޯގަސްޓު 2017
އިމްރާނަށް މިހާރު އިނާޔަތްތައް ލިބޭނެ، އަދިވެސް އޮންނެވީ އާދައިގެ ގޮޅިއެއްގައި: ކަރެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް