Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު 1438

ހައްޖުވެރިންނޭވެ، މިއީ ބަރަކާތް ލިބިގެންވާ ކަންކަމެއް ނޫން!

ގެފުޅާއި އަރަފާތު ބިމުގައި ނަން ލިޔެގެން ހައްޖަށް ނުދެވޭނެ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2017 | އަންގާރަ 11:36
ގެފުޅު ވަށައި ތޮވާފް ކުރަނީ

ގެފުޅު ވަށައި ތޮވާފް ކުރަނީ

މައްކާ އަކީ މާތް ބިމެކެވެ. ކައުބަތުﷲ ގެފުޅަކީ މަތިވެރިކުރައްވާފައިވާ، އެކަލާންގެ ގެފުޅެކެވެ. ނަމަވެސް ގެފުޅުގައި ބޮސްދީގެން، ނުވަތަ އަތް ކާއްތައިގެން ނުވަތަ އުރަކޮޅުގެ ރޮދިން ބަލިތަކަށް ޝިފާ ލިބޭނެ ކަމަށް ނުވަތަ ހެޔޮ ގޮތެއް މެދުވެރިވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ. މިފަދަ ކަންކަމަކީ ޝިރުކުކުރުން ފަދަ ކަންކަމަށް ވިޔަސް، އަދިވެސް މިކަންކަން ގަބޫލުކުރާ މީހުން ދިވެހިންގެ ތެރޭގައި ވެސް އުޅެ އެވެ.

ހައްޖުގެ އަޅުކަމަށް ނިޔަތް ގަތުމުގެ ކުރިން ވެސް މައްކާގައި ހޭދަކުރާ ދުވަސްތަކުގައި ހަރަމްފުޅުގެ ތެރެއިން މިފަދަ މަންޒަރުތައް ފެންނާނެ އެވެ. ބައެއް މީހުން "މަރުވާ ހާލަތުގައި ވެސް ގެފުޅުގައި އަތްލާން މަސައްކަތް ކުރެ އެވެ. ގެފުޅުގައި މޫނު ޖައްސައިގެން ހުރެ ރޮއި ގިސްލަ އެވެ. ގަދަ އަވީގައި މޫނުން އޮހެރެމުންދާ ދާތައް ހުސްވަންދެން ބައެއް މީހުން ބޮސްދެ އެވެ. އަތުގައި އޮންނަ މުސޮއްލަ އާއި ރުމާލާއި ތާކިހާ އާއި ލައިގެން ހުންނަ ހެދުން ވެސް ގެފުޅުގައި ކާތަ އެވެ.

މިކަންކަމަކީ ބަރަކާތްތެރިކަން ހުރި ކަންކަމެއް ނޫންކަން އެނގޭ ހެއްޔެވެ؟

"މިއީ އެއްގޮތަކަށް ވެސް ވަކި ހާއްސަ ފައިދާއެއް ލިބޭނެ ކަންކަމެއް ނޫން. މާތް ﷲ ގެފުޅު މާތްކުރެއްވި ނަމަވެސް، އެތަނުގައި އަތްލައިގެން، ބޮސްދީގެން ވަކި ހާއްސަ ފައިދާއެއް، ބަރަކާތެއް ނުލިބޭނެ،" ހަދީސް އިލްމުން ޕީއެޗްޑީ ނަންގަވާފައި ހުންނެވި، ޑރ. އަބްދުﷲ ޖަމީލް ވިދާޅުވި އެވެ.

ގެފުޅުގައި ބޮސްދެމުން އަންނަކު ރޮނީ

ގެފުޅުގެ ހިލަތަކަކީ ހާއްސަ ބަރަކާތެއް ލިބިގެންވާ އެެއްޗެއް ނޫންކަން މާތް ސަހާބީ، އުމަރުގެފާނުގެ ބަސްފުޅުން އެނގެ އެވެ. އުމަރުގެފާނު ތޮވާފު ކުރެއްވުމަށް ފަހު، ހަޖަރުލް އަސްވަދުގައި ބޮސްދެއްވުމަށް ވަޑައިގެން އެ އިލަގަނޑަށް އިޝާރަތް ކުރައްވައި "ކަލޭތީ ހިލަގަނޑެކޭ، ރަސޫލާ އަމަލު ކުރައްވާފައި ނުވާނަމަ ތިމަންނާ [ހަޖަރުލް އަސްވަދަށް] ބޮހެއް ނުދޭނަމޭ" ވިދާޅުވި ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

މިކަމުން ވެސް އެނގިގެން ދަނީ ގެފުޅުގައި އަތްލުމަކުން ނުވަތަ ބޮސްދިނުމަކުން ވަކި ހާއްސަ އިތުރު ބަރަކާތްތެރިކަމެއް ލިބިގެން ނުދާކަމެވެ. އަދި ވިސްނާށެވެ. މިހާރު މިފެންނަ ގެފުޅުގެ ފާރަކީ އެތައް ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާ ފާރެކެވެ.

ހައްޖުގެ އަޅުކަމުގައި ސަމާލުކަން ދޭންޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ގެފުޅުގައި ނުވަތަ އަރަފާތު ބިމުގައި ނަން ލިޔުމުން ހައްޖަށް ދެވޭނެ ކަމަށް އަދި ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ. ހައްޖުގެ ދަތުރަށް ފުރާ މީހުންގެ ގާތުގައި، އޭނާގެ ގާތް ބައެއް މީހުން މިކަމަށް އެދެން ވެސް އެދެ އެވެ.

"ގެފުޅުގައި ނުވަތަ އަރަފާތުގެ ބިމުގައި ނަން ލިޔެގެން ހައްޖަށް ދެވޭނެ ކަމަށް ގަބޫލު ކުރުމަކީ އެއްވެސް ހަގީގަތެއް ނޫން. މިއީ ހަގީދާ ފާސިދުވާ ފަދަ ކަންކަން،" ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޑރ. ޖަމީލް ވިދާޅުވި އެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި

މި ހުރާފާތްތައް ގަބޫލު ކުރަނީ ހަމައެކަނި ދިވެހި ހައްޖުވެރިންނެއް ވެސް ނޫނެވެ. އެހެން ގައުމުތަކުގެ ވެސް ހައްޖުވެރިން މިފަދަ ކަންކަން ކުރާ މަންޒަރު ފެންނާނެ އެވެ. ކޮންމެ ބަޔަކު ކުރި ނަމަވެސް، މިއީ ޝިރުކުރުން ފަދަ ކަންކަން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ.

"މިއީ ޝިރުކުކުރުން ފަދަ ކަންކަން. އެއްވެސް ގޮތަކަށް މިކަންކަން ގަބޫލްކޮށްގެން ނުވާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ކޮންމެ އަޅުކަމެއް ވެސް އަދާކުރަން ޖެހޭނީ މާތް ﷲ އާއި ރަސޫލާ އަންގަވާފައިވާ ގޮތަށެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލާ ތޮވާފު ކުރެއްވި އިރު ޔަމާނީ ރުކުންގައި އަތް ބީއްސަވާ ލެއްވި އެވެ. އަދި ހަޖަރުލް އަސްވަދުގައި ބޮސްދެއްވި އެވެ. ނަމަވެސް އެ ކަމަކީ މިހާރު ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހަށިގަނޑު ވަރުގަދަ މީހުންނަށް ވެސް، ހަޖަރުލް އަސްވަދުގައި ބޮސް ދިނުމަކީ، މިހާރު ބޮޑު ހަނގުރާމައެއް ކުރުން ފަދަ ކަމެކެވެ. އެހެންވެ، ތިމާގެ ހަށިގަނޑަށް ގެއްލުން ލިބިދާނެ މިންވަރަށް ގަދަބާރު ދައްކައިގެން ހަޖަރުލް އަސްވަދުގައި ބޮސް ނުދިން ނަމަވެސް ފުދޭނެ ކަމަށް އިލްމުވެރިން ވިދާޅުވި އެވެ.

ޖަމްރާއަށް ހިލަ އުކުމުގައި ވެސް އާދަޔާ ހިލާފު މަންޒަރުތައް ފެންނާނެ އެވެ. ބައެއް ގައުމުތަކުގެ ހައްޖުވެރިން ފައިވާނާއި އަތުގައި އޮންނަ ކުޑަ ވެސް އުކާނެ އެވެ. އެ މީހުން އެތަކެތި އުކަނީ ޝައިތާނާދެކެ އަންނަ ރުޅިވެރިކަން ބޮޑުވެގެންނެވެ. ނަމަވެސް އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވީ އެގޮތަކަށް ނޫނެވެ. ރަސޫލާ އުއްކެވީ ތިން ޖަމްރާއިން ކޮންމެ ޖަމްރާއަކަށް ދުވާލަކު ހަތް ހިލަކޮޅެވެ.

ގެފުޅާއި އަރަފާތު ބިމުގައި ނަން ލިޔެގެން ހައްޖަށް ދިއުމުގެ ބަދަލުގައި ދުއާކުރާށެވެ. ގެފުޅުގައި ބޮސްދިނުމާއި ގެފުޅުގެ އުރަކޮޅަށް ހާއްސަ މަތިވެރިކަމެއް، ވެސް ލިބިގެނެއް ނުވެއެވެ. މިފަދަ ކަންކަމަކީ ޝިރުކަށްވާ ފަދަ ކަންކަމަށް ވުމާއެކު ދުރުވާށެވެ. މަތިވެރިކަން ލިބިގެންވަނީ ނިޔަތަށާއި ހައްޖުގެ އަޅުކަމަށެވެ. އުުމުރު ދުވަހުން އެއް ފަހަރު ކުރުން ވާޖިބުވާ މި އަޅުކަން ރަސޫލާގެ ސުންނަތާ އެއްގޮތަށް ކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

22 އެޕްރީލު 2022
ދިރިއުޅުމުގައި ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރޭ: ޚުތުބާ

ދިރިއުޅުމުގައި ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރޭ: ޚުތުބާ

09 އޮކްޓޯބަރު 2020
މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ޚުތުބާ

މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ޚުތުބާ

03 އެޕްރީލު 2020
ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

14 ޖޫން 2018

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު