Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ތެލުގެ ދަތިކަމާ ހެދި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ނުރައްކާތެރި ޙާލަތެއްގައި

މިހާރު އެ ހޮސްޕިޓަލްގައި ބޭނުން ކުރަމުން އަންނަނީ ހަމައެކަނި ބެކަޕް ޖަނަރޭޓަރެއް ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2025 | ބުދަ 08:17
އަލް ޝިފާ ހޮސްޕިޓަލްގައި ބަލި މީހަކު ފަރުވާ ހޯދަނީ

އަލް ޝިފާ ހޮސްޕިޓަލްގައި ބަލި މީހަކު ފަރުވާ ހޯދަނީ

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ، އަލް ޝިފާ ހޮސްޕިޓަލްގެ މުހިންމު ޚިދުމަތްތަކެއް ހުއްޓުމަކަށް އައުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަލް ޝިފާ ހޮސްޕިޓަލަށް ނުރައްކާތެރި ޙާލަތަކާ ކުރިމަތިލާން ޖެހިފައި ވަނީ ތެލުގެ ދަތިކަމާ ހުރެ އެވެ. އެކަމުގެ ސަބަބުން އެ ހޮސްޕިޓަލްގެ އެންމެ މުހިންމު ޚިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ނުރައްކާތެރިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މިހާރު އެ ހޮސްޕިޓަލްގައި ބޭނުން ކުރަމުން އަންނަނީ ހަމައެކަނި ބެކަޕް ޖަނަރޭޓަރެއް ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ ޖަނަރެޓާރުން ވެސް ތެޔޮ ހުސްވާން ކައިރިވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މި ކަމުގެ ސަބަބުން ކިޑްނީ ޑައިލިސިސް މެޝިންތައް ހުއްޓި، އިންޓެންވިސް ކެއާ ޔުނިޓުތަކުގެ މަސައްކަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. މި ޙާލަތުގައި އެ ސަރަހައްދުގައި އުޅޭ ބަލި މީހުންގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ޞިއްޙީ އިދާރާ ތަކުން ވަނީ މައުލޫމާތު ހާމަކޮށްފަ އެވެ.

އެކަމުގެ ސަބަބުން އެ ހޮސްޕިޓަލްގެ މުވައްޒަފުން އަންނަނީ ކުއްލި ޙާލަތުގައި ފަރުވާދޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލަށް އަވަސް އެހީތެރިކަން ނުލިބިއްޖެ ނަމަ، އިތުރު ބައެއްގެ ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ވެސް ޞިއްޙީ މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ. އަދި ބައިނަލްއަޤުވާާމީ މުޖުތަމައުން އަންނަނީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ވެސް ގޮވާލަމުންނެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އަންނަނީ، ޣައްޒާ އަށް އެތަކެއް ދަތި ކުރުންތަކެއް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމަށް އިސްރާއީލް އިން އެތައް ދުވަހެއް ވަންދެން ހުރަސް އަޅާފައިވާއިރު، މިހާރު އިންސާނީ އެހީ ފޯރުކޮށްދެމުން އަންނައިރު ވެސް ހަމަލާތައް ދަނީ ދެމުންނެވެ. 

މިވަގުތު ޣައްޒާ އަށް އިސްރާއީލް އިން ދެމުން އަންނަ ހަަމަލާތައް ވެސް އިތުރު ކޮށްފައިވާއިރު، ކޮންމެ ދުވަހަކު ވެސް އަންނަނީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. ޣައްޒާގައި މިވަގުތު އޮތް ޙާލަތާ މެދު ބައިނަލްއަޤުވާމީ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޝިފާހޮސްޕިޓަލްޣައްޒާއިޒްރޭލްތެލުގެ ދަތިކަންޣައްޒާ ހަނގުރާމަޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު