Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލް އިން ޣައްޒާގައި 95 މީހަކު ޝަހީދު ކޮށްލައިފި

ޣައްޒާގައި އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފައިވާ މި ދަނޑިވަޅަކީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2025 | އަންގާރަ 05:30
އިސްރާއީލް އިން ދިން ހަމަލާގައި ގެއްލުން ވެފައިވާ ސަރަހައްދެއް

އިސްރާއީލް އިން ދިން ހަމަލާގައި ގެއްލުން ވެފައިވާ ސަރަހައްދެއް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ޣައްޒާ އިން އިތުރު 95 މީހަކު ޝަހީދު ކޮށްލައިފި އެވެ.

އިސްރާއީލް އިން ވަނީ ޣައްޒާގެ ކެފޭ ތަކާއި، ސްކޫލުތަކާއި އަދި އިންސާނީ އެހީ އަށް ބޭނުންވާ ކާބޯ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތަކަށް ވެސް ހަމަލާ ދީފަ އެވެ. 

ހޯމަ ދުވަހު އިސްރާއީލް އިން ދިން ހަމަލާތަކުގައި ޣައްޒާ ސިޓީ އާއި އުތުތު ސަރަހައްދުގައި ވަނީ 62 މީހަކު ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި އަލް ބަޤާ ނަމަކަށް ކިޔާ ކެފޭ އަކަށް ދިން ހަމަލާގައި ޝަހީދުވީ މީހުން ވެސް ހިމެނެ އެވެ. އިސްރާއީލް އިން ދިން މި ހަމަލާގައި ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އިސްމާއީލް އަބޫ ހަތަބް ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަ ކުދިން ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އިސްރާއީލް އިން ވަނީ ޒައިތޫން ސަރަހައްދުގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އައި މަރުކަޒަކަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުން ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ހިމާޔަތް ހޯދުމަށް ތިބި ޔަފާ ސްކޫލަށް އަމާޒުކޮށް ވެސް ވަނީ ހަމަލާ ދީފަ އެވެ. 

މީގެ އިތުރުން އަލް އަޤްސާ ހޮސްޕިޓަލްގެ ގޯތި ތެރެއަށް ދިން ހަމަލާގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. ހޮސްޕިޓަލްގައި ތިބި މީހުންނަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެއްވެސް އިންޒާރެއް ވެސް ދިނުމެއް ނެތި އެވެ. އެ ހަމަލާއާ ގުޅިގެން ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައި ވަނީ، މިއީ ޣައްޒާގެ ޞިއްޙީ ނިޒާމަށް އަމާޒުކޮށްގެން ދެމުންް އަންނަ ސިސްޓަމެޓިކް ހަމަލާތަކެއް ކަމަށެވެ. 

ޣައްޒާގައި އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފައިވާ މި ދަނޑިވަޅަކީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ވަނީ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަމުން ގެންދަވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތް މުޅިން ބަލި ކުރެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. އިސްރާއީލްގެ ހަމަލާތައް އިތުރު ކޮށްފައިވާއިރު، ދާދި ފަހުން އިސްރާއީލްގެ ވަޒީރަކު ވަނީ ޣައްޒާގެ އިންސާނީ އެހީގެ ޕްރޮގްރާމް ހުއްޓާލަން ޖެހޭ ކަމަށް ވެސް ގޮވާލައްވައިފަ އެވެ.

އިޒްރޭލްޣައްޒާހަމާސްޣައްޒާ ހަނގުރާމަޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު