Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް އައު ފުރުސަތުތަކެއް ހުޅުވިއްޖެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ނަތަންޔާހޫ ވިދާޅުވީ، 12 ދުވަހުގެ މުއްދަތަކަށް އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2025 | ހޯމަ 06:08
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ އައު ފުރުސަތުތަކެއް ހުޅުވިއްޖެ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ އޮފިސަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، 12 ދުވަހުގެ މުއްދަތަކަށް އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކާމިޔާބީތަކާ އެކު، ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް އައު ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އިތުރަށް ނަތަންޔާހޫ ވިދާޅުވީ އިސްރާއީލް އިން ކުރިއަށް ގެންދަމުން އަންނަ އޮޕަރޭޝަންގެ މަގުސަދަކީ ހަމާސް ޖަމާއަތް ބަލި ކުރުން ކަމަށެވެ. އަދި އެ ހަނގުރާމައިގައި ހަމާސް ޖަމާއަތް މުޅި ބަލި ކުރެވުމާ އެކު، ރަހީނުން މިނިވަންކޮށް، ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ. 

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން ރަހީނުންގެ ގޮތުގައި ތިބި މީހުންގެ އާއިލާތައް ތަމްސީލު ކުރަމުން އަންނަ ޖަމިއްޔާ އިން ވަނީ އެކަމަށް މަރުޙަބާ ކިޔައިފަ އެވެ. އެގޮތުން މިހާތަނަށް 20 މަސް ދުވަސް ވަންދެން ރަހީނު ކޮށްފައިވާ ރައްޔިތުން މިނިވަން ކުރުމަށް ނަތަންޔާހޫގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތާއި، އެކަމަށް ދެމުން އަންނަ އަހަންމިޔައްތުކަން ފާހަގަ ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ހޮސްޓޭޖަސްް އެންޑް މިސިން ފެމިލީސް ފޯރަމް އިން ބުނެފައި ވަނީ، ބޮޑު ވަޒީރު ނަތަންޔާހޫގެ އެ ވާހަކަ ތަކަކީ ހަމާސް އިން ރަހީނު ކޮށްފައިވާ 50 ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް އާދެވެނޭ ކަމުގެ އުންމީދު އޮތް ވާހަކަތަކެއް ކަމަށެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލްގެ 251 މީހަކު ވަނީ ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން 50 މީހުން އަދިވެސް ރަހީނުންގެ ގޮތުގައި ތިބި ކަމަށް ބެލެވެ އެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށެވެ. 

ނަތަންޔާހޫއިޒްރޭލްހަމާސްރަހީނުންޣައްޒާޣައްޒާ ހަނގުރާމަ ޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު