Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އާއި އިންޑިއާގެ ގުޅުން

ރައީސް މުއިއްޒު ދިވެހިންނާއި އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭ - ކުރީގެ މެމްބަރު ޝަރީފް

މިހާރު އިންޑިއާ އެކުގައި އޮތް ގުޅުން ބަދަހިކުރަން ބޭނުން ވެގެން ރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރާތަން ފެންނަ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 01:13
ކެލާ ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ޝަރީފް

ކެލާ ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ޝަރީފް

ރައީސް ޑރ.މުހައްމަދު މުއިއްޒު ދިވެހިންނާއި އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ލަދުގަންނަން ޖެހޭ މިންވަަރަށް ބޮއްސުންލާފައި ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރު ވެރިކަމަށް އައީ ވެސް އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔާ މަލާމާތް ކުރުމަށް ފަހުގައި ކަމަށާއި ވެރިކަމާއި ހަވާލުވުމަށް ފަހުގައި ވެސް ސަރުކާރުގެ އިސް ވެރިންގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އިންޑިއާ އާއި އެކުގައި އޮތް ގުޅުން ބަދަހިކުރަން ބޭނުން ވެގެން ރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އިންޑިއާ އާއި އެކު ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަނީ ސަރުކާރަށް ގޮތް ހުސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންޑިއާ އާއި މެދު ރާއްޖޭގެ ވެރިން އަމަލު ކުރި ގޮތަކީ ލަދުވެތި ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ސަރުކާރުގެ އިސް މީހުން އިންޑިއާގެ ވެރިންނަށް ބަދު ބަސް ބުނުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ ގެއްލުން ދިވެހިންނަށް ލިބެމުންދާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންގެ ހިތުގައި އެކަމުގެ ސަބަބުން ރާއްޖެ އާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރުކުރުމަކީ އެކަމުގެ އަސަރު ސީދާ ރައްޔިތުންނަށް ކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގެ ޤައުމުތަކާއި އެކު ރަނގަޅު ގުޅުމެއް ބާއްވަން ނުކުޅެދިފައިވާ ކަމަށެވެ. ސަބަބަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދޯހަޅިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖެ އަށް ޤައުމުތަކުން އެހީ ލިބުމަށް މަގުފަހިކުރުމަށް ސަރުކާރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށާއި އެއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި މެދު ސުވާލު އުފެދޭ އެއް ސަބަބު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފްއިންޑިއާޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު