Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ހަތް މީހަކު ޝަހީދު ވެއްޖެ

އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ ޣައްޒާގެ އުތުރުގެ ބައެއް ސަރަހައްދު ތަކުން މީހުން ހުސް ކުރުމުގެ އިންޒާރު ވެސް ދެމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖޫން 2025 | އާދީއްތަ 07:05
އިސްރާއީލް އިން ދިން ހަމަލާގައި ޝަހީދުވެފައިވާ މީހެއްގެ ހަށިގަނޑު ހިފައިގެން ބަޔަކު ދާ މަންޒަރު

އިސްރާއީލް އިން ދިން ހަމަލާގައި ޝަހީދުވެފައިވާ މީހެއްގެ ހަށިގަނޑު ހިފައިގެން ބަޔަކު ދާ މަންޒަރު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާތަކުގައި ހަތް މީހަކު ޝަހީދުވެފައިވާ ކަަމަށް ހާމަކޮށްފި އެވެ. 

ޣައްޒާގެ ދެކުނުގައި ޚާން ޔުނިސްގައި އިސްރާއީލް އިން ދިން ޑްރޯމް ހަމަލާއެއްގައި ފަސް މީހަކު ވަނީ ޝަހީދުވެފަ އެވެ. މި ހަމަލާގައި ޝަހީދުވީ މީހުންގެ ތެރޭގައި ދެ އަންހެނުންނާއި، އެއް ކުޑަ ކުއްޖަކު ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ޓެންޓު ތަކުގައި ހިމާޔަތް ހޯދައިގެން އުޅެމުން އައި ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އުުތުރު ޣައްޒާގެ ޒައިތޫން ސަރަހައްދުގައި ހުރި ގެއަކަށް އަމާޒުކޮށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި ފަލަސްޠީނުގެ ދެ ކުޑަ ކުދިން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަލް ޖަޒީރާގެ ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން މެދު ކެނޑުމެއް ނެތި ހަމަލާތައް ދެމުން އަންނައިރު އާންމު ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުންތައް ދަނީ އިތުރު ވަމުންނެވެ.

މީގެ އިތުރުން، އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ ޣައްޒާގެ އުތުރުގެ ބައެއް ސަރަހައްދު ތަކުން މީހުން ހުސް ކުރުމުގެ އިންޒާރު ވެސް ދެމުންނެވެ. ޣައްޒާގެ އުތުރުގައި ތިބި ފަލަސްޠީނުގެ މީހުން ވަގުތުން އެ ސަރަހައްދު ހުސް ކުރުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އަންގާފައިވާއިރު، އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމުގެ އިޝާރާތެއް ވެސް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

އެގޮތުން އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރާއި ވިދާޅުވެފައި ވަނީ ޓެރަރިސްްޓު ޖަމާއަތްތަކާ ދެކޮޅަށް، އެ ޖަމާއަތްތަކުގެ ޤާބީލުކަން ނައްތާލުމުގެ މަޤުސަދުގައި އިސްރާއީލްގެ ސިފައިން އެ ސަރަހައްދުތަކުގައި ވަރަށް ހަރުކަށި ކަމާއެކު ޙަރަކާތްތެރި ވަމުންދެ އެވެ. 

ސޯޝަލް މީޑިއާގެ އެކްސްގައި އޭނާ ކޮށްފައިވާާ ޕޯސްޓެއްގައި މެޕެއް ހިމަނައި ވިދާޅުވެފައި ވަނީ، އަލް މަވާސީ ސަރަހައްދުން ވެސް މީހުން ހުސް ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދަކީ އިސްރާއީލް އިން އަމިއްލަ އަށް، ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

އިޒްރޭލްޣައްޒާފަލަސްތީނުންހަމަލާޣައްޒާ ހަނގުރާމަޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު