Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 81 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުގެ ހަމަލާ ތަކުގައި 24 ގަޑިއިރުގެ ތެރޭގައި 422 މީހުން ވަނީ ޒަޚަމް ވެފައި

ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 11:55
ޣައްޒާގެ ޣައްޒާ ސިޓީގައި ހުންނަ އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެނެސްފައިވާ ހަށިތަކެއްގެ ކައިރީގައި އާއިލާ މީހުން ހިތާމަ ކުރަނީ - ޖޫން 25، 2025

ޣައްޒާގެ ޣައްޒާ ސިޓީގައި ހުންނަ އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެނެސްފައިވާ ހަށިތަކެއްގެ ކައިރީގައި އާއިލާ މީހުން ހިތާމަ ކުރަނީ - ޖޫން 25، 2025

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 81 ފަލަސްތީނު މީހުން ޝަހީދުވެ، 422 މީހުން ޒަޚަމް ވެއްޖެ އެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 56,412 އަށް އަރާފައިވާ އިރު، 133,054 މީހުން ޒަޚަމްވެފައި ވެއެވެ.

މާރޗް 18 ގައި އިސްރާއީލުން ހުއްޓާލި ކަމަށް ބުނި ހަމަލާތައް އަލުން ފެށިފަހުން މަދުވެގެން 6,089 މީހުން މަރުވެ، 21,013 މީހުން ޒަޚަމް ވެފައި ވެއެވެ.

ޣައްޒާގައި ކޮންމެ ދުވަހަކު ކުށެއް ނެތް އެތައް ބަޔަކު އިސްރާއީލުން ހަމަލާ ދީ މަރަމުން ދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ "އަންނަ ހަފްތާގެ ތެރޭގައި" ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ބަނޑުހައިވެފައިވާ ފަލަސްތީނު ރައްޔިތުން އެހީ ހޯދުމަށް އެހީ ބަހާ މަރުކަޒު ތަކުގެ ދޮށަށް ދިއުމުން އެމީހުންގެ ގަޔަށް ބަޑިޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ.

މީޑިއާ އޮފީހުން ބުނެފައިވަނީ ފަލަސްތީނު މީހުންގެ ގަޔަށް "ގަސްތުގައި ބަޑި ޖަހަން" އަމުރުކުރި ކަމަށް އިސްރާއީލުގެ މީޑިއާގައި ހާމަވެފައިވާ މަޢުލޫމާތަކީ ޣައްޒާގައި ހިންގާ "ހަނގުރާމައިގެ ކުށްތަކުގެ" އިތުރު ޖަރީމާ އެކެވެ.

އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ ވިދާޅުވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުގެ އެހީތެރި ކަމާ އެކު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ހިންގާ އެހީ ބެހުމުގެ ސަރަޙައްދު ތަކަކީ "މަރުގެ މައިދާން" ތަކެކެވެ.

ޣައްޒާޣައްޒާ ހަނގުރާމައިޒްރޭލްސީރިޔާ-އިޒްރޭލު ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު