Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ-ހަނގުރާމަ

 ޣައްޒާގެ ރައްކާތެރި ސަރަހައްދުތަކުގައި އިސްރާއީލްގެ ހަމަލާތައް އިތުރު ކުރަނީ

އަންނަނީ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އަލް މަވާސީ ސަރަހައްދުގައި ހަމަލާތައް ދެމުން. އިސްރާއީލްގެ ހަމަލާތަކުގައި އެ ސަރަހައްދުން ހަތަރު މީހަކު ޝަހީދުވެފައިވާއިރު، އިތުރު ހަ މީހަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 13:26
ޣައްޒާގައި މީހަކު ޝަހީދުވެފައިވާއިރު، އޭނާގެ އާއިލާގެ މީހުންނާއި ކުދިން އޭނާ ގާތުގައި

ޣައްޒާގައި މީހަކު ޝަހީދުވެފައިވާއިރު، އޭނާގެ އާއިލާގެ މީހުންނާއި ކުދިން އޭނާ ގާތުގައި

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ރައްކާތެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަން ފަށައިފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ އަލް މަވާސީ ސަރަހައްދުގައި ހަމަލާތައް އިތުރު ކުރަން ފަށައިފަ އެވެ. މި ސަރަހައްދަކީ އިސްރާއީލްގެ އަސްކަރިއްޔާ އިން އަމިއްލަ އަށް، ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އަލް މަވާސީ ސަރަހައްދުގައި ހަމަލާތައް ދެމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި އެ ސަރަހައްދުން ހަތަރު މީހަކު ޝަހީދުވެފައިވާއިރު، އިތުރު ހަ މީހަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފަ އެވެ. 

ހުކުރު ދުވަހުގެ ހަވީރު ޣައްޒާގެ ސިޓީގައި ހުރި ވަގުތީ ހިޔާތަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި 15 އަށް ވުރެ ގިނަ ޓެންޓުތައް ވަނީ މުޅިން ވީރާނާވެފަ އެވެ. ޞިއްޙީ ކުއްލި ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އަދި ވެސް އަންނަނީ އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނަމުން އަންނަނީ ހަމާސް ޖަމާއަތް މުޅިން ބަލި ކުރެވެންދެން އެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި ވަނީ ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލައިފަ އެވެ. އަދި އެތައް ބަޔަކަށް ޒަޚަމުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. 

ޣައްޒާ އަށް މިވަގުތު އިންސާނީ އެހީ އެތެރެ ކުރުމާއި، އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް، އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުންނެވެ. ޚާއްސަކޮށް އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތަކަށް އަމާޒުކޮށް އަންނަނީ ގިނަ ހަަމަލާތަކެއް ދެމުންނެވެ.

އިސްރާއީލް އަސްކަރިއްޔާޣައްޒާރައްކާތެރި ސަރަހައްދުތައްހަމާސް ޖަމާއަތްއިންސާނީ އެހީޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު