Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޝަނުގެ ރިޕޯޓު

ޔުމްނު ވެއްޓުނު ހާދިސާ: ރިޕޯޓު ތަންފީޒު ކުރުމަށް އަންގައިފި، އިހުސާނަށް ފިޔަވަޅު އަޅަން އަންގާފައެއް ނެތް

24 ޖޫން 2025 | އަންގާރަ 07:01

ޔުމްނު ރަޝީދު ވެއްޓު ހާދިސާގެ ތަހުގީގުގެ ބައެއް މައުލޫމާތު، އެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަރސެކެރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް، ހޯމް މިނިސްޓަރ އަލީ އިހްސާން ތަކުރާރުކޮށް ފޯރުކޮށްދީފައިވާކަން ވަނީ ހާމަވެފަ

އަލީ ޝާހީން
އަލީ ޝާހީން | 24 ޖޫން 2025 | އަންގާރަ 07:01
ވަޒީރު އަލީ އިހްސާން އަދި ރައީސް މުޢިއްޒު

ވަޒީރު އަލީ އިހްސާން އަދި ރައީސް މުޢިއްޒު

އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންކަން ތަންފީޒު ކުރުމަށް އެންގެވި ނަމަވެސް އިހުސާނަށް ފިޔަވަޅު އަޅަން އަންގާފައެއް ނުވެއެވެ.

ހ.ފެންޓޯނިއާ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ރަޝީދު ވެއްޓު ހާދިސާގެ ތަހުގީގުގެ ބައެއް މައުލޫމާތު، އެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަރސެކެރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް، ހޯމް މިނިސްޓަރ އަލީ އިހްސާން ތަކުރާރުކޮށް ފޯރުކޮށްދީފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެކަން ވަނީ މި މައްސަލަ އާއި ގުޅޭގޮތުން އެކުލަވާލި ރިޔާސީ ބަޔާނުގެ ތަހުގީގު ނިންމާ އެކުލަވާލި ރިޕޯޓުގައި ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ހުރި ބައެއް ކަންކަން ތަންފީޒު ކުރަން ވަނީ އަންގާފައެވެ. އެގޮތުން ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކުރި ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ނުވެދިނުމަށް ރައީސް މުއިއްޒު ވަނީ ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، ޔުމްނު ވެއްޓުނު ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް އަންގަވައިފައެވެ.

އަދި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި މައްސަލަ ވެސް ބެލުމަށްވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

މީގެއިތުރުން ރައީސް ވަނީ ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީއަށް އަންގައިފަ އެވެ.

ރިޕޯޓާއި ގުޅިގެން ފާހަގަވި ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅަން އެންގެވި ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން އެޅި އެއްވެސް ފިޔަވަޅެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ހައްވާ ޔުމްނު ރަޝީދުރައުދު އަހުމަދު ޒިލާލުއަހުމަދު ދާއޫދުޢަލީ އިޙުސާންހ. ފެންޓެނޯއީ ގޭގެހ. މިޓާޒް ގޭގެރިޔާސީ ކޮމިޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
10 އޮކްޓޯބަރު 2025

ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް

10 އޮކްޓޯބަރު 2025
ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް
08 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާ!

08 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާ!
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
07 އޮކްޓޯބަރު 2025

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"
30 ސެޕްޓެމްބަރު 2025

ސަރުކާރުގެ ރަސްމީ އޮފީހުގެ ތެރޭގައި އަމިއްލަ ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ގެންދެވި ހޯމް މިނިސްޓަރު އިހުސާނު ކަރަޕްޝަން ހުއްޓުވާނެ ގޮތް ވިދާޅުވެއްޖެ

30 ސެޕްޓެމްބަރު 2025
ސަރުކާރުގެ ރަސްމީ އޮފީހުގެ ތެރޭގައި އަމިއްލަ ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ގެންދެވި ހޯމް މިނިސްޓަރު އިހުސާނު ކަރަޕްޝަން ހުއްޓުވާނެ ގޮތް ވިދާޅުވެއްޖެ
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
30 އެޕްރީލު 2025

ކޮމިޝަން އުފައްދަން ނުޖެހޭނެ ކަމަށް ދެއްކި ވާހަކަ އުނބަށް ޖަހައިފި

30 އެޕްރީލު 2025
ކޮމިޝަން އުފައްދަން ނުޖެހޭނެ ކަމަށް ދެއްކި ވާހަކަ އުނބަށް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް