Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޖަލްސާ

އަޅާނުލާ ތިބެވޭކަށް ނެތް، މިއަދު ކުރިމަތީގައި މިއޮތީ މާސިންގާ ބޮޑު ސްކޭމް ސަރުކާރެއް: އަބްދުﷲ ޝާހިދު

23 ޖޫން 2025 | ހޯމަ 18:03

މިއީ އެމްޑީޕީގެ ސަފުތައް ވަރުގަދަކޮށް، އަލުން ރުކުރުވާލަންވީ ވަގުތު، އެމްޑީޕީ އެއަލުން އެކަތިގަނޑަކަށް ވެގެން މި އަތުގުޅާލަނީ ރައީސް މުއިއްޒުގެ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޖޫން 2025 | ހޯމަ 18:03
އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު ހޯމަ ދުވަހުގެ ރޭގެ އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު ހޯމަ ދުވަހުގެ ރޭގެ އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ

ބީރުކަންފަތް ދީގެން، ލޮލަށް ނުފެންނަކަމަށް ހަގައިގެން އަޅާނުލައި މިއަދު ތިބެވެން ނެތްކަމަށާއި، ކުރިމަތީގައި މިއޮތީ ބޮޑު މާސިންގާ ސްކޭމް ސަރުކާރެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓްސް (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އެމްޑީޕީގެ ސަފުތައް ވަރުގަދަކޮށް، އަލުން ރުކުރުވާލަންވީ ވަގުތު ކަމަށާއި އެމްޑީޕީ އެއަލުން އެކަތިގަނޑަކަށް ވެގެން މި އަތުގުޅާލަނީ ރައީސް މުއިއްޒުގެ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މާޒީގެ އަޅުންނަށް ވެގެން ތިބެވެން ނޯންނާނޭ ކަމަށާއި ހަމަ އެކަނި މާޒީއަށް ބަލަން ތިބެއްޖެ ނަމަ ހަމައެކަނި އޮންނާނި އެ މާޒީގެ ފަސްބާޑި ޖަހަން ތިބުން ކަމަށެވެ.

އޭނާ ވިދާޅުވީ މާޒީއަކީ ބަދަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށާއި ކުރިއަށް ދެވޭނީ ހަމަ އެކަނި މުސްތަގުބަލަށް އުންމީދު ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީ މި ނުކުންނަނީ ކުރިއަށް ވުރެވެސް މާގަދަކޮށް އެކަތިގަނޑަކަށް ވެެގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު މިއޮތީ ލޯމަރާލައިގެން ކަންފަތަށް އަޑު ނީވޭގޮތަށް ބީރުކަންފަތް ދީގެން ތިބެވެން އޮތް މަންޒަރެއް ނޫން ކަމަށާއި ކުރިމަތީގައި ފެންނަ މިއޮތީ ބޮޑު ސްކޭމް ސަރުކާރެއް ކަމަށެވެ.

ބޮޑު ސިންގާ ސްކޭމް ސަރުކާރެއް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ. ބަންކަރިންގ ގެ ސްކޭމް، ޑޮލަރުގެ ސްކޭމް، ރަސްމާލޭ ބިއްލޫރި ޓަނަލްގެ ސްކޭމް، ޗާގޯސްގެ ސްކީމް، އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކީމް، ބޯހިޔާވަހިކަން އޮޅުވާލުމަށް، ފްލެޓް ތައް އޮޅުވާލުމަށް އޮތް ސްކީމް، އެއީ މި ސަރުކާރަކީ، މި ސަރުކާރަކީ ޑރ، ބޭސް ދޭނަމޭ ކިޔާފަ އޮޅުވާލި ސަރުކާރު.
އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެމްޑީޕީގެ ވެރިކަމުގައި ފަށާފައި ހުރި ހުރިހާ ތަރައްގީގެ މަޝްރޫއުތަކެއް ވެސް ހުރީ ހުއްޓާލާފައި ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މި އޮތް ސަރުކާރުން ފަސް ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށް މީގެ އެއްދުވަސް ކުރިން އިއުލާނު ކޮށްފައިވާ ކަމަށާއި އަދި 1.3 ބިލިއަން ރުފިޔާ ސާޕްލަސްގެ ގޮތުގައި އަދި ވެސް ޖީބުގައި އެބަހުރި ކަމަށް ބުނަމުން ގެންދާ ކަމަށެވެ.

އެހެން ނަމަވެސް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަން ޖެހޭ ލާރިތައް އަދިވެސް ދައްކާފައި ނުވާ ކަމަށާއި އެ ފައިސާތައް ނުދައްކާހާ ހިނދަކު އެ ބުނާ 1.3 ބިލިއަން ރުފިޔާ ސާޕްލަސްގެ ގޮތުގައި ޖީބުގައި ހުންނާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ސަރުކާރުން ރައްޔިތުންނަށް ދަރާފައި އޮތް ފައިސާތަކާއި އާއި އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހިފައި ހުރި ފައިސާތައް ނުދައްކާ ކަމުގައިވާ ނަމަ މި ސަރުކާރު ވެގެންދާނީ ސީދާ ސްކޭމް ސަރުކާރަކަށް ކަމަށް ވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީސަލްޓަން ޕާކު މާސިންގާ ސްކޭމް ސަރުކާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް
07 ޑިސެމްބަރު 2025

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
01 ޑިސެމްބަރު 2025

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި
24 ނޮވެމްބަރު 2025

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025
ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި
24 ނޮވެމްބަރު 2025

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު
17 ނޮވެމްބަރު 2025

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
19 އޯގަސްޓު 2025

ރައްޔިތުން އެއްބާރުލުންދީ މަގުތަކަށް ނުނުކުމެއްޖެނަމަ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެންދާނެ - މީކާއިލް

19 އޯގަސްޓު 2025
ރައްޔިތުން އެއްބާރުލުންދީ މަގުތަކަށް ނުނުކުމެއްޖެނަމަ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެންދާނެ - މީކާއިލް
16 ޖުލައި 2025

އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި

16 ޖުލައި 2025
އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް