Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރިވަރުންގެ ނަތީޖާ ދައްވުން

އެޑިއުކޭޝަން މިނިސްޓަރ ދަރިވަރުންގެ ކުރިމަތީގައި އެކުދިންގެ ނަތީޖާގެ ގޯސްވާހަކަ، ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް: އިހުސާން

23 ޖޫން 2025 | ހޯމަ 11:53

އިނާމުދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރުންގެ ކުރިމަތީގައި ނަތީޖާގެ ގޯސް ވާހަކަ ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޖޫން 2025 | ހޯމަ 11:53
އެމްޑީޕީގެ ދިއްގަރުދާއިރާގެ ރައީސް މުޙައްމަދު އިހުސާން: ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ދިއްގަރުދާއިރާގެ ރައީސް މުޙައްމަދު އިހުސާން: ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރުންގެ ކުރިމަތީގައި އެ ދަރިވަރުންގެ ނަތީޖާ ދައްވާ ވާހަކަތައް ދެއްކެވުމަކީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވިކަމެއް ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވެ، ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށަށް ދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ މިދިއަ ހޮނިހިރު ދުވަހު އޮތް މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާއަށް ބެލި ނަމަވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަ ވެސް ފަސް މާއްދާއިން ފާސްވެފައި ނުވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ފަސް މާއްދާއިން 'ސީ' ފާސް ހޯދުމަކީ ދަރިވަރުން ފާސްވާންޖެހޭ އެންމެ ދަށް މިންވަރު ކަމަށް ޝަފީއު ވިދާޅުވިއެވެ.

ހަމައެއާއެކު 2023 އަދި 2024ގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި، 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމަށް ރައްދުދެއްވާ ހޯމަ ދުވަހުގެ ރާއްޖެ ޓީވީގެ "ފަށާއިރު ޕްރޮގްރާމް" ގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ތައުލީމީ ދާއިރާގެ ޕޮލިސީ ގޯސްވާހަކަދައްކަވާއިރު، ހުރިހާ ޕޮލިސީއެއް ވެސް އެކުލަވާލައި ޕޮލިސީ ތަންފީޒުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ އެޑިއުކޭޝަން މިނިސްޓަރާއި ރައީސުލްޖުމްހޫރީ އަށް ކަމަށެވެ.

ކަން މިހެން އޮތް އިރު، ޕޮލިސީ އެކުލަވާލާފައި އެ ޕޮލިސީ ތަންފީޒު ކުރެވިފައި އޮތީ ގޯސްކޮށް ކަމަށް ވިދާޅުވެ، ވެރިންގެ ލެވެލްގައި މަޝްވަރާތައް ކޮށް، ދައްކަން ޖެހޭ ވާހަފުޅެއް ކިޔަވާ ދަރިވަރުންތަކެއް ތިބި އިނާމު ދޭ ހަފުލާއެއްގައި އެފަދަ ވާހަތައް ދެއްކުމަކީ ބަލައިގަނޭނޭ ކަމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ގިނަ ދަރިވަރުންތަކެއް އެއްވެ އޮތް އިނާމު ދިނުމުގެ ހަފްލާއެއްގައި އެ ދަރިވަރުންގެ ނަތީޖާތައް ގޯސް ވާހަކަ އެ ދަރިވަރުންގެ ކުރިމަތީގައި ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ދަރިވަރުން ފަސް މާއްދާއިން ފާސްވާ އިންސައްތައިގެ ވާހަކަ ދައްކަވާއިރުގައި ވަކިވަކި މާއްދާތަކުގެ ޕާފޯމަންސްގެ ވާހަކަ ދެއްކެވި ނަމަ ނުވަތަ އެކަމުގެ މައްޗަށް ސިޔާސަތުތަކެއް ހުޅުވާލައިގެން އެކަމުގެ މައްޗަށް ރިއާޔަތްކޮށް ވާހަކަދެއްކެވި ނަމަ އެއަށްވުރެ ރަނގަޅު މަންޒަރެއް ފެނިގެންދާނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ދަރިވަރުންނާއި މުޚާތަބުކޮށް އެ ދަރިވަރުންގެ ނަތީޖާތަކުގެ ވާހަކަ މިނިސްޓަރ ދެއްކެވި އިރުގައި ދަރިވަރުންގެ ނަތީޖާ 50 އިންސައްތައަށް ވެސް ނާރާ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ވަކިވަކި މާއްދާތަކަށް ބަލާއިރުގައި ރާއްޖޭގައި އެންމެ ދައްކަމަށް ފާހަގަވަނީ ހިސާބު އިލްމު ކަމަށެވެ. ނަމަވެސް ހިސާބު އިލްމުވެސް އެންމެ ދައްކޮށް އުޅެނީ 60 އިންސައްތައިން މަތީގައި ކަމަށް އިހުސާން ވިދާޅުވިއެވެ.

"ވަކިވަކި މާއްދާތަކުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ދަރިވަރުން ނެރޭ ނަތީޖާ ގޯހެއް ނޫން. ރާއްޖެ އަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ރަނގަޅު ނަތީޖާތަކެއް ހޯދާ ދަރިވަރުންތަކެއް ތިބި ގައުމެއް. ނަމަވެސް ޖުމްލަކޮށް އެއްކޮށްލައިގެން މާއްދާ ހަމަކުރާއިރުގައި އެ ވިދާޅުވާ އިންސައްތައެއް ހަމަނުވަނީ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުހައްމަދު އިހުސާން

ކަން މިހެން ހުރިއިރު، ކަމާބެހޭ ފަރާތްތަކުން އެކަމަށް އެޑްރެސްކުރަން ޖެހެނީ ވަރަށް ފަންނީ ގޮތަކަށް ކަމަށާއި ފަންނީ ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި މަޝްވަރާކުރެވިގެން އެގޮތަށް ކަންކަން ކުރެވިގެން ނޫންގޮތަކަށް އެޑިއުކޭޝަން މިނިސްޓަރ އެވިދާޅުވާ ކަންކަން ހާސިލްނުކުރެވޭނޭ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެފަދަ ދަރިވަރުންތަކެއް ތިބި ހަފްލާއެއްގައި ދަރިވަރުންނަށް ވަރަށް އުންމީދީ ވާހަކަތަކެއް އަޑުއިވިގެންދާނޭ ކަމަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް އަޑުއިވިގެން ދިއައީ ދަރިވަރުންނަށް ވަރަށް ނާއުންމީދީ ވާހަކަތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް