Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މިހާރު އެކުލަވާލެވެނީ އިންސާފުވެރި ފަނޑިޔާރު ގެއެއް ނޫން: ފިއްޓޭ

ފިއްޓޭ ވިދާޅުވީ ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ފަހު، ދެން އެ ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުން، އެ ފަނޑިޔާރަކަށް މިނިވަން ކަމާ އެކު ޙުކުމް ކުރެވޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ނޯންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖޫން 2025 | ބުދަ 07:15
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)

ދިވެހި ރާއްޖޭގައި މިހާރު އެކުލަވާލެވޭ ފަނޑިޔާރު ގެއަކީ އިންސާފުވެރި ފަނޑިޔާރު ގެއަކަށް ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިއްޓޭ މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ފިއްޓޭ ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންނާ ދޭތެރޭގައި އެއްވެސް "ހިތް ބުރަ" ކަމެއް ނެތް ކަމަށެވެ. އަދި ކޮމެޓީ އިން ނިންމީ ފަނޑިޔާރުންގެ ޝަރުތު ހަމަވުމާއި، ދެން ވެސް ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ގޭގެ މިނިވަން ކަމަކީ ރައްޔިތަކަށް ބޭނުން ވާނެ އެންމެ މުހިންމު އެއް އަސާސްކަށް ފާހަގަ ކުރައްވައި ފިއްޓޭ ވިދާޅުވީ، ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަނީ ކިހިނެއް ހޯދި ޖާގަ އަކުން ކަމާ ދޭތެރޭ ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ފިއްޓޭ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް، މީގެ ކުރިން ވެސް ފަނޑިޔާރުން ވަކި ކުރިކަން ހުއްޖަތަކަށް ދައްކައި، ސަރުކާރުން އެކަން ކުރީ ކަމުގައި ވެސް ފިއްޓޭ ވިދާޅުވި އެވެ.

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ފަހު، ދެން އެ ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުން، އެ ފަނޑިޔާރަކަށް މިނިވަން ކަމާ އެކު ޙުކުމް ކުރެވޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ނޯންނާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކި ކުރި ގޮތަށް، ދެން އައްޔަން ކުރާ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮތް ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ފިއްޓޭ ވިދާޅުވީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ގޮތަށް ޙުކުމް ކުރުމަށް ވެދާނެ ކަމަަށެވެ.

މި ފަނޑިޔާރުން މި އައްޔަން ކުރަނީ ވަކި ގޮތަކަށް ޙުކުމް ކުރުމުގެ ބޭނުމުގައި ކަމަށް، ވެދާނެ ރައީސުލްޖުމްހޫރިއްޔާ. އެހެން ނަމަވެސް އަޅުގަނޑުމެން އެ ފަނޑިޔާރުންގެ ޤާބިލުކަމާ ދޭތެރޭގައި ސުވާލު އުފައްދަނީ ނޫން. އެ ތާއީދު އަޅުގަނޑުމެން އޭރު ކުރީ. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދު ވެސް، މާދަމާ ވެސް ޤަބޫލު ކުރާނީ، މިހާރު މި އެކުލަވާލެވޭ ފަނޑިޔާރު ގެއަކީ އިންސާފުވެރި ފަނޑިޔާރު ގެއަކަށް ނުވާނެ. ސަބަބަކަށް ވަނީ އެ ދުވަހު، ޖޭއެސްސީ އިން އެ ނިންމި ނިންމުމަކީ، ޤާނޫނީ ގޮތުން އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް މި މަޖިލީހުގެ ކައުންސިލް ޖެނަރަލް ވެސް އަދި މަޖިލީހުގެ ގިނަ އިއްޒްތެރި މެމްބަރުން، ހަމަ އެހެން ޤާނޫނީ ދާއިރާގެ ހުރިހާ ބޭފުޅުން ވެސް އެކަން ޤަބޫލު ކުރޭ.
ޙުސެއިން ޒިޔާދު (ފިއްޓޭ) / ވައިކަރަދޫ ދާއިރާގެ މެމްބަރު

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ފަނޑިޔާރުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ އެއްވެސް ޤާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ބުއްދި އަށް ނިންމި ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ޖޭއެސްސީގެ ބުއްދި އަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ދިމްޔާތުގެ ބުއްދި އަށް ނިންމި ނިންމުމެއް ކަމަށް ވެސް ފިއްޓޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީ އިން ނިންމީ ނިމުނު މެއި މަހު އެވެ. އަދި އެ ނިންމުމާ އެއް ގޮތަށް މަޖިލީހުން އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ފެންނަ ކަަމަށް ފާސް ކުރީ ސަރުކާރު ހިންގާ، ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.

އޭގެ ބަދަލުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް މުޢިއްޒު ނަން ފޮނުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުޙައްމަދު ސަލީމް އަދި އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

ބުދަ ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓަށް އެ ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު