Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަމަދޫ ޢީދު އުފާ 1446

ސަގާފީ ގިނަ ހަރަކާތްތަކާއި އެކު ކަމަދޫ ދަނީ ތަފާތު ދައްކަމުން!

7 ޖޫން 2025 | ހޮނިހިރު 13:44

ކަމަދޫ އަށް އެ ރަށުން ބޭރުން އެތައް ބަޔަކު ވަނީ ގޮސްފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ޖޫން 2025 | ހޮނިހިރު 13:44
1446 ވަނަ އަހަރު ކަމަދޫގައި ކުރިއަށްދާ އީދު ފޯރި

1446 ވަނަ އަހަރު ކަމަދޫގައި ކުރިއަށްދާ އީދު ފޯރި

އީދުގެ ފޯރި އެންމެ ގަދަ ރަށްތަކުގެ ލިސްޓުގެ ކުރީގައި މިފަހަރު ހަމަ ޔަގީނުންވެސް ބ އަތޮޅުގެ ކަމަދޫ ހިމެނޭނެއެވެ. އެގޮތުން މުޅި ރަށުގެ ރައްޔިތުން ނުކުމެ ދައްކުވައިދެމުން ގެންދަނީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.

އީދުގެ ހަރަކާތްތަކަށް ބަލާއިރުވެސް، ޒަމާންވީ ދިވެހިވަންތަ ސަޤާފަތްތަކާއި ރަހަތަކުގެ ކުލަވަރު ކަމަދޫއިން ދަނީ ދައްކުވައިދެމުންނެވެ.

Advertisement - newsAdvertisement

އެންމެ ހާއްސަ ކަމަކީ އީދުގެ އެކިއެކި ހަރަކާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައި އެ ހުންނަ ލަވަތަކެވެ. އެގޮތުން ކޮންމެ ލަވައެއްގައިވެސް ކަަމަދޫގެ ވާހަކަތައް ހިމަނާލާފައިވާއިރު، އެރަށުން އީދަށް ވެފައިވާ ތައްޔާރީތަކާއި ރަށުގެ ހުނަރުވެރިކަން ލަވަތަކުން އެކަނިވެސް ފެނިގެން ދެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކަމަދޫގެ ޢީދު ހަރަކާތްތައް ފެށުނީ ސަޤާފީ ހަރަކާތްތަކާއި އެކު އެ ރަށުގައި ޢީދު ހަރަކާތްތައް ބާއްވަން ތައްޔާރުކޮށްފައިވާ ޢީދު ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތާއި އެކުގައެވެ.

ރަށުގެ ކުދި ބޮޑު އެންމެންހެން އެކުވެގެން ކުރިއަށް ދިޔަ އެ ހަރަކާތަކީ ފާއިތުވި 10 ވަރަކަށް އަހަރު މި ރަށުގެ ސަޤާފީ ރަމްޒެއްގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ.

އެ ހަރަކާތުގެ އެންމެ މުހިއްމު ކަމަކަށް ވެގެން ދިޔައީ "ޚިދުމަތުގެ ރަމްޒު" އެވޯޑް ދިނުމެވެ. އެ ރަށު ކައުންސިލުން މި ފަހަރު އެ އެވޯޑް ދީފައި ވަނީ ބ. ކަމަދޫ، ސީނާ ވިލާ އަލީ ޝަރީފު އާދަމް އަށެއެވެ. އެ ރަށުގެ ކުރިއެރުމާއި ތަރައްޤީ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލީ ޝަރީފު އާއި ގުޅުން ހުރި ޚާއްސަ ރިޕޯޓެއް އެ ހަރަކާތުގެ ތެރެއިން ވަނީ ގެނެސްދީފައެވެ. އެގޮތުން ސަރުކާރަށް 31 އަރަހަށް ވުރެ ގިނަ ދުވަހު ވަނީ ޙިދުމަތް ކުރައްވާފައެވެ.

ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކޮށް ފަތްމާލި ޕެރޭޑެއް ބޭއްވިއްޖެ

ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކޮށް ފަތްމާލި ޕެރޭޑެއް ބޭއްވިއްޖެ

މުޅި ކަމަދޫ އިން ވެސް ފެނުނީ އެއްބައިވަންތަކަމާއި އެއްބައެއްކަން ދައްކުވާދިނުމުގެ ރޫހެވެ. ކަމަދޫގެ ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށު ކަނބަލުންގެ ނެށުމުގެ ފަރި ހަރަކާތްތަކެއް ވަނީ ދައްކާލާފައެވެ. ކަމަދޫގެ ޢީދު ހަރަކާތްތަކުން ފާހަގަވި އެންމެ މުހިންމު އެއްކަމަކީ އެންމެންގެ ހިތްގައިމު ހިނިތުންވުމެވެ. އަދި ކަމަދޫގެ ރައްޔިތުންގެ ސަޤާފީ ހުނަރުވެރިކަމެވެ. ދަފި ނެގުމާއި، ބަނޑިޔާ ޖެހުން ފަދަ ޗާލު ނެށުންތައް ކަމަދޫގެ ޢީދު ހަރަކާތްތަކުން ފެނިގެން ދިޔަ އިރު، އެ ހަރަކާތްތަކުގެ އެއްވަރުކަމާއި، ފުރިހަމަ ކަމުން މި ޢީދަށް ކަމަދޫ ތައްޔާރުވެފައިވާ މިންވަރު އެނގިގެންދެއެވެ.

ކަމަދޫގެ ޢީދު ފޯރި އިތުރުކޮށްދިން އަނެއްކަމަކީ ރަށަށް އައި މެހެމާނުންނާއި މެދު ބަހައްޓާ ގާތްކަމެވެ. އެހެން ރަށްރަށެކޭ އެއްފަދައިން ކަމަދޫގަ ވެސް ޢީދުގެ ފުރަތަމަ ދުވަސް ފެށީ ޢީދު ނަމާދާއި އެކުގައެވެ. ބޮޑު ޖަމާއަތުގައި ކުރިއަށް ދިޔަ ޢީދު ނަމާދަށް ފަހު ޢީދު ސައި ވަނީ ބާއްވާފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އީދު ސައިގެ ހަރަކާތަށް ވެސް ވަރަށް ރަނގަޅު ތަރުޚީބެއް ލިބިގެން ދިޔަކަމަށެވެ. އަދި އެފަދަ ހަރަކާތެއްގެ ބޭނުމަކީ މުޖުތަމައުގައި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގާތް އެކުވެރި ގުޅުން ބަދަހިކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޢީދު ސަޔަށް ފަހު ދެން ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި ޚާއްސަ ސަޤާފީ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާދީފައެވެ. ރަށުގެ ޒުވާނުންގެ ހުނަރުވެރިކަން ފެނިގެން ދިޔަ އެ ހަރަކާތްތައް ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަމަދޫ ޢީދު އުފާ 1446 - ކަމަދޫގެ ކުޅިވަރުގެ ފޯރި، ވަރަށް ތަފާތު

ކަމަދޫ ޢީދު އުފާ 1446 - ކަމަދޫގެ ކުޅިވަރުގެ ފޯރި، ވަރަށް ތަފާތު

ކޯޑި ކެނޑުމާއި، ބޮޑުމަސް ބޭނުމާއި، ސްޓޭޖް ޝޯވ ގެ އިތުރުން، ދަފި ނެގުމާއި، މާފަތީގެ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއެކު ކަމަދޫގެ ކުދިބޮޑު ރައްޔިތުން އީދު ފާހަގަކުރަމުންދަނީ ރަށަށް އީދަށް ޒިޔާރަތްކުރި މެހެމާނުންވެސް ހައިރާން ކޮށްލާފައެވެ. އެހާވެސް އިންތިޒާމުތައް ފުރިހަމައެވެ.

އީދަކީ އުފާ ފާޅުކޮށް ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތަކަށްވާއިރު، ކަމަދޫ ފަދަ ރަށްތަކުން ގެންދަނީ އެ ނަމޫނާ ދައްކަމުންނެވެ.

ކަމަދޫއީދު ހަރަކާތްތައްސަޤާފީ ރަމްޒުއަލީ ޝަރީފު އާދަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް