Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު

ނަތަންޔާހޫ ހައްޔަރު ކުރަން އަމުރު ނެރުނު އައިސީސީގެ ހަތަރު ފަނޑިޔާރުން އެމެރިކާ އަށް އެރުން މަނާ ކޮށްފި

މި ފިޔަވަޅު ތަކާ ގުޅިގެން އައިސީސީ އިން ބުނެފައިވަނީ އެމެރިކާގެ އެ އަމަލު ކުށްވެރިކުރާ ކަމަށާއި މި ފިޔަވަޅުތައް ބަލައިނުގަނެ، އެ ކޯޓުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 6 ޖޫން 2025 | ހުކުރު 11:30
އީރާނުގެ ތެހެރާނުގައި ހުންނަ މައިދާނެއްގައި ނަތައްޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ ބަހައްޓާފައިވާ ބެނާ އެއް - 25 ނޮވެމްބަރު 2024

އީރާނުގެ ތެހެރާނުގައި ހުންނަ މައިދާނެއްގައި ނަތައްޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ ބަހައްޓާފައިވާ ބެނާ އެއް - 25 ނޮވެމްބަރު 2024

ޣައްޒާ ގައި ހަނގުރާމައިގެ ޖަރީމާ ތައް ހިންގުމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އަމުރު ނެރުމާ ގުޅިގެން އެ ކޯޓުގެ ހަތަރު ފަނޑިޔާރުންގެ މައްޗަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

މި ފިޔަވަޅު ތަކާ ގުޅިގެން އައިސީސީ އިން ބުނެފައި ވަނީ އެމެރިކާގެ އެ އަމަލު ކުށްވެރިކުރާ ކަމަށާއި އެއީ ކޯޓުގެ މިނިވަންކަން ނަގާލުމަށް ކުރެވޭ "ސާފު މަސައްކަތެއް" ކަމަށް ދެކޭ ކަމަށެވެ.

އެމެރިކާ އިން އައިސީސީ ގެ ހަތަރު އަންހެން ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

މި ފިޔަވަޅުތަކުގެ ދަށުން، އެ ހަތަރު ފަނޑިޔާރުންނަށް އެމެރިކާ އަށް ވަނުން މަނާކުރެވި، އެމެރިކާގެ ބާރުގެ ދަށުގައިވާ އެ ފަރާތްތަކުގެ މުދަލާއި މަސްލަހަތުތައް ހިފެހެއްޓޭނެއެވެ. މިފަދަ ފިޔަވަޅުތައް އާންމުކޮށް އަޅަނީ އެމެރިކާ އާ ދެކޮޅުވެރި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މައްޗަށް ކަމުގައިވާއިރު، ޝަރުޢީ އޮފިޝަލުންގެ މައްޗައް މިފަދަ ފިޔަވަޅުތައް އެޅުމުން އެތައް ފަރާތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ފިޔަވަޅުތައް ބަލައިނުގަނެ، އައިސީސީން ވަނީ އެ ކޯޓުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

"މި ފިޔަވަޅުތަކަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން 125 ޤައުމެއްގެ މެންޑޭޓުގެ ދަށުން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޝަރުޢީ މުއައްސަސާއެއްގެ މިނިވަންކަން ނަގާލުމަށް ކުރެވޭ ސާފު މަސައްކަތެކެވެ،" ހޭގުން ނެރުނު ބަޔާނެއްގައި ކޯޓުން ބުނެފައިވެއެވެ.

ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމުން، އެއީ އަދަބުން ސަލާމަތްވެވޭނެ ކަމެއް ކަމަށް ޤަބޫލުކުރާ މީހުންނަށް އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ހިތްވަރު ލިބޭ ކަމެއް ކަމުގައި ކޯޓުން ބުނެފައިވެއެވެ.

ނޮވެމްބަރު 2024 ގައި، އައިސީސީން ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހައްޔަރު އަމުރު ނެރެފައިވަނީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ގުޅިގެން އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކުގެ ދަޢުވާ ކުރުމަށެވެ.

މި އަމުރުގެ ދަށުން، އައިސީސީ އުފެއްދުމަށް ރޯމް ޤާނޫނުގައި ސޮއިކޮށްފައިވާ 125 ޤައުމުން އެ ދެ މީހުން ހައްޔަރުކޮށް ހޭގުގައި ހުންނަ ކޯޓަށް ޙަވާލުކުރަން ޖެހެއެވެ.

އެމެރިކާ އާއި އިސްރާއީލަކީ އައިސީސީ ގައި ބައިވެރިވާ ދެ ގައުމެއް ނޫނެވެ.

އައިސީސީ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޖަރީމާތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރުދުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޯޓެވެ.

ބެންޖަމިން ނަތަންޔާހޫއައިސީސީޣައްޒާއިޒްރޭލްފަލަސްތީނުއެމެރިކާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު