Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އެހީ ހިފައިގެންދާ ގްރޭޓަރ ތުމްބަރގް އާއި އެކްޓިވިސްޓުން ހިމެނޭ ބޯޓަށް ހުރަސް އަޅާނެ ކަމަށް އިސްރާއީލުން ބުނެފި

އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން އިންތިޒާމު ކޮށްގެން ކުރާ މި ދަތުރު ގައި ބޯޓު، އިޓަލީގެ ދެކުނުގައިވާ ސިސިލީގެ ބަނދަރެއް ކަމަށްވާ ކެޓާނިއާ އިން އާދީއްތަ ދުވަހު ފުރީ ޣައްޒާގެ މައްޗަށް އިސްރާއީލުން އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމުގެ މިޝަނެއްގައެވެ.

ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 16:12
ޑްރޯން އިން ނަގާފައިވާ މި މަންޒަރުން ފެންނަނީ އިންޓަނޭޝަނަލް އެންޖީއޯ ފްރީޑަމް ފްލޮޓިލާ ކޯލިޝަން އިން އިންތިޒާމު ކޮށްގެން ޣައްޒާއަށް އެހީ ހިފައިގެން ދަތުރު ކުރާ ބޯޓު މެޑްލީން، އިޓަލީގެ ކެޓަނިއާގެ އައްސޭރިފަށުގައި އޮއްވައެވެ، ޖޫން 1، 2025

ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދަތުރު ކުރާ ބޯޓަށް ހުރަސް އަޅާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ސިފައިން "މެޑްލީން" ނަމަކަށް ކިޔާ މި ބޯޓަށް "ސީދާ މެސެޖެއް" ފޮނުވާނެ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށް ވާ ޖެރޫސަލަމް ޕޯސްޓުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ދޭ މެސެޖަކީ ޣައްޒާ އަށް ބޯޓު ނުވަނުން ކަމަށް ވެސް އިސްރާއީލުގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ މި ޚަބަރުގައި ބުނެފައިވެއެވެ.

އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން އިންތިޒާމު ކޮށްގެން ކުރާ މި ދަތުރު ގައި ބޯޓު، އިޓަލީގެ ދެކުނުގައިވާ ސިސިލީގެ ބަނދަރެއް ކަމަށްވާ ކެޓާނިއާ އިން އާދީއްތަ ދުވަހު ފުރީ ޣައްޒާގެ މައްޗަށް އިސްރާއީލުން އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމުގެ މިޝަނެއްގައެވެ.

އިސްރާއީލުގެ ސިފައިން މި ބޯޓަށް ކުރިމަތި ލުމަށް ތައްޔާރުވަމުން ދާކަމަށާއި، ބޯޓު އަންނަ ސަރަޙައްދަށް ސިފައިން ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ބޯޓުގައި ތިބި މީހުން "އަމުރުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ ގަދަ ދައްކައިފި ނަމަ" އެމީހުން ހައްޔަރުކޮށް، ޑިޕޯޓް ކުރުމަށްޓަކައި އަޝްދޯދް ބަނދަރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ސިނާރިއޯ އަށް އިސްރާއީލުގެ އެލީޓް ކޮމާންޑޯ ޔުނިޓް އާއި މިސައިލް ބޯޓު ފްލީޓެއް ތައްޔާރު ވަމުންދާ ކަމަށް ޖެރޫސަލަމް ޕޯސްޓުން ސިފައިންގެ މަސްދަރުތަކަކަށް ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

މި އުޅަނދު ޣައްޒާ އަށް ފޯރާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައެވެ. މި ބޯޓުގައި އިންސާނީ އެހީގެ ގޮތުގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ތަކެތި ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކެމްޕޭން ކުރާ ގްރެޓާ ތުންބަރގް އަދި އިތުރު 11 އެކްޓިވިސްޓުން އުޅަނދުގައި އަންނަނީ ދަތުރު ކުރަމުންނެވެ.

ބޯޓުގައި ތިބި އެހެން އެކްޓިވިސްޓުންގެ ތެރޭގައި "ގޭމް އޮފް ތްރޯންސް" ސީރީޒް ގައި ތަމްސީލުކުރި ލިއަމް ކަނިންގްހަމް އަދި ފަލަސްތީނު އަސްލަކުން އައިސްފައިވާ ފަރަންސޭސި ޔޫރަޕިއަން ޕާލިމަންޓުގެ މެންބަރު ރީމާ ހަސަން ހިމެނެއެވެ.

މެއި މަހުގެ މެދުތެރޭގައި، އިސްރާއީލުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށްފަހު ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑް އަށް ކުޑަކޮށް ލުއިކޮށްދީފައިވެއެވެ. މިގޮތުން، ވަރަށް މަދު މިންވަރެއްގެ އިންސާނީ އެހީ އެ ސަރަޙައްދަށް ވެއްދުމުގެ ހުއްދަ ދީފައިވެއެވެ.

އިތުރު އެހީ ނުގެނެވިއްޖެ ނަމަ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދީފައިވެއެވެ.

އދ. ގެ އޭޖެންސީތަކާއި އެހީދޭ ޖަމާޢަތްތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ފިއްތުންތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް 2 މިލިއަން ފަލަސްޠީނު ރައްޔިތުންނަށް އެހީ ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑަށް ދަތިވެފައިވާ ކަމެކެވެ.

ޣައްޒާއިޒްރޭލްފްރީޑަމް ފްލޮޓިލާ ކޯލިޝަންގްރެޓާ ތުންބަރގްލިއަމް ކަނިންގްހަމްރީމާ ހަސަންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު