Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ކީރިތި ޤުރްއާން

ކީރިތި ޤުރްއާންވަނީ ޓެކްނޮލެޖީ އަށްވުރެ މާކުރީގައެވެ.

މި އުއްމަތުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރުއާނަކީ ޞައްޙަ މުޢުޖިޒާތެއްކަން ދަލީލު ކުރެރެއެވެ.

ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 12:40
ކީރިތި ޤުރްއާން

ކީރިތި ޤުރްއާން

ފަހުގެ ހޯދުންތަކުން، الله سبحانه وتعالى ވޮޑިގެންވާ ކަމުގެ ސާބިތު ދަލީލިތަކާއި، ހެކިތައް ދަނީ ހާމަވަމުންނެވެ. الله سبحانه وتعالى އަށް އީމާންވުމަށް އިންސާނުންނަށް މަޖްބޫރުވާ ފަދަ ހެކިތަކާއި، ދަލީލުތައް ދަނީ ފެނި ސާބިތުވަމުންނެވެ. الله سبحانه وتعالى ގެ މަޚްލޫޤާތްތަކާއި މެދު ވިސްނައި، އެ މަޚްލޫޤާތްތަކުގައި އެކުލެވިފައިވާ ސިއްރު ހޯދުމަށް މަސައްކަތް ކުރާ ޢިލްމުވެރިން ނުވަތަ ސައިންސުވެރިން ޤަބޫލުކުރާ ގޮތުގައި މި ކާއިނާތުގައި، الله سبحانه وتعالى ލައްވާފައިވާ މަޚްލޫޤާތްތައް ވަނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ މަތިން، ރޭވިފައިވާ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުގައެވެ. އެއްވެސް ތަޢައްޞުބެއް ނެތި ޢަދުލު އިންޞާފަށް ލޯބިކުރާ ކޮންމެ ޢިލްމުވެރިއަކު ވެސް މިގޮތް ޤަބޫލު ކުރަން ޖެހޭނެ ކަމުގައި ޢިލްމު ވެރިން ވިދާޅުވެފައިވެއެވެ. ސޫރަތުލް އަމްބިޔާގެ 16 ވަނަ އާޔަތުން 18 ވަނަ އާޔަތުގެ މާނާގައި ވަނީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ . ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ. އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ."

ފަހުގެ ހޯދުންތައް އިތުރުވެ އެ ހޯދުންތައް ތަރައްޤީ ވަމުން އަންނަ މިންވަރުން، މި ކާއިނާތުގައިވާ އެއްމެހައި މަޚްލޫޤާތްތައް ހައްދަވާފައި ވަނީ ވަރަށް ބޮޑު ޙިކުމަތެއް، އޭގައި އެކުލެވިގެން ކަމާއި ވަރަށް ރަނގަޅަށް ރޭވިގެންކަން ދަނީ ހާމަވަމުންނެވެ. އަދި އެއީ އިންސާނުން ފަދަ އެހެން ފަރާތެއްގެ ނުވަތަ ބައެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކުން އެކުލަވާ ލައިފައިވާ ނިޒާމެއް ނޫންކަން ސާބިތުވެގެން ދެއެވެ. އެއީ ހަމަކަށަވަރުން އިންސާނުން ފަދަ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމާއި، ތަންތަން އެގޮތްގޮތަށް ކުރެވޭނެ ފަރާތަކީ އެހުރިހައި ކަމެއްގެ ޢިލްމު އެންމެ މޮޅަށް ލިބިފައިވާ ފަރާތެއް ކަމަށް އެ ޢިލްމުވެރިން ޤަބޫލުކުރެއެވެ.

އެކިއެކި ޢިލްމުތައް ހޯދަމުގައި ޢިލްމުވެރިން ނުވަތަ ސައިންސްވެރިން އެތައްސަތޭކަ ޤަރުނެއް ހޭދަ ކޮށްފައިވާ އިރު އެމީހުންނަށް ވަނީ މީގެ ސާދަސަތޭކަ އަހަރުގެ ކުރިން، الله سبحانه وتعالى ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ޢިލްމުތަކުގެ ތެރެއިން ބައެއް ޢިލްމުތައް އެއީ ޙަޤީޤީ ކަންތައްތަކެއް ކަން ހޯދިފައެވެ. އެކަންތައްތަކަށް ކޮންމެ ވެސް ވަރެއްގެ ޢަމަލީ ސިފައެއް ގެނެވިފައެވެ. މިހޯދުންތަކުގެ އަލީގައި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ކަންތައްތަކަކީ ޚުރާފާތާއި ވަހުމް ތަކެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބަ އެކަންތަކުން ހުރި ކަންތައްތަކެއް ކަން އެ ހޯދުންތައް ހޯދުމަށް މަސައްކަތްކުރާ ޢިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިފަދަ ހޯދުންތައް އެމީހުންނަށް ހޯދޭނެ ކަމަށާއި الله سبحانه وتعالى އެމީހުންނަށް އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ކޮންމެ ދުވަހަކު ވެސް ދައްކަވާނެ ކަމަށް الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ ވަޙީ ބަސްފުޅު މިހާރު ވަނީ އިންކާރު ކުރާ މީހުންނަށް ވެސް އެއީ ތެދު ޙަޤީގަތެއްކަން އެނގި ފާޅުވެފައެވެ. އަދި އެކަމަކީ ޙައްޤަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ޝައްކެއްނެތެވެ! އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ އެނގެމުންނެވެ. އިންސާނުން މި ކާއިނާތުގެ ސިއްރު ހޯދުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް އެމީހުނަށް އެތަކެއް ދަރުސްތަކަކާއި ޢިބްރަތްތަކެއް ލިބިގެންދެއެވެ. ފުއްޞިލަތު ސޫރަތުގެ 53 ވަނަ އާޔަތުގައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ: "އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟"

މިހެންކަމުން މީގެ 1400 އަހަރުގެ ކުރިން ކީރިތި ރަސޫލާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރްއާނަކީ އިންސާނަކު ތައްޔާރު ކުރި ނުވަތަ ބަޔަކު މީހުން ގެނައި އެއްޗެއް ނޫންކަމުގެ ދަލީލު މި ދަނީ ފެންނަމުންނެވެ. އަދި މިހާރުގެ ސައިންސުން ހޯދާ ހޯދުންތައް ޤުރްއާނުން ސާބިތު ވާން އެބަ ހުއްޓެވެ. ނުވަތަ ސާބިތުވެއެވެ. އަދި މިހެން ވުމުން މިއީ އެ ޤުރްއާނަކީ ސައިންސުގެ ޓެކްނލޮޖީ އަށްވުރެ މާ ކުރީގައި ވާ ފޮތެއްކަން ސާބިތުވެއެވެ. އަދި މިކަމުން މި އުއްމަތުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރުއާނަކީ ޞައްޙަ މުޢުޖިޒާތެއްކަން ދަލީލު ކުރެރެއެވެ.

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

24 އެޕްރީލު 2022
ކީރިތި ޤުރުއާން އަލްބާޒީ ސްޓައިލަށް ޗާޕުކުރުން

ކީރިތި ޤުރުއާން އަލްބާޒީ ސްޓައިލަށް ޗާޕުކުރުން

23 އެޕްރީލު 2022
ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

18 އެޕްރީލު 2022
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

29 ޖުލައި 2020

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު