Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ސީޕީގެ މަޤާމަށް ކުރިމަތިލި މީހުންގެ ތެރޭގައި އެކްޓިން ސީޕީ ނަވީން

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލީ ނަވީންގެ އިތުރުން ފަރުޙާދު އަދި ޝަމީމް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2025 | ހޯމަ 11:34
ހޯމް މިނިސްޓަރު އަލީ އިޙުސާންގެ އަރިހުގައި އެކްޓިންގ ސީޕީ ނަވީން އަދި ޑީސީޕީ ފަރުޙާދު

ހޯމް މިނިސްޓަރު އަލީ އިޙުސާންގެ އަރިހުގައި އެކްޓިންގ ސީޕީ ނަވީން އަދި ޑީސީޕީ ފަރުޙާދު

ހުސްވެފައިވާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ތިން ފަރާތަކުން ކުރިމަތިލައިފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވީ އެންމެ ފަހުން އެ މަޤާމުގައި ހުރި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޮމިޝަނަރުގެ މަޤާމުން ޝުޖާއު އިސްތިއުފާ ދެއްވާފައި ވަނީ މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހު އެވެ. އެ އިއުލާންގެ މުއްދަތު ހަމަވާނީ ހޯމަ ދުވަހުގެ މެންދުރު 12:00 އަށެވެ.

އެ މުއްދަތު ހަމަވެފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލީ ތިން ފަރާތުގެ ތެރެއިން އެއް ފަރާތަަކީ މިހާރުގެ އެކްޓިނގ ކޮމިޝަނަރ އޮފްް ޕޮލިސް އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ދެން ކުރިމަތިލީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮޮލިސް ފަރުޙާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރ އަޙުމަދު ޝަމީމް އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރާނީ ހޯމް މިނިސްޓަރުގެ ލަފަޔާ އެކު، ރައީސުލްޖުމްހޫރިއްޔާ އެވެ. އޭގެ ކުރިން ޕޮލިސް ބޯޑުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރާނެ އެވެ.

މިވަގުތު ނަވީންގެ ބެއްލެވުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގަމުން އައި ނަމަވެސް، ކުރީގެ ކޮމިޝަނަރ ޝުޖާއު އިސްތިއުފާ ދެއްވުމާ އެކު، އެންމެ ފުރަތަަމަ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސީ ފަރުޙާދު އެވެ. އެކަން އިއުލާން ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިޙުސާން އެވެ.

އެ ނިންމުން އިއުލާން ކުރިތާ ގިނައިރު ތަކެއް ނުވަނީސް، ހޯމް މިނިސްޓަރު އިޙުސާން ކުރެއްވި އެެހެން ޓުވީޓެއްގައި ވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ނަވީން ހަމަޖައްސަވާ ފައިވާކަން އިއުލާން ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު