Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދެ ވަނަ ދައުރު ހޯމަ ދުވަހު ފަށަނީ، ސުޕްރީމް ކޯޓު ފަނޑިޔާރުން އައްޔަން ކުރުން އެޖެންޑާގައި

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަނީ، އެންމެ ފަހުން އެ ކޯޓުގެ ދެ ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރެއްވި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރުގެ ބަދަލުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 13:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބާއްވަން އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގައި ވަނީ ޖުމުލަ 32 ޖަލްސާ ބާއްވައިފަ އެވެ. އަދި އެ ދައުރުގައި ވަނީ ނުވަ ބިލެއް ވެސް މަޖިލީހުން ފާސްކޮށްފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އޮންނަ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާ މިހާރު ވަނީ މެމްބަރުންނަށް ވެސް ފޮނުވައިފަ އެވެ.

އެ ޖަލްސާގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަަމަކަށް އޮތީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފޮނުއްވާ ނަންތައް ދިރާސާކޮސް ގޮތެއް ނިންމުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަނީ، އެންމެ ފަހުން އެ ކޯޓުގެ ދެ ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރެއްވި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރުގެ ބަދަލުގަ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔުމުގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒް ވަކި ކުރުމަށް ނިންމައިފަ އެވެ. މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކި ކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ވެސް ފާޅު ކޮށްފަ އެވެ.

ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކި ކުރުމަށް 68 މެމްބަރަކު ވޯޓު ދިންއިރު، އެކަމާ ދެކޮޅަށް ވޯޓު ދިނީ 11 މެމްބަރުންނެވެ. އަދި މަޖިލީހުން އެ ދެ ބޭފުޅުން ވަކި ކޮށްފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައި ވަނިކޮށެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގެ އިތުރުން، ހޯމަ ދުވަހުގެ ޖަލްސާ އަށް ދެން އެެޖެންޑާ ކޮށްފައި ވަނީ ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ އެވެ. އެގޮތުން ނޭޕާލް، އަޔަލެންޑް އަދި ޔުކްރެއިން އަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަަ ވަނީ އެޖެންޑާ ކޮށްފަ އވެެ.

މީގެ އިތުރުން، ސަރުކާރުގެ ފަރާޓުން ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޟީލް ހުށަހަަޅުއްވާފައިވާ، ޤާނޫނަށް އިސްލާޙު ގެނައުން ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެއީ ޤާނޫނު ނަންބަރު 2012/2 (މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު