Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

އޭޝިއަން ކަޕް ކޮލިިފިކޭޝަންގައި ރާއްޖެ އިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2025 | ހޮނިހިރު 05:24
ޤައުމީ ޓީމުގެ ފަރިތަކުރުމުގައި ކުޅުންތެރިޔަކު ބައިވެރި ވަނީ

ޤައުމީ ޓީމުގެ ފަރިތަކުރުމުގައި ކުޅުންތެރިޔަކު ބައިވެރި ވަނީ

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ، ޤައުމީ ޓީމުން ކުރިއަށް ކުޅެން އޮތް ދެ މެޗަށެވެ.

ޤައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަަށެވެ. އޭގެ ކުރިން، އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗެއް ވެސް ކުޅޭނެ އެވެ.

ޤައުމީ ޓީމުގެ އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗާއި، އޭގެ ކުރިން ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޓީމަށް އިރުޝާދު ދިނީ ސުޒޭން އެވެ.

އެފްއޭއެމް އިން ވަނީ ޤައުމީ ޓީމަށް ކޯޗަކު ހޯދުމަށް މި ފަހުން އިއުލާން ވެސް ކޮށްފަ އެވެ. ނަމަވެސް، ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ސާފް ޗެމްޕިއަންޝިޕް ފަސް ކުރުމުން، އެފްއޭއެމް އިން ވަނީ ޤައުމީ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް މަޑު ޖައްސާލައިފަ އެވެ. އަދި މިވަގުތު ސުޒޭންއާ ޓީމު ހަވާލު ކޮށްގެން ކުރިއަށް ދާން ވަނީ ނިންމައިފަ އެވެ.

ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ކުރިއަށް އޮތް ދެ މެޗަށް އެކުލަވާލި ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 13 ކުޅުންތެރިން ހިމެނޭއިރު، އޮޑި ސްޕޯޓްސް ކުލަބުގެ ފަސް ކުޅުންތެރިން ހިމެނެ އެވެ.

މީގެ އިތުރުން ބުރު ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިންނާއި، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އެއް ކުޅުންތެރިޔަކު، ކުލަބު އީގަލްސްގެ އެއް ކުޅުންތެރިޔަކު އަދި ޓީސީ ސްޕޯޓްސް ކުލަބުގެ އެއް ކުޅުންތެރިޔަކު ހިމެނެ އެވެ.

އޭޝިއަން ކަޕް ކޮލިިފިކޭޝަންގައި ރާއްޖެ އިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ކުރިން ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖެ އިން ކުޅޭނީ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު