Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ޤާނޫނު

ކުޅިވަރު ފަންޑާ އެކު އެތުލީޓުންނަށް އިތުރު ތަމްރީނުތައް ލިބިގެން ދާނެ: ވަޒީރު ރާފިޢު

25 މެއި 2025 | އާދީއްތަ 04:24

އެގޮތުން އެލީޓު އެތުލީޓުން ބިނާކޮށްގެން، އެ ކުދިންނަށް އިންވެސްޓު ކުރާނެ ގޮތެއް ހޯދައި ދިނުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ވަޒީރު ވިދާޅުވެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2025 | އާދީއްތަ 04:24
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އެއް ވަނަ އިސްލާހުގެ ދަށުން ވުޖޫދުވެގެން އަންނަ ކުޅިވަރު ފަންޑާ އެކު، ދިވެހި އެތުލީޓުންނަށް އިތުރު ތަމްރީނުތައް ލިބިގެން ދާނެ ކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ ލާމަރުކަޒީކޮށް ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާއިރު، ރަށް ރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، އެ ކުދިންނަށް އިންވެސްޓު ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

އެގޮތުން އެލީޓު އެތުލީޓުން ބިނާކޮށްގެން، އެ ކުދިންނަށް އިންވެސްޓު ކުރާނެ ގޮތެއް ހޯދައި ދިނުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ވަޒީރު ވިދާޅުވެފައިވެ އެވެ.

މި ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓުން ކުޅިވަރު ވުޒާރާ އަށް ހަމަޖައްސާފައި އޮންނަ ބަޖެޓުން އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ކުޅިވަރު ފަންޑެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، އެ ފައިނޭންސް ފޯކަސް ގޮތެއްގައި ޚަރަދު ކުރުން ކަމަށެވެ.

އޭގެ ތެރޭގައި މޮޅެތި ކޯޗުން ތަމްރީނު ކުރުމާއި، އަދި ބޭރުން ކޯޗުން ގެނައުން ވެސް ހިމެނެ އެވެ. އަދި މޮޅެތި އެތުލީޓުންނަށް އިންވެސްޓުކޮށް، އެ ކުދިން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ތަމްރީނު ދިނުމާއި، މޮޅެތި ކޯޗުން ގެނެެސްގެން ރާއްޖޭގައި ތަމްރީނުތައް ދިނުން ވެސް ހިމެނެ އެވެ.

ހަމަ އެހެންމެ، އެ އެތުލީޓުންގެ ތަމްރީނުތަކަށް ބޭނުންވާ ޚާއްސަ ވަސީލަތްތައް ޤާއިމު ކުރުން ވެސް ހިމެނޭނެ އެވެ. އެހެންކަމުން ކުޅިވަރު ފަންޑުގެ ތެރެއިން ކުރެވޭ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި މި ކަންކަން ހިމެނިގެން ދާނެ ކަމުގައި ވަޒީރު ރާފިޢު ވަނީ ވިދާޅުވެފަ އެވެ.

ސްޕޯޓްސް ފަންޑެއްް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، މި ފައިނޭންސް ފޯކަސް ގޮތެއްގައި ޚަރަދު ކުރުން. އޭގެ ތެރޭގައި ކޯޗުން، މޮޅެތި ކޯޗުން އަދި ކޯޗުން ތަމްރީނު ކުރުމާއި، އަދި ބޭރުން ކޯޗުން ގެންނަން ވެސް ގެނައުން. އަދި ހަމައެއާއެކު މި ދެންނެވިހެން މޮޅެތި ކުޅުންތެރިންނަށް އިންވެސްޓުކޮށް އެ ކުދިން، އަދި އެއީ ރާއްޖެ އިން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރި ކަމުގައި ވިޔަސް، އަދި ރާއްޖޭގައި ކޯޗުން ގެނެސްގެން، މޮޅެތި ކޯޗުން ގެނެސްގެން ތަމްރީނު ކުރުން ކަމުގައި ވިޔަސް، އަދި ޓްރެއިނިން އަށް ބޭނުންވާ ޚާއްސަ ވަސީލަތެއް ޤާއިމު ކުރަން ޖެހުން ކަމަށް ވިޔަސް، އެކަން މި ފަންޑުގެ ތެރެއިން ކުރުން. އެއީ އެންމެ މުހިންމު އެއް ކަމަކީ.
ޢަބްދުﷲ ރާފިޢު / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މީގެ އިތުރުން ވަޒީރު ވިދާޅުވީ އެކަހަލަ ފަންޑެއް ހޯދުމަކީ އޭގެ ފައިދާ ވަރަށް ފުޅާ ދާއިރާއެއްގައި ކުރާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް ދިވެހި އެތުލީޓުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ދީ، އެތުލީޓުން ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވަޒީރު ޤަބޫލު ކުރައްވަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް