Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ހަރުގެ ޖަލްސާ

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި ދުވަހު އަދުލަށް ވޯޓު ދެއްވި ފަނޑިޔާރު ނިޔާޒް އާއި ގާޒީ ފަރުހާދުގެ ދިފާއުގައި އެމްޑީޕީން ތެދުވަން ޖެހޭ: ޝަމްހީދު

23 މެއި 2025 | ހުކުރު 13:12

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި ދުވަހު އެ ދެ ފަނޑިޔާރުންގެ ދިފާއުގައި އަދުލު އިންސާފަށް ވޯޓު ދެއްވި ދެ ބޭފުޅުން، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދުގެ ހައްޤުގައި އެމްޑީޕީން ތެދުވަން ޖެހޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 މެއި 2025 | ހުކުރު 13:12
އެމްޑީޕީ ހަރުގެ ޖަލްސާގައި ޝަމްހީދު ވާހަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ޝަމްހީދު ވާހަދައްކަވަނީ

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރި ދުވަހު އެ ދެ ފަނޑިޔާރުންގެ ދިފާއުގައި އަދުލު އިންސާފަށް ވޯޓު ދެއްވި ދެ ބޭފުޅުންކަމުގައިވާ ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދުގެ ހައްޤުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތެދުވަން ޖެހޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައިވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ އެމްޑީޕީ އުފެދުމުގެ އަސްލަކީވެސް ރާއްޖޭގައި އަދުލުއިންސާފު ޤާއިމް ކުރުން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު މަޖިލީހުގައި ދެ ވޯޓެއް ނެގިގެން ދިއަ ކަމަށާއި އެ ދެ ވޯޓާއިވެސް ގުޅިފައިވަނީ ފޯންކޯލަކާއި ކަމަށެވެ.

14 ވަނަ ދުވަހު ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން، މަޖިލީހުގެ ކޮމިޓީން ފާސްވެގެން އައީވެސް ހަމަ ފޯނު ކޯލެއްގެ މައްސަލާގައި ކަމަށާއި އެ ފޯން ކޯލުގެ މައްސަލާގައި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އަދި ޖެހިގެން އައި 15 ވަނަ ދުވަހު މަޖިލީހުގައި ވަޒީރަކު ކޮމިޝަނަރ އޮފް ޕޮލިސްއަށް ގުޅުއްވި ކަމަށް އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެއީ ނުފޫޒަކަށް ނުވި ކަމަށެވެ. ނަމަވެސް ފަނޑިޔާރަކު ކަމާއި ނުބެހޭ އެހެން މީހަކަށް ގުޅި ކޯލް އެއީ ނުފޫޒުފޯރުވިކަމަށް ބަލައި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުގެ ޕްރޮސެއްގެ ތެރޭގައި ޖޭއެސްސީގައި ބައިވެރިވި އެކަމާއި ދެކޮޅުހެދި ތިބީ ދެ ފަނޑިޔާރުން ކަމަށާއި އެއީ މުހައްމަދު ނިޔާޒާއި، ފަރުހާދު ރަޝީދުކަމަށެވެ. އަދި އެއީ އެ ދެ ބޭފުޅުން ވެލެއްވި ވަރުގަދަ ޖިހާދެއް ކަމަށާއި އެކަން ފާހަގަކޮށް، އެ ދެ ބޭފުޅުންގެ ދިފާއުގައި އެމްޑީޕީން ތެދުވަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ޚަބަރުގަ އޮއްވާ މި ފެނުނީ ދެ ފަނޑިޔާރުން (އަޒްމިރާލްދާ އަދި މަހާޒް) ވަކިކުރުމުގެ ތެރޭގައި ޖޭއެސްސީގައި ނެގުނު ވޯޓުގައި ބައިވެރިވި ދެ ފަނޑިޔާރުން، އެކަމާ ދެކޮޅުހެދި ދެ ފަނޑިޔާރުން ތިބީ، އަޅުގަނޑުމެން ބަލައިގަންނަ އެބަޖެހޭ އެ ދެ ފަނޑިޔާރުން، އަޅުގަނޑު ހަނދާން ވަނީ ނިޔާޒު އާއި ފަރުހާދު ކިޔާ ދެބޭފުޅުން. މި ދެ ފަނޑިޔާރުން އެދުވަހު އަދުލަށް ވޯޓުދިނީ. 14 ވަނަ ދުވަހު ދެ ފަނޑިޔާރުން ވަކިކުރުމަށް ފަހު 19 ވަނަ ދުވަހު ފަށައިފި މި ދެ ފަނޑިޔާރުން ވަކިކުރުމުގެ ޕްރޮސެސް.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

ހައިކޯޓު ފަނޑިޔާރު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދުގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރިއިރު އެކޮމެޓީގައި، މިމައްސަލައާ ދެކޮޅަށް ދެބޭފުޅުން ވާހަކަދައްކަވައި، ވަކި ކުރެއްވުމާ ދެކޮޅަށް ވޯޓު ދެއްވުމާ ގުޅިގެން ކަމަށް މައުލޫމާތު ދީފައިވެއެވެ.

ޖޭއެސްސީގެ ޕޮލިސީ އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމައެއް ނުކުރެއެވެ. އަދި ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެކަން ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވާފައިވަނީ 11 މެއި 2022 ގައެވެ. އަދި ސިވިލް ކޯޓު ގާޒީ ފަރުހާދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2024 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް