Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލ

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައްޔިތުންނަށް "ދޯކާ" ދިނުން - ނާޒިލް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންގެ ކައިރީގައި ދޮގު ހަދާ ރައްޔިތުންނަށް ދޯކާ ދީގެން ކަންކަން ކުރުން ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 މެއި 2025 | ހުކުރު 08:25
މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުން ނުކުމެ، ރައްޔިތުންގެ ބާރު ބޭނުންކުރަން ޖެހޭ: މެންބަރު ނާޒިލް

މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުން ނުކުމެ، ރައްޔިތުންގެ ބާރު ބޭނުންކުރަން ޖެހޭ: މެންބަރު ނާޒިލް

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައްޔިތުންނަށް "ދޯކާ" ދީ އޮޅުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކައުންސިލްތަކުގެ ބާރު މާލޭގެ އިދާރާ އަކަށް ބަދަލުވަމުންދާ މަންޒަރު ވަރަށް ސާފުކޮށް ފެނިގެންދާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގެ ކުރިން އިތުރު ބައި-އިލެކްޝަނެއް ދެން މިއޮތް މުއްދަތުގައި ނުބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކުރީ ދަންވަރު ކޮމިޓީ ބާއްވައިގެންކަން ފާހަގަކުރައްވާ ނާޒިލް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ބިލު މަޖިލީހުން ފާސްކުރީ ގޮނޑި ހުސްވާއިރު ދޮޅު އަހަރު އޮތް ނަމަ ބައި އިލެކްޝަން ނުބާއްވާ ގޮތަށް ހަމަޖެއްސުމަށް ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

ރައްޔިތުންގެ ބަހެއް ނާހާ. އެންމެ ބޮޑަށް ރައްޔިތުންގެ ރިޕްރެޒެންޓޭޝަން ކަނޑުވާލާ ގޮތަށް މި އަމަލުކުރަނީ. ރައްޔިތުންގެ ބަހެއް ނާހާ. އުޅުއްވަނީ އޮޅުވާލައިގެން ކަންކަން ކުރަން. ރައްޔިތުންނަށް މިކަން ސާފުވާން ޖެހޭ.
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންގެ ކައިރީގައި ދޮގު ހަދާ ރައްޔިތުންނަށް ދޯކާ ދީގެން ކަންކަން ކުރުން ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން އޮޅުވާލުމެއްގެ ތެރޭގައި ބޭއްވުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ ކައުންސިލްތަކުގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ބަދަލު ގެނައީ ކައުންސިލްތަކުގެ ބަހެއް ހޯދުމަކާއި ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ އެވެ. އެ ޤާނޫނު ފާސްކުރީ މެމްބަރުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު