Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް 90 އެހީގެ ޓްރަކް ފޮނުވައިފި

އދ ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވިދާޅުވެފައިވާ ގޮތުގައި ކެރަމް ޝަލޯމް ކްރޮސިން މެދުވެރިކޮށް، ޣައްޒާ އަށް ވަނީ އިންސާނީ އެހީގެ 90 ޓްރަކް ފޮނުވާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މެއި 2025 | ބުރާސްފަތި 04:11
ޣައްޒާ އަށް ފޯރުކޮށްދެވުނު އެހީގެ ސާމާނުތައް ބޭލުމުގައި މީހުން ޙަރަކާތްތެރި ވަނީ

ޣައްޒާ އަށް ފޯރުކޮށްދެވުނު އެހީގެ ސާމާނުތައް ބޭލުމުގައި މީހުން ޙަރަކާތްތެރި ވަނީ

އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާ އަށް އިންސާނީ އެހީތެރިކަން އިންތިހާ އަށް ބޭނުންވެފައިވާއިރު، ބުދަ ދުވަހު ޣައްޒާ އަށް 90 އެހީގެ ޓްރަކް ފޮނުވާފައިވާ ކަމަށް އދ އިން ބުނެފި އެވެ.

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ވެއްދުމަށް އިސްރާއީލް އިން ދަތި ކޮށްފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުގެ ޕްރެޝަރު އެ ޤައުމަށް ވަނީ ބޮޑުވެފަ އެވެ. 

މާޗު މަހުން ފެށިގެން އިންސާނީ އެހީ ވެއްދުމަށް އިސްރާއީލް އިން ހުރަސް އަޅަމުން އަންނައިރު، މިފަހަރުގެ އެހީތައް އެތެރެ ކޮށްފައި މި ވަނީ، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ތައްޔާރަށް ހުންނެވި ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ. އެހެން ނަމަވެސް، މުޅި ސަރަހައްދު އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އދ ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވިދާޅުވެފައިވާ ގޮތުގައި ކެރަމް ޝަލޯމް ކްރޮސިން މެދުވެރިކޮށް، ޣައްޒާ އަށް ވަނީ އިންސާނީ އެހީގެ 90 ޓްރަކް ފޮނުވައިފަ އެވެ. އެކަމާ ގުޅިގެން ހަމާސްގެ މީޑިއާ އޮފީހުން ބުނެފައި ވަނީ އިންސާނީ އެހީގެ 87 ޓްރަކް ލިބިފައިވާ ކަމަަށެވެ. އޭގެ ތެރޭގައި ކޮންމެހެން ވެސް ބޭނުންވާ އެހީގެ ސާމާނު ހިމެނޭ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެހީ ލިބުން ހުއްޓިފައި އޮތްއިރު، މި ފާއިތުވި ދުވަސް ތަކުގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި، ސާފު ބޯފެން އަދި ބޭސް ފަރުވާ އަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އެހީގެ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. 

ޣައްޒާ އަށް އެހީ ވައްދަމުން އަންނައިރު، އެކަމާ ގުޅިގެން އިންސާނީ އެހީގެ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި މިހާރު ޣައްޒާ އަށް އެތެރެ ވަމުން ދަނީ، އެ ސަރަހައްދުގެ ކުއްލި ޙާލަތަށް އެކަށީގެންވާ މިންވަރަށް ވުރެ މާ ކުޑަ އަދަދެއްގެ އެހީ ކަމަށެވެ. އަދި ވެސް ޣައްޒާ އަށް އިންސާނީ އެހީ އިންތިހާ އަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. 

ޣައްޒާ އަށް ބޭނުންވާ އެހީގެ ސާމާނު ވައްދަމުން ދިޔަ ނަމަވެސް، އިސްރާއީލް އިން ދަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެގޮތުން ބުދަ ދުވަހު ވެސް 82 މީހެއްގެ ހަށި ގަނޑު ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށް، ޞިއްޙީ ވުޒާރާއާ ހަވާލާދީ ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 53،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގަައި ކުށެއް ނެތް، އާންމު ގިނަ ރައްޔިތުން ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ވެސް އަންނަނީ ޝަހީދު ވަމުންނެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި

01 ނޮވެމްބަރު 2017
ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި
01 ނޮވެމްބަރު 2017

ނިއުޔޯކް ޓްރަކް ހަމަލާ: އަށް މީހަކު މަރާލައި 11 މީހުން ޒަޚަމް ކޮށްލައިފި

01 ނޮވެމްބަރު 2017
ނިއުޔޯކް ޓްރަކް ހަމަލާ: އަށް މީހަކު މަރާލައި 11 މީހުން ޒަޚަމް ކޮށްލައިފި
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު