Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ރަފީނިއާގެ އެއްބަސްވުން އައު ކުރަނީ

އޭނާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، 2028 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އައު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2025 | ބުދަ 04:48
ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާގެ އެއްބަަސްވުން އައު ކުރުމުގައި، އެ ކުލަބުން ރަފީނިއާ އާއެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2027 ވަނަ އަހަރު އެވެ.

ނަމަވެސް، ބާސެލޯނާ އިން ބޭނުން ވަނީ ރަފީނިއާގެ އެއްބަސްވުން އައު ކުރުމަށެވެ. އެހެންކަމުން އޭނާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، 2028 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އައު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ރަފީނިއާގެ އެއްބަސްވުން އައު ކުރަން ބާސެލޯނާ އިން ނިންމިއިރު، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ހިމެނެ އެވެ. ޚާއްސަކޮށް މި ސީޒަންގައި ރަފީނިއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން، ފްލިކް ހުރީ އޭނާ ބަހައްޓަން ބޭނުންވެފަ އެވެ.

ރަފީނިއާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 142 މެޗުގައި 54 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 55 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ.

ރަފީނިއާ ވަނީ ބާސެލޯނާ އާއެކު މިހާތަނަށް ފަސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުން، ކޮޕާ ޑެލް ރޭ އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބާސެލޯނާ އިން މި ސީޒަންގެ ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރިއިރު، އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ ރަފީނިއާ އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު