Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ޤާނޫނު

ޤާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، އެސޯސިއޭޝަންތައް ހަރުދަނާ ކުރެވޭނެ: ވަޒީރު ރާފިޢު

ކުޅިވަރު ޤާނޫނުގެ ދަށުން ހެދިގެންދާ ޤަވާއިދުތަކުގެ ސަބަބުން އެކަން އެހެން ނުވާނެ ގޮތަކަށް ކަންކަން ރޭވިގެން ދާނެ ކަމަށާއި، އެކަން ތަންފީޒު ކުރަން ފެށުމާ އެކު އެހެން ދިމާ ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވެފައި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2025 | ބުދަ 04:44
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢު

ކުޅިވަރުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރެވިގެން ދިޔުމާއެކު، ކުޅިވަރު އެސޯސިއޭޝަންތައް އިތުރަށް ޚަރުދަނާ ވެގެން ދާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮަކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭތެރެއިން އަންނަ ހިތްހަމަ ނުޖެހޭ ޙާލަތު ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނެއް ނޯމަލައިޒް ކުރަން ޖެހުނު ނަމަވެސް، ނުވަތަ ސަސްޕެންޝަކާ ހަމައަށް ދާން ޖެހުނު ނަމަވެސް، އެއީ އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ހިތްދަތި ކަންތައް ކަމަށެވެ. އަދި ކުޅިވަރަށް ވެސް ދިމާވާނެ އެންމެ ހިތްދަތިކަން ކަމުގައި ވަޒީރު ވިދާޅުވި އެވެ.

އިތުރަށް ވަޒީރު ވިދާޅުވީ އެކަންކަން ރަނގަޅު ކުރުމަށްޓަކައި، އިސްލާހު ގެނެވުނު ކުޅިވަރު ޤާނޫނުގެ ދަށުން ފުށޫ ނާރާނެހެން، ޤާނޫނުތައް އަދި ޤަވާއިދުތައް ވެސް ހެދިގެން ދާނެ ކަމަށެވެ. އަދި އެ ޤަވާއިދުތަކާ އެއް ގޮތަށް އެސޯސިއޭޝަންތައް ހިންގުން ޚަރުދަނާ ކުރެވިގެން ދާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ވަރަށް މަސައްކަތުން، އަދި ވަރަށް ބުރަ ހިތްވަރުން ކުރިއަށް ގެންގޮސްފައި އޮއްވައި، ހިންގުން ދަށްވުމުގެ ސަބަބުން އެސޯސިއޭޝަންގެ ހިންގުން އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުން އަންނަކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ކުޅިވަރު ޤާނޫނުގެ ދަށުން ހެދިގެންދާ ޤަވާއިދުތަކުގެ ސަބަބުން އެކަން އެހެން ނުވާނެ ގޮތަކަށް ކަންކަން ރޭވިގެން ދާނެ ކަމަށާއި، އެކަން ތަންފީޒު ކުރަން ފެށުމާ އެކު އެހެން ދިމާ ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވެފައި އެވެ.

ރާއްޖޭގޭ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެސޯސިއޭޝަންތަކުގެ އިސްވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފަ އެވެ.

މިވަގުތު ވެސް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ނޯމަލައިޒް ކޮށްފަ އެވެ.

އަދި ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެއެފް) އިން ވަނީ މިދިޔަ ހުކުރު ދުވަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން އޮމާން މެޗުގައި ދަގަނޑޭ ނުކުޅޭނެ

09 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން އޮމާން މެޗުގައި ދަގަނޑޭ ނުކުޅޭނެ
03 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ މުހިންމު ދެމެޗު ބޭލް އަށް ގެއްލިއްޖެ

03 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ މުހިންމު ދެމެޗު ބޭލް އަށް ގެއްލިއްޖެ
29 ސެޕްޓެމްބަރު 2017

އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް

29 ސެޕްޓެމްބަރު 2017
އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް
04 ސެޕްޓެމްބަރު 2017

އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ

04 ސެޕްޓެމްބަރު 2017
އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ
11 އޯގަސްޓު 2017

އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!

11 އޯގަސްޓު 2017
އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު