Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުން މަޖިލީހުގެ ބާރު

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

9 ޖުލައި 2025 | ބުދަ 10:28

މި ބިލުން ފެންނަނީ ދަންބެރަށް ވުރެ ތަގުޑިއަށް ތަންކޮޅެއް ދިގުވާ ގޮތަށް އޮތް މަންޒަރު

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖުލައި 2025 | ބުދަ 10:28
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފު މިގައުމަށް ނާންނާނެ ކަމަށާއި، ރައްޔިތުން މަޖިލިސް މެންބަރުން މިއަދު ތިބި ހާލަތުން ރަނގަޅު ގާނޫނެއް ވެސް ނުހެދޭނެ ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ މިއީ ވަރަށް މުހިންމު ބިލެއް ކަމަށާއި، ރާއްޖެއަށް މި ބިލު ބޭނުންތެރި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ބިލުން ފެންނަނީ ދަންބެރަށް ވުރެ ތަގުޑިއަށް ތަންކޮޅެއް ދިގުވާ ގޮތަށް އޮތް މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބިލުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ހޯއްދެވުން ކަމަށެވެ.

ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުން މަޖިލިސް މެންބަރުން މިއަދު ތިބި ހާލަތުން ރަނގަޅު ގާނޫނެއް ނުހެދޭނެ ކަމަށާއި، ރައްޔިތުން މިއަދު މި ތިބި ގޮތަށް ތިއްބައި އިންސާފެއް މިގައުމަށް ނާންނާނެ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅު އަޅުވާފައިވާ ކަމަށާއި އެެއަށް ފަހު މިފަދަ ބިލެއް މަޝްވަރާކޮށްގެން ރަނގަޅު ގާނޫނެއްގެ ގޮތުގައި ގެނެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލިސް މިނިވަންވާންޖެހޭ ކަމަށާއި، މިނިވަންކަމާއެކު ބަހުސް ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދާއިރާތަކުގައި މަސައްކަތް ނުހިނގާ ކަމަށްވާނަމަ އެވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށާއިި، ހަމައެކަނި ސަރުކާރަށް ސަނާ ކިޔުމުން ނުފުދޭ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ކޮންމެހެން އޮންނަންޖެހޭ ބިލެއް. އެހެންނަމަވެސް މި ބިލު އެއްކޮށް އަޅުގަނޑުމެން ކިޔާލީމަ މި ފެންނަނީ ދަންބެރަށް ވުރެ ތަގުޑިއަށް ތަންކޮޅެއް ދިގުވާ ގޮތަށް އޮތްވަރު. އެންމެފަހުން ވާހަކަ ދެއްކެވި އިއްޒަތްތެރި މެންބަރު އެވިދާޅުވީ އަސްލު މީގައި ކުރަން މިއުޅޭ ބޭނުން. މީގެ ބޭނުމަކީ ދެވަނަ ދައުރެއް ހޯދުން. ދެވަނަ ދައުރެއް ހޯދަން މި ނޫން ވެސް ގޮތް ގޮތް އެބަހުރި. އެއްގޮތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން. އަނެއް ގޮތަކީ ނުކުރެވެންޏާ ދެން އޮތް މަގަކީ މިއީ. މިއީ އޮންނަން ޖެހޭ ބިލެއް. ރައްޔިތުން ގާތުގައި އަހަންޖެހޭ. ރައްޔިތުން އިންތިޚާބު ކޮށްފައި ފޮނުވާ ގޮނޑިއަށްވާ ގޮތް ވެސް ރައްޔިތުންގެ ގާތުގައި އަހާލަންޖެހޭ. ރައްޔިތުންގެ މައްޗަށް ހުކުމް ކުރަންތިބި ފަނޑިޔާރުންނަށްވާ ގޮތް ވެސް ރައްޔިތުން ގާތު އަހާލަންޖެހޭ. މިހުރިހާ ކަމެއް މިހެން ކޮށްފައި އެނެހެން ކުރުކޮށް ބުނަންޏާ ގެރި މަރުވީމަ ދެން އެކަމާ މަޝްވަރާ ކުރަން އަޅުގަނޑުމެން އިށީނުމުގެ ބޭނުމެއް ނެތް. މިހާރު މިއޮތީ ނިމިފައި. ރައްޔިތުންގެ މަޖިލިސް މިއޮތީ ރައީސުލްޖުމްހޫރިއްޔާ އަތުގައި. މިހާލަތުގައި ދެން މަޝްވަރާ ކޮށްގެން ރަނގަޅު ގާނޫނެއް ނުކުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރުމަކީ ރަނގަޅު ނިންމުމެއް ނޫން.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ހުސެއިން ޒިޔާދުރައްޔިތުންގެ މަޖިލީހުގެ މެންބަރުންރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުރައީސް ޑރ.މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
16 ސެޕްޓެމްބަރު 2025

ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެމްބަރު 2025
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި
17 ޖުލައި 2025

ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި

17 ޖުލައި 2025
ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި
16 ޖުލައި 2025

މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް

16 ޖުލައި 2025
މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް
16 ޖުލައި 2025

މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް

16 ޖުލައި 2025
މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް
12 ޖުލައި 2025

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު

12 ޖުލައި 2025
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު
10 ޖުލައި 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

10 ޖުލައި 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
04 ޖުލައި 2025

ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް

04 ޖުލައި 2025
ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް