Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙްމަދު ދީދީ

"ދާއިރާތަކުގެ ރެޕްރެޒެންޓޭޝަން ކައުންސިލްތަކުން އެއްކޮށް ގެއްލޭ ގޮތަށް އިސްލާހުތައް ގެނައުން ބަލަ އެއް ނުގެނެވޭ"

13 މެއި 2025 | އަންގާރަ 08:15

ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކައުންސިލް ގޮނޑި ހުސްވުމުން ދޮޅު އަހަރު ވަންދެން އެ ގޮނޑިއަށް މީހަކު ނުނެގޭ ގޮތަށް މުޅި ނިޒާމު ގާނޫނުގެ ތެރެއިން ބަދަލުކުރަން ކަމަށް ނާޒިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މެއި 2025 | އަންގާރަ 08:15
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ދާއިރާތަކުގެ ރެޕްރެޒެންޓޭޝަން ކައުންސިލްތަކުން އެއްކޮށް ގެއްލޭ ގޮތަށް އިސްލާހުތައް ގެނައުން ބަލައި ނުގަނެވޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ. މި ބިލުގައި ވަނީ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮންނަ ހާލަތުގައި ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ދީދީ ވިދާޅުވީ ކައުންސިލްތަކުގައި ދާއިރާތައް ތަމްސީލް ނުކުރެވޭ ގޮތަށް ކަންކަން ވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫ ތަމްސީލްކުރައްވަނީ އެންމެ ކައުންސިލަރެއް ކަމަށާއި އެ ކައުންސިލަރުގެ ގޮނޑި އެއްވެސް ހާލަތެއް މެދުވެރިވެގެން ހުސްވެއްޖެ ނަމަ ރިޕްރެޒެންޓޭޝަން ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސަރުކާރުން ކަން ކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާޣެ އިބްރާހިމް ނާޒިލް ވެސް ވަނީ މި އިސްލާހާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މިއީ ޚަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނާ އިރު މި ސަރުކާރު ވުޖޫދުވީއްސުރެ އޮތީ ލާމަރުކަޒީ ޤާނޫނުގެ ދަށު ވެފައި ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ގާނޫނުތަކަށް އިސްލާހު ގެނައުން ރައްޔިތުން ބަލައި ނުގަންނަނީ މަޝްރޫޢުތައް ނުހިނގާތީ ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކައުންސިލް ގޮނޑި ހުސްވުމުން ދޮޅު އަހަރު ވަންދެން އެ ގޮނޑިއަށް މީހަކު ނުނެގޭ ގޮތަށް މުޅި ނިޒާމު ގާނޫނުގެ ތެރެއިން ބަދަލުކުރަން ކަމަށް ނާޒިލް ވިދާޅުވިއެވެ. އެއީ ރައްޔިތުން ނިކަމެތިކުރުން ކަމަށް ނާޒިލް ސިފަކުރެއްވިއެވެ.

އިސްލާހުތައްދާއިރާތަކުގެ ތަމްސީލުކުރުންލާމަރުކަޒީ އުޞޫލުން ހިންގުން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ

24 އެޕްރީލު 2017
ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ
24 އެޕްރީލު 2017

މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް

24 އެޕްރީލު 2017
މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް
22 އެޕްރީލު 2017

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް