Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޕިއްޒާ ބޯނާ

ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ޕިއްޒާ ބޯނާ އިން ހިލޭ ޕިއްޒާ ލިބޭ ޙަރަކާތެއް

މި ޙަރަކާތް ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހަށް، އުމުރުން 12 އަހަރު ފުރިފައި ނުވާ ކުދިންނަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2025 | ހޯމަ 08:20
ޕިއްޒާ ބޯނާ އިން ކުރިއަށް ގެންދާ، ހިލޭ ޕިއްޒާ ލިބޭ ކުރެހުމުގެ ޙަރަކާތް

ޕިއްޒާ ބޯނާ އިން ކުރިއަށް ގެންދާ، ހިލޭ ޕިއްޒާ ލިބޭ ކުރެހުމުގެ ޙަރަކާތް

މިއަހަރުގެ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން، ހިލޭ ޕިއްޒާ ލިބޭ ޙަރަކާތެއް ކުރިއަށް ގެންދަން ޕިއްޒާ ބޯނާ އިން ނިންމައިފި އެވެ.

ޕިއްޒާ ބޯނާ އިން ކުރިއަށް ގެންދާ މި ޙަރަކާތުގައި ބައިވެރިވުމަށް، ޕިއްޒާ ބޯނާގެ މެނޫ އިން ކެ ކުއްޖަކަށް އެންމެ ކަމުދާ ޕިއްޒާ ކުރަން ޖެހޭނެ އެވެ. އަދި އެއަށްފަހު، ޕިއްޒާ ބޯނާ ޓެގު ކުރުމަށް ފަހު، އެ ކުރެހުން އިންސްޓަގްރާމްގައި ޕޯސްޓު ކުރަން ޖެހޭނެ އެވެ. އިންސްޓަގްރާމް ނެތް ކުއްޖެއް ނަމަ، ބެލެނިވެރިއެއްގެ އެކައުންޓު މެދުވެރިކޮށް ޕޯސްޓު ކުރުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

މި ޙަރަކާތް ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހަށް، އުމުރުން 12 އަހަރު ފުރިފައި ނުވާ ކުދިންނަށެވެ.

މި ޙަރަކާތުގައި ހުށަހަޅާ ކުރެހުން ކުރަހާފައި ހުންނަން ވާނީ އޭފޯ ސައިޒުގެ ގަނޑެއްގަ އެވެ. ކުރެހުން ކުރެހުމުގައި ފެން ކުލަ، ކްރެޔޮން، މާކަރު އަދި ކުލަ ފަންސޫރު ބޭނުން ކުރެވޭނެ އެވެ. އެހެން ނަމަވެސް، ޑިޖިޓަލް ކުރެހުމެއް މި ޙަރަކާތުގައި ހުށަ ނޭޅޭނެ އެވެ.

މި ޙަރަކާތުގައި ބައިވެރިވުމަށް ކުރަހާ ކުރެހުން ހުށަހަޅަން ޖެހެނީ މާފަންނު، ހެންވޭރު، ހުޅުމާލެ ފޭސް އެކެއް ނުވަތަ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޕިއްޒާ ބޯނާގެ އައުޓްލެޓަށެވެ. ކުރެހުން ހުށަހަޅަން ދީފައިވާ ތާރީޚަކީ މެއި މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ.

މި ޙަރަކާތުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކަށް، ހިލޭ ޕިއްޒާ ލިބޭ ގިފްޓް ވައުޗަރެއް ދިނުމަށް ޕިއްޒާ ބޯނާ އިން ވަނީ ނިންމައިފަ އެވެ. އަދި މި ޙަރަކާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ހޮވާލެވޭ ކުރެހުންތައް، ޕިއްޒާ ބޯނާގެ އައުޓްލެޓް ތަކުގައި އަދި ސޯޝަލް މީޑިއާ އެކައުންޓު ތަކުގައި ވެސް ހިއްސާ ކުރެވޭނެ އެވެ.

މީގެ ކުރިން ވެސް ޕިއްޒާ ބޯނާ އިން ވަނީ މި ޙަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. މިއީ ޕިއްޒާ ބޯނާ އިން މި ޙަރަކާތް ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ. މީގެ ކުރީގެ އަހަރު ތަކުގައި ވެސް މި ޙަރަކާތަަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފަ އެވެ.

ޕިއްޒާ ބޯނާ އަކީ ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ. ޕިއްޒާ ބޯނާގެ އައުޓްލެޓުތައް، މާލޭގެ އިތުރުން ހުޅުމާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ހުރެ އެވެ.

ޕިއްޒާބޯނާ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2025

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖް - ފޯރި ވަރަށް ގަދަ، ލިބުނީ ހޫނު ތަރުޙީބެއް

25 ޖެނުއަރީ 2025
ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖް - ފޯރި ވަރަށް ގަދަ، ލިބުނީ ހޫނު ތަރުޙީބެއް
09 މެއި 2024

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

09 މެއި 2024
ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
07 ޑިސެމްބަރު 2022

ވޯލްޑް ކަޕް ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ވަންދެން ހިލޭ ޕިއްޒާ!

07 ޑިސެމްބަރު 2022
ވޯލްޑް ކަޕް ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ވަންދެން ހިލޭ ޕިއްޒާ!
21 ނޮވެމްބަރު 2022

ގިނަ އިނާމުތަކާއި ޑިސްކައުންޓުތަކާއެކު ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯ ފަށައިފި

21 ނޮވެމްބަރު 2022
ގިނަ އިނާމުތަކާއި ޑިސްކައުންޓުތަކާއެކު ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯ ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު