Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖް

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖް - ފޯރި ވަރަށް ގަދަ، ލިބުނީ ހޫނު ތަރުޙީބެއް

18 މިނިޓުގެ ދިގުމިނަށް ކުރިއަށް ގެންދިޔަ މި ޕިއްޒާ ޗެލެންޖަކީ އެންމެ އަވަހަށް ޕިއްޒާ ބޯނާގެ އެންމެ ބޮޑު ޕިއްޒާ ހުސްކުރާ މީހަކު ހޮވާ ގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖެނުއަރީ 2025 | ހޮނިހިރު 14:56
ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލެންޖްގެ ވަނަތައް ލިބުނު މީހުން

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލެންޖްގެ ވަނަތައް ލިބުނު މީހުން

މިހާރު ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ތެރެއިން ކުރިއަށް ގެންދިޔަ ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖަށް ވަރަށް ހޫނު ތަރުޚީބެއް ލިބުނު ކަމަށް ޕިއްޒާ ބޯނާގެ ފަރާތުން ބުނެފިއެވެ.

18 މިނިޓުގެ ދިގުމިނަށް ކުރިއަށް ގެންދިޔަ މި ޕިއްޒާ ޗެލެންޖަކީ އެންމެ އަވަހަށް ޕިއްޒާ ބޯނާގެ އެންމެ ބޮޑު ޕިއްޒާ ހުސްކުރާ މީހަކު ހޮވާ ގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ. ރަނގަޅު އިނާމުތަކަކާއި އެކު ކުރިއަށް ގެންދިޔަ އެ ޗެލެންޖުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައެވެ.

އެގޮތުން 12 މިނިޓް 44 ސިކުން ޕިއްޒާ އެއް ހާސިލްކޮށްގެން އެއްވަނަ ހާސިލް ކުރީ މުހައްމަދު އަބާން ހުސައިނެވެ. އެއް ވަނަ އަށް ހޮވުނު މީހާ އަށް ދީފައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އޭނާ ވަނީ މުބާރާތުގަ ބައިވެރިވެގެން އެއްވަނަ ލިބުމުން އުފާވާ ކަަމަށާއި އެފަދަ ކަމަކަށް އުންމީދުވެސް ނުކުރާކަމަށް ބުނެފައެވެ. އަދި އިނާމްގެ ފައިސާއިން ކުރާނެ ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

13 މިނިޓް 18 ސިކުންތުން ޕިއްޒާ އެއް ހުސްކޮށްގެން ދެ ވަނަ ހާސިލް ކުރި ނިރްޖަލް ކުމާރަށް 2500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.

ތިން ވަނަ އަށް ދިޔަ ހަސަން ޝާފިއު އަށް އިނާމެއްގެ ގޮތުން ދީފައި ވަނީ 1000 ރުފިޔާއެވެ. އޭނާ އަށް ތިން ވަނަ ލިބުނީ 14 މިނިޓް 51 ސިކުންތުން ޕިއްޒާ އެއް ހުސްކޮށްގެންނެވެ.

ޕިއްޒާ ބޯނާގެ ޑިރެކްޓަރ ހުސެއިން ހާލީ ވިދާޅުވީ މި ޗެލެންޖަށް ވަރަށް ހޫނު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ މުބާރާތެއް ބޭއްވި ފުޑް އެންޑް ބެވަރޭޖް ޝޯއިން އައި ހުށަހެޅުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ހަރަކާތަށް ހީކުރިވަރަށް ވުރެ ރަނގަޅު ކާމިޔާބެއް ލިބިފައިވާކަން ފާހަގަކޮށް އޭނާ ވަނީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައެއް ތަފާތު ކަންކަން ޕިއްޒާ ބޯނާގެ ކިބައިން ފެނިގެންދާނެކަން ހާމަކޮށްފައެވެ.

މިއަށް ވުރެ ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުމަށް އުންމީދުކުރާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޕިއްޒާބޯނާ

އިތުރަށް ކިޔާލަން

05 މެއި 2025

ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ޕިއްޒާ ބޯނާ އިން ހިލޭ ޕިއްޒާ ލިބޭ ޙަރަކާތެއް

05 މެއި 2025
ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ޕިއްޒާ ބޯނާ އިން ހިލޭ ޕިއްޒާ ލިބޭ ޙަރަކާތެއް
09 މެއި 2024

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

09 މެއި 2024
ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
07 ޑިސެމްބަރު 2022

ވޯލްޑް ކަޕް ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ވަންދެން ހިލޭ ޕިއްޒާ!

07 ޑިސެމްބަރު 2022
ވޯލްޑް ކަޕް ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ވަންދެން ހިލޭ ޕިއްޒާ!
21 ނޮވެމްބަރު 2022

ގިނަ އިނާމުތަކާއި ޑިސްކައުންޓުތަކާއެކު ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯ ފަށައިފި

21 ނޮވެމްބަރު 2022
ގިނަ އިނާމުތަކާއި ޑިސްކައުންޓުތަކާއެކު ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯ ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު