Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 16 މީހަކު ޝަހީދު ކޮށްލައިފި

5 މެއި 2025 | ހޯމަ 06:16

އިސްރާއީލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި، 100 އަށް ވުރެ ގިނަ "ޓެރަސިސްޓު އަމާޒުތަކަށް" ހަމަލާ ދީފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2025 | ހޯމަ 06:16
އިސްރާއީލް އިން ދީފައިވާ ހަމަލާގެ ސަބަބުން ހަލާކުވެފައިވާ އިމާރާތެއްގެ ތެރޭގައި ކުޑަ ކުދިންތަކެއް

އިސްރާއީލް އިން ދީފައިވާ ހަމަލާގެ ސަބަބުން ހަލާކުވެފައިވާ އިމާރާތެއްގެ ތެރޭގައި ކުޑަ ކުދިންތަކެއް

އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި 16 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް، ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.

ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު އިސްރާއީލްގެ ހަމަލާތަކުގައި 16 މީހަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި މަދުވެެން ތިން ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސަލް ވިދާޅުވެފައިވާ ގޮތުގައި، ޚާން ޔުނިސްގައި ރޭގަނޑުގެ ވަގުތުގައި ދެވުނު ހަމަލާގަައި ހަ މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި އަލް މަވާސީގައި ހުރި އެޕާޓްމަންޓަކަށް އަމާޒުކޮށް ދެވުނު ހަމަލާގައި ފަސް އަހަރުގެ ދެ ފިރިހެން ކުދިންނާއި، ދެ އަހަރުގެ ކުއްޖަކު ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި، 100 އަށް ވުރެ ގިނަ "ޓެރަސިސްޓު އަމާޒުތަކަށް" ހަމަލާ ދީފައިވާ ކަމަށެވެ. 

އަދި ޣައްޒާގެ ދެކުނުގައި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަން ހޯދައި، އެތައް ޓެރަރިސްޓުންނެއް މަރާލެވިފައިވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، މިއަހަރުގެ ޖަނަވަރީ މަހު ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ވަނީ މާޗު މަހުގެ ތެރޭގައި ޣައްޒާ އަށް އަލުން ހަމަލާތައް ދޭން ފަށައިފަ އެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، އަލުން ހަމަލާތައް ދޭން ފެށި ފަހުން، މިހާތަނަށް ވަނީ 2،436 މީހަކު ޝަހީދު ކޮށްލައިފަ އެވެ. 

އިސްރާއީލްގެ އަނިޔާވެރިކަން އިންތިހާ އަށް ފެނިގެންދާ މި ހަނގުރާމައިގައި މިހާތަނަށް ވަނީ 52،535 މީހަކު ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން އެތައް ބަޔަކަށް ޒަޚަމްވެފައިވާއިރު، މުޅި ޣައްޒާ ވަނީ ފުނޑު ފުނޑު ކޮށްލައިފަ އެވެ.

ހަމަލާތައް ދިނުމުގެ އިތުރުން، އިސްރާއީލުން ވަނީ ޣައްޒާ އަށް ބޭނުންވާ އެހޯ ވެއްދުމަށް ވެސް ހުރަސް އަަޅައިފަ އެވެ. އިސްރާއީލް އިން ބުނެފައިވާ ގޮތުގައި ދެ ދަތިކުރުންތައް ކުރިމަތި ކޮށްފައި ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށްލުމަށް ބާރު އެޅުމުގެ ގޮތުންނެވެ. 

އިސްރާއީލްގެ މި ދަތިކުރުމުގެ ސަބަބުން، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އދ އިން ވަނީ، އެ ދަތިކުރުންތައް ނައްތާލުމަށް ގޮވާލައިފަ އެވެ. އަދޮ ޣައްޒާ އަށް ބޭނުންވާ އެހީ ވެއްދުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

އިޒްރޭލްޣައްޒާހަމާސްސިވިލް ޑިފެންސްއިންސާނީ ކާރިސާޝަހީދުންޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް