Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔުމްނު ވެއްޓުނު ހާދިސާ

ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

އޭޕްރީލް 18ގެ ހާދިސާއާއި ގުޅިގެން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ ޒުވާނުން ފުލުހުންގެ ބަންދުން ދޫކޮށްލީ ހޮނިހިރު ދުވަހުގެ ރޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 17:27
މުޒާހަރާގެ ތެރެއިން ފުލުހުން އަނިޔާވެރިކޮށް ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް: މި ދެ ޒުވާނުންވެސް މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ

މުޒާހަރާގެ ތެރެއިން ފުލުހުން އަނިޔާވެރިކޮށް ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް: މި ދެ ޒުވާނުންވެސް މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރި ޒުވާނުންގެ މުޒާހަރާއިން މި ދެ ޒުވާނުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެވެ. އަދި ފުލުހަކަށް މަހްޒޫމަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

Advertisement - newsAdvertisement

އުމުުރުން 19 އަހަރުގެ ޝިމަން، އާއި 28 އަހަރުގެ މަހްޒޫމް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ސުލްހަވެރިކަމއި އެކު ކުރިއަށްގެންދިއަ މުޒާހަރާ ފުލުހުން ރޫލާލައި ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ އެއްވެސް އިންޒާރެއް ވެސް ނުދީ އެވެ.

ފުލުހުން ބުނީ އެރޭގެ މުޒާހަރާ ރޫޅާލީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުމުން ގިނަ ބައެއްގެ ޝަކުވާތައް ލިބުމުން ކަމަށެވެ.

ފުލުހުން އެ ދެ ޒުވާނުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުނެއެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާތައްވެސް ވަނީ ލިބިފައެވެ.

މިކަމުގެ ކަންބޮޑުވުން ގިނަ ބައަކު ފާޅުކުރަމުން ގެންދާއިރު، ފުލުހުންގެ މި އަމަލު އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން އެމްޑީއޭއިން ވެސް ވަނީ ކުއްވެރިކޮށްފައެވެ. އަދި އެ ދެ މީހުން ވަގުތުން ދޫކޮށްލަން ވެސް ވަނީ ގޮވާލާފައެވެ.

ޢާއިޝަތު ޝިމަން އަޙްމަދުޢަބްދުﷲ މަޙްޒޫމް މާޖިދުމޯލްޑިވްސް ޕޮލިސް ސަރވިސްޔުމްނު ވެއްޓުނު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު