Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމަށް ވަޑައިގަތުމަށް އެންމެ ގިނައިން ދެއްކެވި އަސްކަރީ އެއްބަސްވުމުގެ ވާހަކަތައްވެސް އުނބައްޖަހައިފި

ވެރިކަމަށް ވަޑައިގަތުމަށް ކުރިން ފިތުނައިގެ އަލިފާންގަނޑު ރޯކޮށް އެންމެ ވަރުގަދަކޮށް އެންމެ ގިނައިން ދެއްކެވި އެއްވާހަކަ އަކީ އަވަށްޓެރި ގައުމުތަކާއި އެކު ހަދާފައިވާ އެއްބަސްވުތަކުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާފަދަ ކަންތައްތައް ހުރިކަމުގެ ވާހަކަތައް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 13:58
ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ

ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ

"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން"

މިއީ ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ބަސްފުޅެވެ.

ވެރިކަމަށް ވަޑައިގަތުމަށް ކުރިން ފިތުނައިގެ އަލިފާންގަނޑު ރޯކޮށް އެންމެ ވަރުގަދަކޮށް އެންމެ ގިނައިން ދެއްކެވި އެއްވާހަކަ އަކީ ވެސް އެއީ އެވެ. އަވަށްޓެރި ގައުމުތަކާއި އެކު ހަދާފައިވާ އެއްބަސްވުތަކުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާފަދަ ކަންތައްތައް ހުރިކަމުގެ ވާހަކަތަކެވެ.

ހަގީގަތުގައި ވެސް ވެރިކަމަށް އައުމަށް ރައީސް މުއިއްޒު ހެއްދެވި ދޮގުތަކާއި ދިވެހި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުންތައް މިކަމުން ވެސް ވަރަށް ރަނގަޅަށް އެނގި ހާމަވެއްޖެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށްޓަކައި ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެއެވެ. މީގެ ކުރިން ވެރިކަމަށް އަންނަން އެކި ފަރާތްތަކުން ސިހުރު ހާހޫރައާއި، ފަންޑިތައާއި، ކޯޓުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ވެރިކަމަށް އަންނަން މަސައްކަތް ކުރިއެވެ.

ނަމަވެސް ސްކޭމް ޖައްސައިގެން ފިތުނަ ދޮލަނގުގައި ފިތުނަ ބޮލަށްލައިގެން ވެރިކަމަށް އައި ސަރުކާރެއް މިހާރު މިއޮތް ސަރުކާރު ނޫނިއްޔާ ނެތެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖެ-އިންޑިޔާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތަކެއް ވާހަކަތަކެއް ދެއްކެވުމަށްފަހުއެވެ. ބިރުން ފިއްކަނޑައިގެންދާވަރުގެ ބިރުވެރި ވާހަކަ ދައްކަވައިގެންނެވެ. ހަތިޔާރު އެޅި 2000ށް ވުރެ ގިނަ އަސްކަރީ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި، ރާއްޖޭގެ ރަށެއްގައި އިންޑިއާގެ ބޭސްއެއް އެޅުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އެ މީހުންގެ ސިކުނޑީގައި އެވާހަކަ ހަރުކޮށްގެންނެވެ.

ނަމަވެސް ވެރިކަމަށް ދޮޅު އަހަރުވެގެން ގޮސްފައިވާއިރުގައި ވެސް އެ ބުނާ 2000 ސިފައިން ތިބީ ކޮންތާކުކަމެއް ބުނެދޭކަށް ނޭނގުނެވެ. ތިބީ ކިތައް ސިފައިންކަމެއްވެސް ނޭނގުނެވެ. ނޭނގެނީކީއެއް ނޫނެވެ. ވެރިކަމަށް އަންނަން ފިތުނަ ފަސާދަ އުފެއްދިވަރުން އެއިން މިންޖުނުވާނެތީ އަދަދުތައް އެނގޭއިރުވެސް ނޭނގޭކަމަށް ހަދައިގެން ތިބީއެވެ. އެއްސުވާލެއް އެތައްފަހަރަކު ތަކުރާރުކުރުމުންވެސް ޖަވާބު ނުދެވި އަޑަށް ބާރުލާފައި ދެއްކީ ސިފައިން ބޭރުކުރާވާހާކައެވެ. އެގޮތުން އެކަންވެސް ކުރިކަމަށް ވިދާޅުވިއެވެ.

އެގޮތުން އޭރު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ. ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ. އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

ކޮންމެއަކަސް ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާއެކުއެވެ. އަދި އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވިއެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން އަހަރެއްވީ އިރުވެސް އެއްބަސްވުންތައް ހާމަނުކުރެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަދައިގެން އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިއައިރުގައި ވެސް އެދަންނަވާ އެއްބަސްވުން ހާމަކޮށްފައި ނުވުމުން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެގޮތުން ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި އެހެނިހެން ގައުމުތަކާ ދެމެދު ވެފައި ހުރި އެއްބަސްވުންތައް ހާމަކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތައް ހާމަކުރުމަށް އޮތް ހުރަހަކީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލައުސް" އޮތުން ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެއްބަސްވުންތައް ވެފައިވާ ގައުމުތަކުން އެ އެއްބަސްވުންތައް ހާމަކުރުމަށް ހުއްދަ ނުދޭތީ ހާމަނުކުރެވެނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ގައުމުތަކާއެކު އެކަމާ ގުޅިގެން މަޝްވަރާކުރުންތައް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު

އެހެންނަމަވެސް އެ އެއްބަސްވުންތަކުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ (އެއްބަސްވުންތައް) ގައި ހުރެގެނެއް ނޫން. އެއީ އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި
ރައީސް ޑރ. މުހައްމަދު މުއިއްޒު

ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ އަސްކަރިއްޔާއެކު އެމްޑީޕީ ސަރުކާރުން ވި އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭރު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އެހެން ނަމަވެސް ފަހުން މި ސަރުކާރުން ވަނީ 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފައެވެ.

އިންޑިއާއެއްބަސްވުންތައްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިންޑިއާ އައުޓް ކެމްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު