Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

އެހާ ވަރަށް ދޮގުތައް ހައްދަވައި، މިހާވަރު ވެގެން ދިޔައީމަ، ދިވެހި ރައްޔިތުންނަށް އިތުރަށް އަނިޔާވެރި ނުވެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ނުވޭތޯ ވެސް ރައީސް މުޢިއްޒުގެ އަރިހުން އިޔާޒް ވަނީ އައްސަވާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2025 | ހޮނިހިރު 09:28
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް

ވެރިކަމަށް ވަޑައިގަތުމަށްޓަކައި، ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހި ރައްޔިތުންނަށް ކިތައް ކަންތައް އޮޅުވާލައްވައި، އިތުރުފުޅު ހައްދަވާފައި ވާނެތޯ އައްސަވައި، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފްގެ ސުވާލެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އަމާޒު ކުރައްވައިފި އެވެ.

އިޔާޒް މިހެން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް، ހޮނިހިރު ދުވަހު ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އިޔާޒްގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންނަށް ކިތައް އިތުރުުފުޅު ހައްދަވާފައި ވާނެތޯ އެވެ. އަދި އެހާ ވަރަށް ދޮގުތައް ހައްދަވައި، މިހާވަރު ވެގެން ދިޔައީމަ، ދިވެހި ރައްޔިތުންނަށް އިތުރަށް އަނިޔާވެރި ނުވެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ނުވޭތޯ ވެސް ރައީސް މުޢިއްޒުގެ އަރިހުން އިޔާޒް ވަނީ އައްސަވައިފަ އެވެ.

އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ރައީސް މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ޚާއްސަކޮށް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް އެ ވާހަކަތައް ދައްކަވައިފަ އެވެ.

އެގޮތުން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫ އަރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް ރާއްޖެ ދޫކޮށްލަން ކަމަށާއި، ރާއްޖެ އަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅެފައި ވަނީ ކުރީ ސަރުކާރުން އިންޑިއާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އަދި އެ އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތައް ބެއްލެވުމަށްފަހު، ދިވެހި ރައްޔިތުންނަށް އެ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު، އޭގެއިން އެއްވެސް އެއްބަސްވުމެއްގައި ހުރި މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްފައި ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑރ. މުހައްމަދު އިޔާޒް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު