Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އިސްރާއީލް އިން ދިން ހަމަލާއެއްގައި ޣައްޒާގެ 20 މީހަކު ޝަހީދުވެއްޖެ

ސިވިލް ޑިފެންސްގެ އޮފިޝަލު މުޙައްމަދު އަލް މުގައްޔިރު، އޭއެފްޕީއާ ވިދާޅުވީ ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލް އިން ހަމަލާތައް ދޭން ފެށި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2025 | ހޮނިހިރު 05:47
އިސްރާއީލް އިން މީގެ ކުރިން ހަމަލާ ދީފައިވާ ސަރަަހައްދެއްގައި އާންމުން ޙަރަކާތްތެރި ވަނީ

އިސްރާއީލް އިން މީގެ ކުރިން ހަމަލާ ދީފައިވާ ސަރަަހައްދެއްގައި އާންމުން ޙަރަކާތްތެރި ވަނީ

އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަަމަލާތަކުގައި، 20 މީހަކު ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އިން ބުނެފި އެވެ.

ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގަައި އިސްރާއީލް އިން ހުކުރު ދުވަހު ޣައްޒާ އަށް ދިން ހަމަލާތަކުގައި، މަދުވެގެން 20 މީހަކު ވަނީ ޝަހީދުވެފަ އވެެ. މި ހަމަލާތައް ދީފައި ވަނީ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ވެއްދުމަށް އިސްރާއީލް އިން ދަތި ކޮށްފައިވާ ދަނޑިވަޅުގަ އެވެ.

ހަނގުރާމަ ހުއްޓާލަން އެކުލަވާލި އެއްބަސްވުމާ ޚިލާފަށް، މިއަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާ ދޭން ފަށައިފަ އެވެ. 

ސިވިލް ޑިފެންސްގެ އޮފިޝަލު މުޙައްމަދު އަލް މުގައްޔިރު، އޭއެފްޕީއާ ވިދާޅުވީ ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލް އިން ހަމަލާތައް ދޭން ފެށި ކަމަށެވެ. އަދި އެ ހަމަލާތަކުގައި 20 މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ބްރެއިޖް ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވި ނުވަ މީހުން ވެސް ހިމެނޭ ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލް އިން އަލުން ހަމަލާ ދޭން ފެށި ފަހުން، މަދުވެގެން 2،326 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މިއާއެކު އެ ހަނގުރާމަައިގައި މިހާތަނަށް 52،418 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާ އަށް ހަމަލާތައް ދޭން ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރަހީނުން ދޫކޮށްލުމަށް ގޮވާލަ އެވެ. 

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް، މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިސްރާއީލް އިން ވަނީ ޣައްޒާ އަށް އެހީ ވެއްދުން ހުއްޓުވައިފަ އެވެ. 

އިޒްރޭލްޣައްޒާޝަހީދުންހަމަލާހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު