Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޔުކްރެއިން ގުޅުން

އެމެރިކާ އާއި ޔުކްރެއިން އިން މައުދަނީ އެއްބަސްވުމުގައި ސޮއި ކޮށްފި

ޔުކްރެއިންގައި ހުންނަ މި މައުދަންތައް ބޭނުން ކުރެވެނީ އިލެކްޓްރޯނިކް ސާމާނު، އިލެކްޓްރިކް އުޅަނދު ފަހަރު އަދި މިލިޓަރީ ބޭނުން ތަކަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2025 | ބުރާސްފަތި 06:09
ކޮންކްރީޓް ފާރުގައި ކުލައިން ކުރަހާފައިވާ އެމެރިކާ އަދި ޔޫކްރޭންގެ ދިދަތައް

ކޮންކްރީޓް ފާރުގައި ކުލައިން ކުރަހާފައިވާ އެމެރިކާ އަދި ޔޫކްރޭންގެ ދިދަތައް

އެމެރިކާ އާއި ޔުކްރެއިންއާ ދެމެދު، މައުދަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ބުދަ ދުވަހު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން، ޔުކްރެއިންގެ އައު މައުދަނީ މުއާމަލާތްތަކުގައި އެމެރިކާ އަށް އިސްކަން ލިބިގެން ދާނެ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޔުކްރެއިން އަލުން އާރާސްތުކޮށް، ބިނާ ކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ވެސް ޤާއިމު ކުރެވިގެން ދާނެ އެވެ.

އެމެރިކާގެ ވޮޝިންޓަންގައި ސޮއި ކުރެވުނު މި އެއްބަސްވުމަށް ވާސިލުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ދެ ޤައުމުން ވަނީ މަޝްވަރާ ކޮށްފަ އެވެ. 

މި އެެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އެވެ. އަދި ޔުކްރެއިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޔޫލިއާ ސްވިރިޑެންކޯ އެވެ.

މި އެއްބަސްވުމުގެ ދަށުން، ޔުކްރެއިންގެ މައުދަނީ ވަސީލަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު އޮންނާނީ ޔުކްރެއިންގެ އަތް މަތީގަ އެވެ. ޔުކްރެއިންގައި ހުންނަ މި މައުދަންތައް ބޭނުން ކުރެވެނީ އިލެކްޓްރޯނިކް ސާމާނު، އިލެކްޓްރިކް އުޅަނދު ފަހަރު އަދި މިލިޓަރީ ބޭނުން ތަކަށެވެ.

ޔުކްރެއިންގެ އިސްވެރިން ވިދާޅުވެފައި މި އެއްބަސްވުމަކީ ޔުކްރެއިންގެ ޤާނޫނު އަސާސީ އާއި ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ މަސައްކަތާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމަކީ ޔުކްރެއިންގެ މުސްތަޤްބަލަށް މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ޔުކްރެއިން އާއެކު ދިގު މުއްދަތުގެ ގުޅުން ބޭއްވުމަށް ދެވޭ ރަނގަޅު މެސެޖެއް ކަމަށް ވެސް ބެލެވެ އެވެ.

އެމެރިކާޔުކްރެއިންމައުދަނީ އެއްބަސްވުންސްކޮޓް ބެސެންޓްޔޫލިއާ ސްވިރިޑެންކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު