Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ މެލޭޝިއާ ދަތުރުފުޅު

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަށް ޒުވާނުން ކުރާ މުޒާހަރާގެ ހިޔަނި އެޅިފައި

ޔުމްނުއަށް އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލާފައިވަނީ 26 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2025 | އަންގާރަ 11:56
މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) މެލޭޝިއާގެ ބޮޑުވަޒީރާއެކު

މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) މެލޭޝިއާގެ ބޮޑުވަޒީރާއެކު

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި ޒުވާނުންތަކެއް އިސްވެ ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ހިޔަނިއެޅިއްޖެއެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންނެވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ރައީސް ފުރާ ވަޑައިގެންނެވި އިރު ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ރާއްޖޭގެ މަސްރަހު އޮތީ ހަލަބޮލިވެފައެވެ. 18 ވަނަ ދުވަހު ހިނގި މި ހާދިސާއައި ގުޅިގެން ދެކޮޅު ނުޖެހޭ އެތައް ކަމެއް ސަރުކާރުން ވަނީ ކޮށްފައެވެ. ޔުމްނު އަށް އިތުރު ފަރުވާއަށް އާއިލާއިން ގޮސްތިބީ ވެސް މެލޭޝިއާގައެވެ.

Advertisement - newsAdvertisement

އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާއެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލާއެކު ހ. ފެންޓޮނޯއީގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް އާންމުކޮށްފައެވެ. އެންމެ ފުރަތަމަ ފުލުހުން ނިންމީ ޔުމްނު އަމިއްލައަށް ފުއްމާލީ ކަމަށެވެ. ނަމަވެސް އާންމުންގެ ޕްރެޝަރާއި މީޑިއާތަކުގެ ޕްރެޝަރާއެކު މައްސަލަ އަލުން ބަލައި ފުލުހުންގެ ނިންމުން ވަނީ ބަދަލުވެފައެވެ. އާންމުން ބުނަމުންދިޔައީ ޔުމްނު އަށް ޖިންސީ އަނިޔާކޮށް އެއްލާލި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ އަންހެންމީހާ އެންމެ ފަހުން ފެނިފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު، އޭނާ ވެއްޓުމުގެ ކުރިން ބޭއްވި ޕާޓީއަކުން ކަމަށާއި، ސަރުކާރުގެ "ނުފޫޒުގަދަ ފަރާތްތަކާ" ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު ހަތް ޒުވާނަކާ އެކު އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންއަށް ބޮޑުބޭބޭ ވިދާޅުވާ ދެމީހަކު ހިމެނެއެވެ.

އަދި ޔުމްނުއާއެކު ފެންޓޮނޯއީގޭގައި އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ އާންމުންގެ ޕްރެޝަރާއެކު ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުންގެ ބަޔާނާއި ފޫޓޭޖާ އެއްގޮތް ނުވެ، މައްސަލައިގައި ހިމެނޭ ތުހުމަތުވާ ފަރާތްތައް ފިޔަވައި ޔުމްނުގެ މައުލޫމާތު އާންމު ކުރުމުން ފުލުހުންނަށް ފާޑުކިއުން އަމާޒުވިއެވެ. އަދި ފަހުން ވަނީ އެންމެންގެ ވަނަވަރު އާންމުކޮށްފައެވެ.

ޔުމްނުއަށް އައިޖީއެމްއެޗްފައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝީއާއަށް ފުރުވާލީ ރައީސްގެ ދަތުރުފުޅު ފެއްޓެވުމުގެ އެއްދުވަސް ކުރިން 26 އެޕްރީލްގައެވެ.

ކުއަލަލަމްޕޫރުގެ އަމިއްލަ ހޮސްޕިޓަލަކުން ފޮނުވި ސިޓީއެއް މެލޭޝީއާގެ ނޫހެއްކަމަށްވާ "މެލޭޝިއާކިނީ" އަށް ލިބިފައިވާއިރު، އެ ސިޓީގައި ޔުމްނު އެޑްމިޓް ކުރިކަން ކަށަވަރުވެފައިވެއެވެ.

އެ ހޮސްޕިޓަލުގެ މެޑިކަލް ސާވިސަސް އަދި ލިއޭޝަން ހެޑް ސޮއިކޮށްފައިވާ ސިޓީގައި ހައްވާގެ ކްލިނިކަލް ޑައިގްނޯސިސްގައި ގިނަ އަަދެއްގެ ފްރެކްޗަރ ތަކާއި ހަށިގަނޑު ތެރެއަށް ލޭއެޅިފައިވާ ކަމަށް ބުނެފައިވެއެވެ. ޑައިގްނޯސިސް ގައި ބުނެފައިވަނީ ސިކުނޑިއާއި ވަށައިގެންވާ ފަށަލައާ ދެމެދުގައިވާ ޖާގައިން އެތެރެއިން ލޭއައުމުގެ އިތުރުން ކަރާއި މޭކަށިތަކާއި އުނަގަނޑާއި ދަށްބަނޑާއި، ފަލަމަސްގަނޑުގެ ކަށިގަނޑު ގައި ވަނީ ރެނދުލާފައެވެ.

ސަރުކާރުން ޔުމްނުގެ ފަރުވާގެ ހަރަދުދޭނެ ކަމަށް ބުނި ނަމަވެސް އާއިލާއިން ބުނީ ސަރުކާރުން ހަމަޖެއްސި 25،000 ޑޮލަރުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިތުރު ނުވަ ޖަމިއްޔާއަކާ ގުޅިގެން އޭޕްރީލް 26 ވަނަ ދުވަހު ނެރުނު ޖޮއިންޓް ބަޔާނެއްގައި ފުލުހުންގެ ތަހުގީގާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ.

ޖަމިއްޔާތަކުން ބުނީ ޒުވާނުން އިސްވެ ކުރިއަށް ގެންދާ މުޒާހަރާތަކުން ތަހުގީގު ލަސްވުމާއި ސިޔާސީ ބާރު އޮންނަ ފަރާތްތައް ނުވަތަ އާއިލާތައް ހިމާޔަތް ކުރުމަށް ކަންކަން ފޮރުވަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޔުމްނުގެ މައްސަލައިގައި ޒުވާނުން ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް މަސްރަހު ހޫނުވެފައި އޮއްވާ މެލޭޝިއާއަށް ވަޑައިގެން އުޅުއްވާ ރައީސް މުއިއްޒުއަށް އެގައުމުގެ ބޮޑުވަޒީރު ވަނީ އޭނާގެ ރަސްމީ އޮފީހުގައި މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން 3 އެއްބަސްވުމެއް ބަދަލުކޮށްފައިވާ އިރު ބައިލެޓަރަލް ގުޅުން ހަރަދުނާކުރުމަށް މަޝްވަރާކުރެވިފައިވެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓް އެވޯޑް ދިނުމަށް އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ނިންމާފައިވާ ނިންމުމާއި ދެކޮޅު ހަދައި ރާޖޭގައި ތިބި އެ ޔުނިވަރސިޓީގެ މުސްކުޅި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އައިއައިޔޫއެމްއެއަަށް ސިޓީއެއްވެސް ފޮނުވާފައެވެ. މި ސިޓީގައި 225 ދަރިވަރުން ސޮއިކޮށްފައިވެއެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުރުމަށް ބާއްވަން އުޅުން ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުުރުމަށް އޮތީ ރާވައިފަ އެވެ. އެއީ، މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަން އޮފް މެލޭޝިޔާ އެވެ.

އެ ޖަމިއްޔާ އިފުތިތާހު ކުރުމުގެ ޖަލްސާ ހޯމަ ދުވަހު ބާއްވަން ނިންމާފައި އޮތް ނަމަވެސް، ގިނަ ދަރިވަރުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. އެއީ މިހާރު މާލޭގައި ހިނގައިގެން އުޅޭ، ޒުވާން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ތަހުގީގާއި، އެކަމުގައި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު