Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމް ލީގު ކަޕް ބުރާސްފަތި ދުވަހު ފަށަނީ

މުބާރާތުގައި ޖުމުލަ ވާދަކުރަނީ ހަ ޓީމެކެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ތިން ޓީމަކާއި، އަދި ދެ ވަނަ ޑިވިޝަންގެ ތިން ޓީމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2025 | ހޯމަ 06:12
މާޒިޔާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން

މާޒިޔާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝާން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، "އެފްއޭއެމް ލީގު ކަޕް" ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.

މިއީ އޭޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމާފައި އޮތް ފުޓުބޯޅަ ސީޒަން ފަސް ކުރަން ޖެހުމުގެ ސަބަބުން، އޭގެ ބަދަލުގައި އެފްއޭއެމް އިން ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ޖުމުލަ ވާދަކުރަނީ ހަ ޓީމެކެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ތިން ޓީމަކާއި، އަދި ދެ ވަނަ ޑިވިޝަންގެ ތިން ޓީމެވެ.

ފުރަތަމަ ޑިވިޝަން އިން މުބާރާތުގައި ވާދަކުރާ ތިން ޓީމަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އޮޑި ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބެވެ.

އަދި ދެ ވަނަ ޑިވިޝަން އިން މި މުބާރާތުގައި ވާދަކުރާ ތިން ޓީމަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، މަހިބަދޫ ސްޕޯޓްސް ކުލަބު އަދި ޖޭޖެ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމް އިން މީގެ ކުރިން ތާވަލު ކޮށްފައި އޮތީ މި މަހުގެ ތެރޭގައި ފުޓުބޯޅަ ސީޒަން ފެށުމަށެވެ. އެއާއެކު ގިނަ ކުލަބުތަކުން ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށައި، ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

ނަމަވެސް، ފުޓުބޯޅަ ސީޒަން ފެށުން ފަސް ކުރަން ނިންމަން ޖެހުނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އަންގައިގެންނެވެ. މުބާރާތް ހިންގުމަށް ފީފާ އިން ވަނީ އެފްއޭއެމް އަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު