Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ

ޒަކިއްޔާ މަރުގެ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ރައްޔިތުން ކުރި މުޒާހަރާއަށް ފުލުހުން ހުރަސްއަޅައި، ބާރުގެ ބޭނުންކޮށްފި

26 އެޕްރީލު 2025 | ހޮނިހިރު 05:27

ކައުންސިލް އަދި ފުލުހުންގެ އިދާރާ ހިމެނޭ ގޮތަށް ޓޭޕް ދަމައި އެސަރަހައްދަަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 އެޕްރީލު 2025 | ހޮނިހިރު 05:27
ޒަކިއްޔާ މޫސާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޒަކިއްޔާ މޫސާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ނ. ހޮޅުދޫގައި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ އާއްމު ރައްޔިތުން ކުރި މުޒާހަރާއަށް ފުލުހުން ހުރަސްއަޅައި، ބާރުގެ ބޭނުންކޮށްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ހޮޅުދޫ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، އަޑު އުފުލާފައެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން މައުލޫމާތުދޭ ގޮތުގައި، މި މުޒަހަރާ ފެށުމުގެ ކުރިން ވެސް އެރަށުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުމައްޗަށް ނުކުމެ، ކައުންސިލް އިދާރާ އަދި ފުލުހުންގެ އިދާރާ ހިމެނޭ ގޮތަށް ޓޭޕް ދަމައި އެސަރަހައްދަަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޒަކިއްޔާ މަރުގެ މައްސަލަ އޮޅުވާލާފައިވާ ކަމަށާއި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. މިމައްސަލާގައި ފުލުހުން ދޮގު ހަދަމުންދާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ޒަކިއްޔާ މަރުގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި އިހުމާލުތަކެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެފައިވާތީ އެކަން ފާހަގަކޮށް، މި ސަރުކާރުގައި އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތް ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން ވެސް އިންސާފަށް ތެދުވެ، ހައްގު ބަސް ބުނުމަށް ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން ހޮޅުދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވުމުން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން، މި މުޒާހަރާ އިތުރަށް ހޫނުވެ، ފުލުހުންނާއި، އާއްމު ރައްޔިތުންނާ ކުރިމަތިލާ މަންޒަރު ފެނިގެންދިޔައެވެ.

ފުލުހެއް އުމުރުން ދުވަސްވީ މީހެއް ކޮށްޕާލާ، އަތް ގުދުކުރަން އުޅޭ މަންޒަރުން ފެންނައިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެހެން ޒުވާނުންތަކެއް އެބޭބެ ވަށާލައި، ފުލުހުންގެ މީހާއާ އޭނާ ދުރުކުރެއެވެ. އަދި މި މުޒާހަރާގައި ފުލުހެއް މީހެއްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އޭގެ ކުޑަ އިރުކޮޅެއް ނުވެ ފުލުސް މީހާ ބިންމައްޗަށް ވެއްޓޭ މަންޒަރު ވެސް ފެނެއެވެ.

ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހޮޅުދޫ ޕޮލިސް ސްޓޭޝަން ކައިރިން ދުރަށް ޖެއްސުމަށް ނުހައްގުން ބާރު ބޭނުންކޮށްފައިވާ ކަމަށް ވެސް މުޒަހާރާގެ ބައިވެރިން ބުނެއެވެ.

ޒަކިއްޔާ މަރުގެ މައްސަލާގައި ފުލުހުން ދޮގު ހަދަމުންދާ ކަމަށް ބުނެ، މީގެ ކުރިން ވެސް ސިލްސިލާ މުޒާހަރާތަކެއް އެރަށުގެ ރައްޔިތުން ކޮށްފައިވެއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން 3 ޑިސެމްބަރު 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް