Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ ވިޔަފާރިކުރުން

މި ދައުރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ: ސީޕީ

25 އެޕްރީލު 2025 | ހުކުރު 12:18

އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 އެޕްރީލު 2025 | ހުކުރު 12:18
 ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

މި ދައުރުގެ މިހާތަނަށް 9000 އަށްވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި އެކި ކަހަލަ ބޮޑެތި ކުށްތައްކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް މިދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާއިރު މި މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު ކަމަކަށް މަސައްކަތެއް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

އަދި ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފެށިފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ.

އަދި މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަން ފެށިފައިވާ ކަމަށާއި ޖުމުލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިޔަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ސްކޭމާއި ސައިބަރގެ މައްސަލަތައް އިތުރުވަމުންދާތީ އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތްކަމަށާއި ރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މިފަދަ ކިތަންމެ ކަމެއް ކުރެވިފައިވާ ކަމަށެވެ. އަދި ސައުވީސް ގަޑިއިރު ޚިދުމަތްދެވޭ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކޮށް މަސައްކަތް ކުރެވެމުންދާ ކަމަށާއި ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ސައިބަރ ކްރައިމް އިންވެސްޓިގޭޝަނަށް ހާއްސަ ތަނެއް އުފައްދައި ހިދުމަތް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް