Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ އަމީން ތަހުގީގަށް ނުފޫޒު ފޯރުވުން

ފުލުހުންގެ ޕްރެސް ކުރިއަށްދަނިކޮށް މިނިސްޓަރ އަމީން ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު އަށް ގުޅުއްވިކަން ފަޅާއަރައިފި

24 އެޕްރީލު 2025 | ބުރާސްފަތި 14:07

ރާއްޖެ ޓީވީގެ ލައިވް ރެކޯޑިން ގެ 31:20 ގައި މިނިސްޓަރ އަމީން ގުޅާކަމަށް ސީޕީ ވިދާޅުވާ އަޑު އިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އެޕްރީލު 2025 | ބުރާސްފަތި 14:07
ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އިރު މިނިސްޓަރ އަމީން ސީޕީ ޝުޖާއު އަށް ގުޅުއްވަމުން ދިޔަކަން ހާމަވޭ

ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އިރު މިނިސްޓަރ އަމީން ސީޕީ ޝުޖާއު އަށް ގުޅުއްވަމުން ދިޔަކަން ހާމަވޭ

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ ގޭގައި ބޭއްވި ޕާޓީއަކާއި، އޭނާގެ ދެ ކޮއްކޮ ހިމެނޭ އަދި މި ޕާޓީގައި ހިމެނޭ މީހަކާއެކު ދިޔަ އަންހެން ކުއްޖަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުުވުން ކުރިއަށް ދަނިކޮށް، މިނިސްޓަރ އަމީން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަށް ގުޅުއްވިކަން ފަޅާއަރައިފިއެވެ.

ތަހުގީގަށް ނުފޫޒު ނުފޯރުވާނެކަމަށް އަމީން ވިދާޅުވެފައިވާއިރު، މި ތަހުގީގަށް މިނިސްޓަރ އަމީންގެ ނުފޫޒު އޮތްކަމާއި، ހަފްތާއެއްވި އިރު ފުލުހުން މިކަމާއި ގުޅޭ މައުލޫމާތު ހާމަނުކުރުމުން ސިޔާސީ ނުފޫޒު އޮތްކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއެވެ. މި ބައްދަލުވުމުގައި ފުލުހުން އެޑިޓްކޮށްފައިވާ ވީޑިއޯ ފުޓޭޖް ދައްކަމުން ދަނިކޮށް، ސީޕީ ޝުޖާއުގެ ފޯނަށް ކޯލެއް އައިސްގެން 31:13 ގައި ވައިބްރޭޓްވާ އަޑު އިވެއެވެ.

އަދި ފޯނު ނުނަންގަވާ، "މިނިސްޓަރ އަމީން އެބަ ގުޅާ ވަރަށް" ކަމަށް ވިދާޅުވާ އަޑު އިވެއެވެ. މިގޮތަށް އަޑު އިވެނީ ރާއްޖެޓީވީގެ ލައިވްގެ 31:20 ގައެވެ. އެއިރުވެސް ފޯނު ވައިބްރޭޓްވާ އަޑު އިވެއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވަނީ މި ތަހުގީގާއި ގުޅިގެން މިނިސްޓަރ އަމީން ނުގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

18 އޭޕްރިލް ވީ, ހުކުރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ދިރިއުޅުއްވާ ޢިމާރާތުގައި ޕާރޓީއެއް ބޭއްވި ކަމަށާއި މި ޕާރޓީގައި އޭނާގެ ދެ ކޮއްކޮ ބައިވެރިވާ ކަމަށް އޭނާ ވަނީ އިއުތިރާފް ވެވަޑައިގެންފައެވެ.

ބުދަ ދުވަހުގެ ރޭ މިނިސްޓަރ އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ދުވަހުގެ ހާދިސާތަކާ ގުޅިގެން އެ ދެ ކުދިންނާއި ސުވާލުކުރުމަށް ގެންދެވުނު ކަމަށާއި މި ކުދިން އެ ޕާރޓީ ބޭއްވި އިމާރާތަކީ އަމިއްލައަށް މިލްކުކޮށްފައިވާ ޢިމާރާތެއް ނޫން ކަމަށެވެ. އަދި މިއީ އޭނާގެ އެއްބަނޑު އެއްބަފާ 3 މީހުންނާ އެކު ހިއްސާވާ ޢިމާރާތަކަށްވާއިރު، މި ޕާރޓީ ބޭއްވުނީ އޭނާގެ ގެ ނުވަތަ އެޕާޓްމަންޓުގެ ތެރޭގައެއް ނޫން ކަމަށް އަމީން ވިދާޅުވެފައިވެއެވެ. އަދި މި ޕާރޓީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި އޭނާ ގެ ނުވަތަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އަމީން ވިދާޅުވެފައިވެއެވެ.

މި ކަންކަމާއި ބެހޭ މަޢުލޫމާތު އޭނާއަށް ލިބިފައިވަނީ ހުކުރު ދުވަހުގެ (18 އޭޕްރިލް) ހަވީރުގެ ވަގުތުގައި ކަމަށާއި ޤާނޫނު ތަންފީޒުކުރުމާއި ތަޙުޤީޤު ކުރުމާ ގުޅޭ އެއްވެސް މެންޑޭޓެއް ސަރުކާރުގައި އޭނާގެ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މި ދުވަހާ ހަމައަށްވެސް، މިމައްސަލައާ ގުޅޭގޮތުން ތަޙުޤީޤާ ބެހޭ އަޕްޑޭޓްތައް ހޯދުމަށް، ނުވަތަ އެއްވެސް ތަޙުޤީޤަކަށް ނުފޫޒު ފޯރުވުމަށް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނުވަތަ ސަރުކާރުގެ، އެހެން އެއްވެސް ފަރާތެއްގެ އެއްވެސް މީހަކަށް ފޯނުކޮށް ނުވަތަ ގުޅާފައެއް ނުވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. މިއީ ނުފޫޒު ފޯރުވުމުގެ ތުހުމަތުން ދުރުހެލިވުމަށްޓަކައި ކުރެއްވި ކަމެއް ކަމަށާއި މިކަމާ ޚިލާފަށް ސޯޝަލް މީޑިއާގައި ކުރެވޭ ޕޯސްޓުތަކަކީ އެއްވެސް އަސާސެއް ނެތް، މުޅިން ދޮގު ވާހަކަތަކެއް ކަމަށް އަމީން ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް