Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނުރަނގަޅު މައުލޫމާތު ފެތުރުން

ހައްސާސް ބައެއް މައްސަލަތަކުގައި ހަގީގަތާ ހިލާފު މައުލޫމާތު އާއްމުކުރޭ، މިއީ ގާނޫނުގެ ތެރެއިން ހައްލު ގެންނަންޖެހޭ ކަމެއް: މިނިސްޓަރު އިހުސާން

23 އެޕްރީލު 2025 | ބުދަ 08:36

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަކީ ޑިމޮކްރަސީ ސޮސައިޓީއެއްގެ ވަރަށް މުހިންމު އަސާސްއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2025 | ބުދަ 08:36
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން ބައިވެރިވެ ވަޑައިގަންނަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން ބައިވެރިވެ ވަޑައިގަންނަވަނީ

ފުލުހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތުތައް އާއްމު ކުރަމުންދާ ކަމަށާއި، މިއީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކޮންމެވެސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަކީ ޑިމޮކްރަސީ ސޮސައިޓީއެއްގެ ވަރަށް މުހިންމު އަސާސްއެއް ކަމަށާއި، ނަމަވެސް ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި، ފުލުހުންގެ އިދާރާއިން މައުލޫމާތު ހާމަ ކުރުމުގެ ކުރިން ސައްހަ ނޫން މައުލޫމާތު އެހެން ފަރާތްތަކުން އާއްމުކުރާ ކަމަށެވެ. މިކަމުގެ ތެރޭގައި އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށާއި، ވިކްޓިމްއާއި، ވިކްޓިމްގެ އާއިލާގެ ކަރާމާތް ވަރަށް ބޮޑަށް ގެއްލޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ހައްސާސީ މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ދައުރުވާ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކޮންމެވެސް ކަހަލަ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް ނޫސްވެރިކަމަށް ލިބިފައި އޮންނަ ބާރުތައް ހަނިކޮށް ނޫސްވެރިކަމަށް ހުރަސްއެޅުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އަޅުގަނޑުމެން ފުލުހުންގެ ތަހުގީގެއްގައި ރައްޔިތުންނާ ހިސާބަށް މައުލޫމާތު ހާމަކުރެވޭ ވަރު ވެގެން އެ މައުލޫމާތު ހާމަކުރެވޭއިރުގައި މިހާރުގައި މިކަންކަން އޮންނަ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރެމުން ފެތުރެމުން ގޮސް މިތިބެނީ ވަކި އެއްޗެއް ގަބޫލުކުރާ ހާލަތުގައި. އެހެންވީމަ އަޅުގަނޑުމެން ފުލުހުން އެ މައުލޫމާތުތައް ސައްހަ މައުލޫމާތުތައް ހޯދައިގެން ތަހުގީގަށް ކަށަވަރުކުރެވިގެން އެ މައުލޫމާތު ރައްޔިތުންނާ ހިސާބަށް ގެންނައިރު ބައެއް ފަހަރު މާ ލަސްވެސް އެބަވޭ. މިކަމުގެ ތެރޭގައި އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިއްޒަތްތެރި މަޖިލީހުން އަޅުގަނޑުމެންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ބައްލަވާފައި ކޮންމެވެސް ކަހަލަ ހައްލެއް ގެންނަވަންޖެހިދާނެ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ހޯމް މިނިސްޓަރު އަލީ އިހުސާން

ފުލުހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތުތައް އާއްމު ކުރަމުންދާތީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކޮންމެވެސް ހައްލެއް ގެންނަންޖެހޭ ކަމެއް މިނިސްޓަރު އިހުސާން ވިދާޅުވިއިރު، ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުުރުން 21 އަހަރުގެ ޒުވާން އަންހެން މީހާގެ މައްސަލާގައި ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވަނީ 22 އޭޕްރީލް 2025 ވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެއީ އެކްސްގައި ހަރަކާތްތެރިވާ ހަސަން ކްރުސީ އެކައުންޓުން މި ކޭސްއާ ގުޅޭ ގިނަ މައުލޫމާތުތަކެއް އާއްމު ކުރިފަހުން ފުލުހުންނަށް މަޖުބޫރުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް