Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން

ދައުލަތުގެ ބަޖެޓުން ޕީއެންސީއަށް 13 މިލިއަން ރުފިޔާ ދީފި

2025 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27،981،256 ރުފިޔާ ދޫކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 11:58
ސިޔާސީ ޕާޓީތަކަށް 27 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ސިޔާސީ ޕާޓީތަކަށް 27 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

2025 ވަނަ އަހަރުގެ ބަޖެޓުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) އަށް 13 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ދޫކުރާ 0.01 އިންސައްތައަށްވާ 27،981،256 ރުފިޔާ ބަހާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތު ދައްކާގޮތުން އެންމެ ގިނައިން ފައިސާ ދިފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ދެވަނަ އަށް އެންމެ ގިނައިން ފައިސާ ދީފައިވަނި އިދިކޮޅު މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ޖުމްހޫރީ ޕާޓީ އަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ވެސް ފައިސާ ދޫކޮށްފައިވެ އެވެ.

ފައިސާ ދޫކުރި ގޮތުގެ ތަފްސީލު

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 13،326،689.57 ރުފިޔާ
  2. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) - 8،454،780.51 ރުފިޔާ
  3. ޖުމްހުރީ ޕާޓީ (ޖޭޕީ) - 2،671،598.57 ރުފިޔާ
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1،779،648.69
  5. އަދާލަތު ޕާޓީ (އޭޕީ) - 1،748،538.65 ރުފިޔާ

5 ޕާޓީއަކަށް ފައިސާ ދީފައިވާ އިރު، 4 ޕާޓީއަކުން ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބިހުރި ފައިސާ ވަނީ އުނިކޮށްފަ އެވެ.

އެގޮތުން ޖޫރިމަނާގެ ފައިސާ އުނިކޮށްފައި ނުވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. ޕީއެންސީ އަދި އެމްޑީއޭ 10،000 ރުފިޔާގެ ޖޫރިމަނާއެއް އޮތް އިރު ޖުމްހޫރީ ޕާޓީގެ 15،000 ރުފިޔާގެ ޖޫރިމަނާއެއް އަދި އަދާލަތު ޕާޓީގެ 35،000 ރުފިޔާގެ ޖޫރިމަނާއެއް އޮތެވެ.

ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ދޫކުރި ފައިސާގެ ޖުމްލަ

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 13،316،689.57 ރުފިޔާ
  2. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) - 8،454،780.51 ރުފިޔާ
  3. ޖުމްހުރީ ޕާޓީ (ޖޭޕީ) - 2،656،598.57 ރުފިޔާ
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1،769،648.69
  5. އަދާލަތު ޕާޓީ (އޭޕީ) - 1،713،538.65 ރުފިޔާ

31 ޑިސެމްބަރު 2024 ގެ ނިޔަލަށް މެންބަރު ތިބި އަދަދަށް ބަލާއިރު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 68،968 މެންބަރުންނެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 43،755 މެންބަރުންނެވެ. އަދި ޖުމްހުރީ ޕާޓީ (ޖޭޕީ) ގައި 13،826 މެންބަރުން ތިބި އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 9،210 އަދި އަދާލަތު ޕާޓީ (އޭޕީ) ތިބީ 9،049 މެންބަރުންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޕާޓީތައް ކަނޑައަޅަނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުން ކުރިއަށް އޮތް އަހަރަށް ބަޖެޓް ފާސްކުރާ ދުވަހު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި އެ ދުވަހު ޕާޓީތައް ކަނޑައެޅި ނަމަވެސް ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރު ނިމޭ ދުވަހު ޕާޓީގައި ތިބި މެންބަރުންގެ އަދަދަށް ބަލާފަ އެވެ.

މިއަހަރުގެ ބަޖެޓް މިދިޔަ އަހަރު ފާސްކުރީ 27 ނޮވެމްބަރުފައެވެ. އެހެންކަމުން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ހާހަކަށް ވުރެ ގިނަ މެންބަރުން އުނިވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު