Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. މަގޫދޫ އެއަރޕޯޓް

މަގޫދޫ ރައްޔިތުންގެ ޑިމާންޑަކީ ސަރުކާރުގެ ޕްލޭން ހާމަކޮށްދިނުން: ކައުންސިލް

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 އެޕްރީލު 2025 | ބުދަ 14:38
ފ. މަގޫދޫ އެއަރޕޯޓް

ފ. މަގޫދޫ އެއަރޕޯޓް

ރައްޔިތުންގެ މަސްލަހަތު އިސްކޮށް، މަގޫދޫ ކައުންސިލްގެ އެއަރޕޯޓްގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަން ސަރުކާރުން ބޭނުންވާ ގޮތަށް ކައުންސިލްއަށް ހިއްސާކޮށްދޭންޖެހޭ ކަމަށް މަގޫދޫ ކައުންސިލްގެ ނައިބް ރައީސް، އަބްދުލް ހަމީދު މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ 2 އަހަރުވެއްޖެ ކަމަށާއި ނަމަވެސް މަސައްކަތް އަލުން ފެއްޓުމުގެ ބަދަލުގައި ފެނިގެންދިޔައީ ކުއްލިއަކަށް އެއަރޕޯޓް ހަދަން ބޭނުންކުރި ސާމާނުތައް ރަށުން ބާލަން މަސައްކަތްކުރިތަން ކަމަށެވެ. މިއީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއްގެ މަސައްކަތް ފެއްޓުމަށްފަހު، މިކަމުގެ އެއްވެސް ތަފްސީލެއް ރައްޔިތުންނަށް ނުދީ މަސައްކަތް ހުއްޓާލުމުން ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން ބުދަ ދުވަހު ރައްޔިތުން، ކައުންސިލާއި ބައްދަލުކޮށް މިކަމާއި ގުޅިގެން ސުވާލުކުރި ނަމަވެސް ކައުންސިލަށް މިކަމުގައި ދޭނެ ޖަވާބެއް ނެތް ކަމަށް ހަމީދު ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލުގެވެސް އެދުމަކީ މިމަޝްރޫއުގެ މަސައްކަތް މިހާރުގެ ސަރުކާރުން ބޭނުންވަނީ ކޮން ގޮތަކަށް ގެންދަންތޯ އަދި ސަރުކާރުގެ ޕްލޭން ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުން ކަމަށް ހަމީދު ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި މިބައްދަލުވުމުގައި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި ކަމަށްވެސް ހަމީދު ފާހަގަކުރިއެވެ. އަދި އެމްޓީސީސީގެ ސާމާނު ބާލަން އެސްއޯ ފުލުހުން ގެންނަ ވާހަކައެއް އަޑުއިވިފައިވީ ނަމަވެސް މިއީ މިކަން ކުރަންޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވަމުން ހަމީދު ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންކަން ފުލުހުން ލައްވާ ކުރުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައި ފަހުން ވަނީ ހުއްޓާލާފައެވެ. ގާތްގަނޑަކަށް 75 އިންސައްތަ މަސައްކަތް ނިމިފައި އޮތް އިރު، އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސައިޓް ސުޕަވައިޒަރުވެސް އެރަށުން ގެންގޮސްފައިވެއެވެ.

ރަށު ކައުންސިލަކަށްވެސް ރައްޔިތަކަށް ވެސް އަދި މަގޫދޫ އެއަރޕޯޓް ސައިޓުގައި ތިބި އެމްޓީސީސީ މުވައްޒަފަކަށްވެސް އެއާޕޯޓުގެ އަޕްޑޭޓެއް ނޭނގޭއިރު، މި ވެރިކަން އައި ފަހުން ބޮޑުހިލަ ހުސްވެފައި އޮތްކަމަށް ބުނެ މަސައްކަތް ހުއްޓާލިގޮތަށް އެއްވެސް މަސައްކަތް ނުކޮށް އޮއްވާ ދާދި ފަހުން ބޮޑުހިލަ ވަނީ ގެނެސްފައެވެ. އަދި އެއަޕޯޓުގެ މަސައްކަތަށް ގެނައި ސާމާނުތައް ގެންގޮސް ސައިޓުން ސާމާނު ހުސްވެފައިވާއިރު، ރައްޔިތުންނަށް އެނގެން ބޭނުންވަނީ އެއާޕޯޓް މިހާރު އޮތީ ހުއްޓާލާފައިތޯ ނޫނީ ކުރިއަށް ގެންދާނެތޯ ކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފ.މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައެވެ.

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ފ.މަގޫދޫގައި ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ.

ސަރުކާރުން ދަނީ ފ. އަތޮޅު ނިލަންދޫގައިވެސް އެއަރޕޯޓް ތަރައްޤީކުރަން ނިންމާ، އެކަމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަމުންނެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު